އިންޑިއާ އާއި ޕާކިސްތާނުގެ ފޮރިން މިނިސްޓަރުން ޔޫއޭއީގައި، އެކަމަކު ބައްދަލެއް ނުކުރާނެ

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މެހްމޫދު ގުރެއިޝީ.-- ފޮޓޯ: އަލް ސިޔާސީ

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މެހްމޫދު ގުރެއިޝީ.-- ފޮޓޯ: އަލް ސިޔާސީ

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ރަނގަޅު ކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކުރާ މަސައްކަތަށް މަރުހަބާ ކިޔާ ކަމަށާއި އެކަމަކު އިންޑިއާގެ ފޮރިން މިނިސްޓަރާ ބައްދަކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖޭޝަންކަރާއި ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މެހްމޫދު ގުރެއިޝީ މި ވަގުތު ތިއްބެވީ ޔޫއޭއީގަ އެވެ.

"އަޅުގަނޑު މި ތަނަށް އައިސް މި އުޅެނީ ބައިލެޓެރަލް ދަތުރެއްގައި. މިއީ އިންޑިއާއާ ގުޅޭ ކަމެއް މަޝްވަރާ ކުރަން ހަމަޖެހުނު ދަތުރެއް ނޫން،" ޔޫއޭއީގެ ހަލީޖް ޓައިމްސް ނޫހަށް ގުރެއިޝީ ވިދާޅުވި އެވެ.

"އެކަމަކު ތިން ވަނަ ފަރާތަކުން މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން މަރުހަބާ ކިޔަން."

މިދިޔަ ހަފްތާގައި ޔޫއޭއީގެ އިސް ޑިޕްލޮމެޓަކު ބުނެފައި ވަނީ ކަޝްމީރު މައްސަލާގައި ގޯސްވެފައިވާ އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ރަނގަޅު ކުރުމުގެ މަސައްކަތުގައި އެ ގައުމުން މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންދާ ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖޭޝަންކަރާ
އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖޭޝަންކަރާ

އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖޭޝަންކަރް.-- ފޮޓޯ: ކަނެކްޓް ގުޖަރާތު

އިންޑިއާގެ ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މި ދަތުރުގައި މަޝްވަރާ ކުރާނީ ޔޫއޭއީ އާއި އިންޑިއާގެ އިގްތިސާދީ ގުޅުމާ ބެހޭ ގޮތުން ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑުވީ 2019 ވަނަ އަހަރު ކަޝްމީރުގައި އަމިއްލައަށް މަރުވެގެން އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގޮއްވާލުމުގެ ފަހަތުގައި ވަނީ ޕާކިސްތާނުގެ ހަނގުރާމަވެރިން ކަން ހާމަވުމުންނެވެ.

އެކަމާ ހިތްހަމަނުޖެހިގެން އިންޑިއާއިން ވަނީ އެ ގައުމުން ކޮންޓްރޯލް ކުރާ މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅޭ ކަޝްމީރުގެ ސަރަހައްދަށް އަމިއްލައަށް ވެރިކަން ހިންގުމަށް ދީފައިވާ ހުއްދަ އަތުލާފަ އެވެ. އެއާއެކު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުމަށް އަސަރުކޮށް، ވިޔަފާރި އަށް ވެސް ބުރޫއެރި އެވެ.

އިންޑިއާ އާއި ޕާކިސްތާނުން ޑުބާއީގައި ސިއްރުން މަޝްވަރާ ކުރި

ކަޝްމީރު މައްސަލާގައި ހައްލެއް ލިބޭތޯ އިންޑިއާ އާއި ޕާކިސްތާނުގެ ޖާސޫސީ އޮފިޝަލުން މިދިޔަ ޖެނުއަރީ މަހު ޑުބާއީގައި ސިއްރުން މަޝްވަރާ ކުރި ކަމަށް ރޮއިޓާޒްއިން މިދިޔަ ހަފްތާގައި ރިޕޯޓުކޮށްފައި ވެ އެވެ. އެ ނޫހުން ބުނީ ދެ ގައުމުން ފާޅުގައި އެއްވެސް ކަމެއް ހާމަ ނުކުރި ނަމަވެސް، މިހާރު މަސައްކަތް ކުރަނީ ގުޅުން ރަނގަޅު ކުރަން ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުން ވެސް ދެކެނީ މުޅި ކަޝްމީރަކީ އެ ގައުމެއްގެ ބަޔެއްގެ ގޮތުގަ އެވެ. އަދި ދެ ގައުމުން އަންނަނީ ކަޝްމީރު ދެ ފަޅިކޮށް، އެ ގައުމެއްގެ ފަޅި އެ ގައުމަކުން ކޮންޓްރޯލް ކުރަމުންނެވެ.

ކަޝްމީރު ދެ ފަޅިކޮށްފައިވާ ގޮތް ދައްކުވައިދޭ ޗާޓެއް. ރަތް ކުލައިގައި ލައިން އޮފް ކޮންޓްރޯލް.-- ފޮޓޯ: ވީއޯއޭ
ކަޝްމީރު ދެ ފަޅިކޮށްފައިވާ ގޮތް ދައްކުވައިދޭ ޗާޓެއް. ރަތް ކުލައިގައި ލައިން އޮފް ކޮންޓްރޯލް.-- ފޮޓޯ: ވީއޯއޭ

ކަޝްމީރު ދެ ފަޅިކޮށްފައިވާ ގޮތް ދައްކުވައިދޭ ޗާޓެއް. ރަތް ކުލައިގައި ލައިން އޮފް ކޮންޓްރޯލް.-- ފޮޓޯ: ވީއޯއޭ

ރޮއިޓާޒް އިން ބުނި ގޮތުގައި އިންޑިއާގެ ޖާސޫސީ އިދާރާއެއް ކަމަށްވާ ރިސާޗް އެނެލިސިސް ވިންގް އަދި ޕާކިސްތާނުގެ އިންޓަ ސާވިސަސް އިންޓެލިޖެންސުގެ އޮފިޝަލުން ޖެނުއަރީ މަހު ޑުބާއީއަށް ދަތުރުކޮށް ބޭއްވި މަޝްވަރާތަކުގެ މެދުވެރިއަކަށް އުޅުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުންނެވެ.

އެކަމާ ގުޅޭ ގޮތުން އިންޑިއާ އަދި ޕާކިސްތާނުން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުން މީގެ ކުރިން ވެސް މިފަދަ މަޝްވަރާތައް ކޮށްފައިވެ އެވެ. ނަމަވެސް މަޝްވަރާއަށް ފަހު ރަސްމީކޮށް ދުވަހަކު ވެސް އެކަން ހާމައެއް ނުކުރެ އެވެ.

މި ފަހަރުގެ މަޝްވަރާތައް ޖެނުއަރީގައި ބޭއްވުމަށް ފަހު ދެ ގައުމުން ވެސް ނިންމީ ކަޝްމީރު ދެ ފަޅިކޮށްލާ "ލައިން އޮފް ކޮންޓްރޯލް" ސަރަހައްދުގައި ހަމަލާ ބަދަލު ކުރުން މެދުކަނޑާލުމަށެވެ. އަދި އެ ގައުމަކުން ކޮންޓްރޯލް ކުރާ ސަރަހައްދުގައި މި އަހަރު އިންތިހާބު ބާއްވަން ވެސް ނިންމާފައިވެ އެވެ.

އޭގެ އިތުރުން އިންޑިއާއިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ކަޝްމީރު ރައްޔިތުންނަށް ވެރިކަން ހިންގުމަށް އޮތް ހުއްދަ އަތުލުމުން ފާޑުކިޔުން ހުއްޓާލާނެ ކަމަށް ޕާކިސްތާނުން އެއްބަސްވެފައިވެ އެވެ.

ބަދަލުގައި އިންޑިއާއިން އެއްބަސްވީ އެ ގައުމުން ކޮންޓްރޯލް ކުރާ ސަރަހައްދުގައި އުޅޭ އިންޑިއާ ސިފައިންނަށް އަމާޒުވާ ހަމަލާތަކުގެ ތުހުމަތު ޕާކިސްތާނަށް ނުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

ޔަމަނުގެ އަދަނުގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި ފަސް މީހުން މަރުވެ، ސޯޅަ މީހުން ޒަހަމްވެއްޖެއެވެ. މި ހަމަލާ ދިން ވަގުތު ބޮޑުވަޒީރާއި ވަޒީރުން ގަނޑުވަރުގައި ތިއްބެވި ނަމަވެސް، އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުވެއެވެ. ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ހޫތީންނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުން އަލްޖަޒީރާގެ ނޫސްވެރިންނަށް ޖާސޫސުކޮށްފި

އިޒްރޭލުގެ ކުންފުނިތަކަކުން އުފެއްދި "ޒީރޯ-ކްލިކް" ސްޕައިވެއާ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކުން މައުލޫމާތު ވަގަށްނަގައި ޖާސޫސުކޮށްފައިވާކަން ސިޓިޒަން ލެބުގެ ތަހުގީގަކުން ހާމަވެއްޖެއެވެ. އިޝްތިހާރުތަކެއް މެދުވެރިކޮށް ފޮނުވި މި ނުރައްކާތެރި ސޮފްޓްވެއާގެ ސަބަބުން، ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި މެސެޖުތައް ނެގުމުގެ އިތުރުން ކެމެރާއާއި މައިކްރޯފޯން ބޭނުންކޮށްގެން އަޑާއި މަންޒަރު ރެކޯޑްކުރުމުގެ ފުރުސަތު ހަމަލާދިން ފަރާތްތަކަށް ލިބިފައިވެއެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ސްކޫލެއްގެ ފުރާޅު ވެއްޓި 27 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޔޫކްރޭނުގެ ޑްރޯންތަކަށް ހުރަސްއަޅަނީ އެމެރިކާ ސަރުކާރުން: މަސްކް

ޔޫކްރޭނުގެ ޑްރޯންތަކަށް ބޭނުންވާ ސްޓާލިންކް އިންޓަނެޓްގެ ދުވެއްޔަށް ހުރަސްއަޅަނީ އެމެރިކާ ސަރުކާރުން ކަމަށް އެލޮން މަސްކް ބުނެފިއެވެ. މި ބަދަލުގެ ސަބަބުން ޔޫކްރޭނުގެ އަސްކަރީ މިޝަންތަކަށް ބުރޫއަރަމުންދާއިރު، މިއީ އެމެރިކާގެ އަސްކަރިއްޔާއިން ގަސްތުގައި ކުރާ ކަމެއް ކަމަށް މަސްކް ތުހުމަތުކުރެއެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ބާލީގައި ތެލުގެ ދަތިކަން ދިމާވެ ސްޓޭޝަންތަކުގައި ދިގު ކިއޫތައް

އިންޑޮނޭޝިއާގެ ބާލީއަށް ތެލުގެ ދަތިކަން ކުރިމަތިވެ، ތެޔޮ ލިބުން ލަސްވުމުގެ ސަބަބުން ޕެޓްރޯލް ޝެޑްތައް ކައިރީގައި ދިގު ކިއޫތަކެއް ވަނީ ހަދާފައެވެ. މި މައްސަލަ ދިމާވީ ތެޔޮ އުފުލާ ޓޭންކަރަކަށް ދިމާވި ފަންނީ މައްސަލައަކާއި މޫސުން ގޯސްވުމުގެ ސަބަބުން ތެޔޮ ބޭލުން ލަސްވުމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މިހާރު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މެދުނުކެނޑި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox