ލީގު ހޯދުމުގެ އުއްމީދު ޔުނައިޓެޑުން ދޫކޮށެއްނުލާ: ސޯލްޝެއާ

Apr 18, 2021, 10:12 PM
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ އެ ޓީމުގެ ގްރީންވުޑްއާ އެކު.-

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ އެ ޓީމުގެ ގްރީންވުޑްއާ އެކު.-

މެންޗެސްޓާ (އޭޕްރީލް 19) - އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި މި ވަގުތު މެންޗެސްޓާ ސިޓީ އަށް ޕޮއިންޓު ކުރީގައި އޮތް ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުން ލީގު ހޯދުމުގެ އުއްމީދު އެއްކޮށް ދޫކޮށްނުލާ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ވަނީ 3-1 އިން ބާންލީ ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު ޔުނައިޓެޑުން ވަނީ ލީގުގައި އެ ޓީމުގެ ފަހު ހަ މެޗަށް ދިއުމުގެ ކުރިން ސިޓީއާ އަށް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ސިޓީ އާއި ޔުނައިޓެޑުން ވެސް 32 މެޗު ކުޅެފައިވާއިރު، ސިޓީ އެއް ވަަނައިގައި އޮތީ 74 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ 66 ޕޮއިންޓާ އެކު އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުނީ ލީގުތަކުގައި ބޮޑެތި ލީޑުތަކެއް ވެސް ޓީމުތައް އަތުން ގެއްލިފައި އެބަހުރި ކަމަށާއި އެހެން ކަމުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޔުނައިޓެޑުން ރޭހުގައި އޮންނަން ބޭނުންވާ ކަމަށެވެ.

"އަހަަރެމެންނަށް ސިޓީ އަތުކުރެވޭނެތަ؟ މިއީ އެންމެން ވެސް ޝައުގުވެރިވާ ސުވާލެއް. އަހަރެން ބުނާނީ ފުޓްބޯޅައިގައި އެބަހުރި ވަރަށް ހީނުކުރާ ކަންތައްތައް ވެސް ވެފައި. ބޮޑެތި ލީޑުތަކެއް ވެސް އެބަހުރި ފުރޮޅާލާފައި،" ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ އެންމެ ފުރަަތަމަ ޔުނައިޓެޑަށް ކުޅުނުއިރު 1996 ވަނަ އަހަރު އެ ޓީމުން ލީގު ތަށި އުފުލާލީ ނިއުކާސަލް ޔުނައިޓެޑް 12 ޕޮއިންޓުގެ ލީޑެއްގައި އޮއްވައި ފަހަތުން އަރަ އެވެ.

ބާންލީ ކޮޅަށް ޔުނައިޓެޑްގެ މޭސަން ގްރީންވުޑް ގޯލެއް ޖަހާފައިވަނިކޮށް ބާންލީގެ ޖޭމްސް ޓާކޯސްކީ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަލުން ޔުނައިޓެޑަށް ލީޑުނަގައިދިނީ ވެސް ގްރީންވުޑް އެވެ. ޔުނައިޓެޑްގެ ފަހު ގޯލު ޖެހީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޑިންސަން ކަވާނީ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޑޯނީ ވެން ޑަ ބީކް އެވެ.

ރެލިގޭޝަނުގައި އޮތް ފުލަމް އަތުން އާސެނަލް ބަލިނުވެ ސަލާމަތްވީ ކިރިޔާ އެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ ޑެނި ސެބާޔޯސް ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އޮފްސައިޑް ކަމަށެވެ. ދެ ވަނަ ހާފްގެ ކުރީކޮޅުގައި ފުލަމް އިން ވަނީ ޖޯޝް މާޖާގެ ގޯލުން ލީޑުނަގައިފަ އެެވެ. އާސެނަލުން އެއްވަރުކުރީ އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި އެޑީ އެންކެޓިއޭ ޖެހި ގޯލުންނެވެ.

މި ނަތީޖާއާ އެކު ފުލަމް ލީގުގެ 18 ވަނައިގައި އޮތީ 33 މެޗުން 27 ޕޮއިންޓާ އެކު އެވެ. އާސެނަލް ލީގުގެ ނުވަ ވަނައިގައި އޮތީ 32 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox