ކޮވިޑުގެ ހާލަތު ރަނގަޅުކުރަން މަންމޯހަން ސިންގުގެ އިރުޝާދުތަކެއް މޯދީ އަށް

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް. އެމަނިކުފާނު ވަނީ ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު މިހާރު ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ސިޓީ މެދުވެރިކޮށް އަރުވާފައި.-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް. އެމަނިކުފާނު ވަނީ ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު މިހާރު ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ސިޓީ މެދުވެރިކޮށް އަރުވާފައި.-- ފޮޓޯ: ރޮއިޓާޒް

މި އަހަރު ފެށިއިރު އިންޑިއާގައި ވަރަށް ބޮޑަށް ކޮވިޑް ކޮންޓްރޯލް ކޮށްފައި އޮތް ނަމަވެސް މާޗް މަހުން ފެށިގެން އަދަދުތައް ވަނީ ކުއްލިއަކަށް މައްޗަށް އަރާފަ އެވެ. މިހާރު ދުވާލެއްގެ މައްޗަށް ދެ ލައްކައަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، ހާހެއްހާ މީހުން މަރުވެ އެވެ.

ހާލަތު ގޯހުން ގޯހަށް ދާން ފެށުމާއެކު ސިއްހީ ނިޒާމަށް ބާރު ބޮޑުވެ، ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ. ބައްޔަށް ފަރުވާ ކުރަން ބޭނުންވާ ބޭހާއި އޮކްސިޖަން އަދި ވެކްސިން ވެސް ދަނީ ހުސްވަމުންނެވެ. މައި ސަރުކާރުން ލޮކްޑައުން ނުކުރި ނަމަވެސް ވަކި ވަކި ސްޓޭޓުތައް ދަނީ ބަންދު ކުރަމުންނެވެ.

އަދަދުތައް ދަށްވާ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ. މި ދަނޑިވަޅުގައި ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް މި ވަނީ މިހާރުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ. އޭގައި ހިމަނުއްވާފައި ވަނީ ހާލަތު ކޮންޓްރޯލް ކުރަން މައި ސަރުކާރަށް ކުރެވޭނެ ފަސް ކަމެކެވެ.

ދެ ސަފުހާގެ އެ ސިޓީފުޅުގައި ސިންގް ވިދާޅުވީ އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ވެކްސިން ޕްރޮގްރާމަށް ކަމަށެވެ. އަދި ވެކްސިން ޖަހާ މީހުންގެ އަދަދު މުހިއްމު ނޫން ކަމަށާއި މުހިއްމު ވަނީ އާބާދީގެ ނިސްބަތުން ވެކްސިން ޖަހާ މިންވަރު ކަމަށް ފާހަގަކުރައްވާފައި ވެއެވެ.

ތިރީގައި އެ ވަނީ ސިޓީގައި ދެއްވާފައިވާ ފަސް އިރުޝާދެވެ.

1. ވެކްސިން ޕްރޮގްރާމް އަވަސް ކުރުން

މަންމޯހަން ސިންގް ވިދާޅުވީ އާބާދީގެ ނިސްބަތުން މިހާތަނަށް ވެކްސިން ޖެހީ މަދު ބަޔަކު ކަމަށެވެ. އެ ގައުމުގެ އާބާދީއަކީ 1.37 ބިލިއަނެވެ. މިއަދުގެ ނިޔަލަށް ވެކްސިން ފުރިހަމަކޮށްފައި ވަނީ 16.2 މިލިއަން މީހުންނެވެ. އެއީ އާބާދީގެ ނިސްބަތުން އެންމެ 1.2 ޕަސެންޓެވެ.

2. ސްޓޭޓުތަކަށް ވެކްސިން ބެހުމުގައި ދެފުށް ފެންނަ އުސޫލެއް ގެންގުޅުން

މަންމޯހަން ސިންގް ވިދާޅުވީ ވެކްސިން ސަޕްލައި ވަކި ވަކި ސްޓޭޓުތަކަށް ބެހުމުގައި ބަލާ މިންގަނޑުތައް ހާމަކުރަން ޖެހޭ ކަމަށެވެ. މި ވަގުތު އެންމެ ގިނަ ސަޕްލައި ލިބި، އެންމެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވަނީ މަހަރާޝްތްރަ، ރާޖަސްތާން، އުއްތަރް ޕްރަދޭޝް އަދި ގުޖަރާތުގަ އެވެ.

ސިންގް އިރުޝާދު ދެއްވާފައި ވަނީ މައި ސަރުކާރުގެ އަތުގައި ވެކްސިން ސަޕްލައިގެ 10 ޕަސެންޓު އަބަދުވެސް ރައްކާކޮށްފައި ބެހެއްޓުމަށެވެ. އެމެޖެންސީ ހާލަތަކަށް ރައްކާ ކުރާ އެ ވެކްސިން އިތުރުން އެހެން ސަޕްލައި ނުހިފަހައްޓަން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

3. ވެކްސިން ޖަހާ މީހުންގެ އުމުރު ކަނޑައަޅަން ސްޓޭޓުތަކަށް ދޫކޮށްލުން

ސިންގް ވިދާޅުވީ ފްރަންޓްލައިން މަސައްކަތްތެރިން 45 އަހަރުން ދަށްވި ނަމަވެސް ވެކްސިން ދެވޭނެ ކަމަށް ކަނޑައެޅުމުގެ ބާރު ސްޓޭޓުތަކަށް ދިނުން މުހިއްމު ކަމަށެވެ. މިހާރު އޮންނަ ގޮތުން އެ ނިންމުމަކީ މައި ސަރުކާރުން ނިންމާފައި އޮންނަ ނިންމުމެކެވެ.

4. ކޮމްޕަލްސަރީ ލައިސެންސިންއަށް ހުއްދަ ދިނުން

ކޮމްޕަލްސަރީ ލައިސެންސިން އަކީ ވަކި މީހެއް ނުވަތަ ކުންފުންޏަކުން "ޕޭޓެންޓު" ކޮށްފައިވާ އުފެއްދުމެއް އެ ފަރާތުގެ ހުއްދަ ނެތި އެހެން ބަޔަކު އުފެއްދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ކޮވިޑާ ގުޅިގެން ވެކްސިން ޕްރޮޑަކްޝަން އިތުރު ކުރަން އިޒްރޭލުން އަމަލު ކުރީ މިހެންނެވެ.

ސިންގް ވިދާޅުވީ އިންޑިއާ އޮތް ހާލަތުން މިއީ އެ ނިންމުން ނިންމަން މަޖުބޫރު ވަގުތެއް ކަމަށެވެ. އޭގެ އިތުރުން ވެކްސިން އުފައްދާ ކުންފުނިތަކުގެ ޕްރޮޑަކްޝަން އިތުރު ކުރަން ފައިސާގެ އެހީ އާއި އެހެން އިނާޔަތްތައް ދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

5. ބްރިޖިން ޓަރަޔަލް ނުހަދާ ވެކްސިނެއް ހުއްދަ ދިނުން

މި ވަގުތު އިންޑިއާގައި ކޮވިޑު ވެކްސިނަށް ހުއްދަ ދެނީ އޭގެ ޓެސްޓުތައް އިންޑިއާގައި ހެދުމަށް ފަހު އެވެ. ސިންގް ވިދާޅުވީ ވެކްސިނުގެ ސަޕްލައި މަދުވެފައިވާ މި ދަނޑިވަޅުގައި އެ ގޮތަށް އަމަލު ކުރުން ބުއްދިވެރި ނޫން ކަމަށެވެ. ޔޫރަޕިއަން މެޑިކަލް އެޖެންސީ އާއި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ލިބިފައިވާ ވެކްސިނެއް ނަމަ އިމްޕޯޓް ކުރަން އެމަނިކުފާނު ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox