އެމްޑީޕީ އިންތިހާބުގެ މުހިންމުކަމާއި ފޯރި ގަދަވެފައި

އެމްޑީޕީގެ ބައެއް އިސްވެރިން ކެމްޕެއިނު ބައްދަލުވުމެއްގެ ތެރެެއިން: މިހާރު ގައުމީ މަޖިލިހުގައި 142 މެންބަރުން ހިމެނޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އެމްޑީޕީގެ ބައެއް އިސްވެރިން ކެމްޕެއިނު ބައްދަލުވުމެއްގެ ތެރެެއިން: މިހާރު ގައުމީ މަޖިލިހުގައި 142 މެންބަރުން ހިމެނޭ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލިހުގެ އިންތިހާބުގައި ސަރުކާރު ކުންފުނިތަކުގެ ބައެއް އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވާދަ ކުރައްވަން ނިންމާފައިވާތީ އިންތިހާބުގެ މުހިންމުކަން ބޮޑުވެއްޖެ އެވެ.

އެމްޑީޕީ ގައުމީ މަޖިލީހަކީ އެ ޕާޓީގެ އެންމެ ބާރުގަދަ ގުނަވަނެވެ. މިހާރު ވެސް 142 މެންބަރުން ތިބޭ ގައުމީ މަޖިލިހުގެ ޕާޓީއަށް ނިސްބަތްވާ ސަރުކާރުގެ ކެބިނެޓު މެންބަރުންގެ އިތުރުން މަޖިލިސް މެންބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީ ގައުމީ މަޖިލިހަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސެއިން އަމްރު މުހައްމަދާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.

Advertisement

ފައްޔާޒަކީ މިހާރު ގައުމީ މަޖިލިހުގެ ގަމު ދާއިރާގެ ރައީސެވެ. އަމްރަކީ ގުރައިދޫ ދާއިރާ ރައީސެވެ.

އެމްޑީޕީ ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތުން ޕާޓީގެ ޗެއާޕާސަން އާއި އޭނާގެ ދެ ނައިބުންނާއި ޕާލަމެންޓަރީ ގްރޫޕުގެ މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނާއި ޒުވާނުންގެ ގޮފީގެ ރައީސް އާއި އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހުގެ ރައީސް ހިމެނިވަޑައިގަންނަވަ އެވެ.

މީގެ ކުރިން ގައުމީ މަޖިލިހުގެ ދާއިރާތަކުގެ ރައީސުންގެ ގޮތުގައި ތިއްބެވި ބޭފުޅުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ވަނީ ހޯދައިފަ އެވެ.

އެގޮތުން ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހިމް ޝަރީފާއި ކަނޑިތީމުގެ ދާއިރާ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމަކީ، ގައުމީ މަޖިލިހުގެ މެންބަރުންގެ ގޮތުގައި ތިއްބެވުމަށްފަހު މަޖިލިހަށް ވަޑައިގެންނެވި ބޭފުޅުންނެވެ. އުނގޫދާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދާއި އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަހުމަދަކީ ވެސް ފުރަތަމަ ދާއިރާތަކުގެ ރައީސުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ލިބިފައިވާ ބާރުތަކުގެ ތެރޭގައި ޕާޓީގެ ލީޑަޝިޕާމެދު އިތުބާރު އޮތްތޯ ކަނޑައެޅުމާއި ސެކްރެޓްރިއޭޓާއި ކޮމެޓީތައް އައްޔަން ކުރުމާއި ޕާޓީގެ ސިޔާސަތައް އިސްލާހު ގެނައުން ހިމެނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox