އިންޑިއާގައި ކޮވިޑް ފެތުރޭ މިންވަރު ހަތް ޕަސެންޓު އިތުރުވެއްޖެ

އިންޑިއާގައި ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ. ކޮވިޑުގެ ހާލަތު ދެ ވަނައަށް އެންމެ ގޯސް ގައުމަކީ އިންޑިއާ.-- ފޮޓޯ: އިންޑިއާ ޓީވީ ނިއުސް

އިންޑިއާގައި ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ. ކޮވިޑުގެ ހާލަތު ދެ ވަނައަށް އެންމެ ގޯސް ގައުމަކީ އިންޑިއާ.-- ފޮޓޯ: އިންޑިއާ ޓީވީ ނިއުސް

އިންޑިއާގައި ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ކުއްލިއަކަށް އިތުރުވެ، 7.6 ޕަސެންޓަށް ކޭސްތައް އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޭސްތައް އިތުރުވުމާ އެކު މި ބަލީގައި މަރުވާ އަދަދު ވެސް 10.2 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.

ބަލިން ފަސޭހަވާ ނިސްބަތަށް ވުރެ ބަލި ޖެހޭ މިންވަރު 1.3 ގުނަ އިތުރު ކަމަށް އެ ބަޔާނުގައި ވެއެވެ. ހެލްތު މިނިސްޓްރީން ވަނީ ވަކިވަކި ސްޓޭޓުތަކަށް އެހީވާނެ ކަމަށް ވެސް ބުނެފަ އެވެ.

Advertisement

އެގޮތުން މިނިސްޓަރު ޑރ. ހަރްޝް ވަރްދަން ވަނީ ސްޓޭޓުތަކުގައި ޗީފް މިނިސްޓަރުންނާ ބައްދަލުކުރައްވާ އެ ތަންތަނަށް ދަތިވެފައިވާ ތަކެތި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެ ޔަގީންކަމާ އެކު މަހަރާޝްތްރަ އަށް 1121 ވެންޓިލޭޓަރު، އުއްތަރު ޕްރަދޭޝަށް 1700 ވެންޓިލޭޓަރު، ޖާރްހަންދަށް 1500 ވެންޓިލޭޓަރު، ގުޖަރާތަށް 1600 ވެންޓިލޭޓަރު، މަދްޔަ ޕްރަދޭޝަށް 152 އައި ޗައްޓިސްގަރަށް 230 ވެންޓިލޭޓަރު ފޮނުވާނެ އެވެ.

އިންޑިއާގައި އެންމެ ހާލަތު ގޯސްވެފައި ވަނީ މަހަރާޝްތްރަ ސްޓޭޓުގަ އެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެތަނުން 67،123 މީހުން ޕޮޒިޓިވްވިއިރު، ބަލިން ފަސޭހަވީ 56،783 މީހުންނަށެވެ. އަދި 419 މީހުން މަރުވި އެވެ. މި ވަގުތު އެ ތަނުގައި 647،933 އެކްޓިވް ކޭސް އެބަ އުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox