ކޮވިޑް: ހާލަތު ގޯސްވުމުން ހަފްތާ ބަންދާ ދިމާކޮށް ދިއްލީ ލޮކްޑައުންކޮށްފި

ކޮވިޑުގައި މަރުވި މީހެއްގެ އާއިލާއިން ހިތާމަކުރަނީ. އިންޑިއާގައި މިހާތަނަށް 174،000 މީހުން މަރުވެފައިވޭ.-- ފޮޓޯ: ރޮއިޓާޒް

ކޮވިޑުގައި މަރުވި މީހެއްގެ އާއިލާއިން ހިތާމަކުރަނީ. އިންޑިއާގައި މިހާތަނަށް 174،000 މީހުން މަރުވެފައިވޭ.-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގައި ކޮވިޑުގެ ހާލަތު މާ ބޮޑަށް ގޯސްވެ، ދުވާލެއްގެ މައްޗަށް 200،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވާން ފެށުމާއެކު، އެންމެ ބޮޑަށް އަސަރުކޮށްފައިވާ ވެރިރަށް ނިއު ދިއްލީ ހަފްތާ ބަންދާ ދިމާކޮށް ލޮކްޑައުންކޮށްފި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން މި ބަލިމަޑުކަން ކޮންޓްރޯލް ކުރާނެ ކަމަށް ކުރެވެމުން އައި އުއްމީދުތައް ނެތެމުން ދަނީ މި މަހު އެކަނިވެސް އިންޑިއާގައި ދެ މިލިއަން ކޭސް ފެނި، ޕާކިސްތާނާއި ބަންގްލަދޭޝުން ލޮކްޑައުންކޮށްފައި ވާތީ އެވެ.

އާބާދީގެ ނިސްބަތުން އިންޑިއާގައި ކޭސްތައް މަދު ނަމަވެސް، ހަލުވިކަމާއެކު ފެތުރެމުންދާ ވައިރަހުގެ ވޭރިއެންޓުގެ ސަބަބުން އިތުރަށް ހާލަތު ގޯސްވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

Advertisement

މިދިޔަ އަހަރު މުޅި އިންޑިއާ ލޮކްޑައުންކޮށްގެން އެތައް ސަތޭކަ ބަޔަކު މަރުވެ، އިގްތިސާދު ހުއްޓުމަކަށް އައިސް ލިބުނު ފަދަ ގެއްލުންތަކެއް އަލުން ތަހައްމަލު ކުރަން ބޭނުން ނުވާތީ ސަރުކާރުން މަސައްކަތް ކުރަނީ "ފުލް ލޮކްޑައުނަށް" ނުގޮސް ވޭތޯ އެވެ.

ނަމަވެސް ވަކިވަކި ސްޓޭޓުތަކުން އަންނަނީ ލޮކްޑައުން ކުރަމުންނެވެ. އޭގެ ތެރޭގައި ކޮވިޑު އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ މަހަރާޝްތްރަ ސްޓޭޓާއި، އެކި ސިނާއަތްތަކުގެ މަސައްކަތަށް ހާއްސަ ގުޖަރާތާއި، އައިޓީ ދާއިރާގެ މަރުކަޒު ބެންގަލޫރު ހިމެނެ ކަރްނާޓަކާ އެކުލެވެ އެވެ.

ގާތްގަނޑަކަށް 240 މިލިއަން މީހުން ދިރިއުޅޭ އުއްތަަރް ޕްރަދޭޝް ސްޓޭޓުން އިއްޔެ އިއުލާނު ކުރި ގޮތުގައި ހުރިހާ އަވަށަކާއި ސިޓީތަކެއް އާދީއްތަ ދުވަހު 24 ގަޑިއިރަށް ލޮކްޑައުން ކުރާނެ އެވެ.

ކޮވިޑުގައި މަރުވި މީހެއްގެ ހަށިގަނޑު ދިއްލީގެ ގަބުރުސްތާނެއްގެ ތެރޭގައި އުފުލަނީ. މިހާރު އެންމެ ހާލަތު ގޯސް ސިޓީއަކީ ދިއްލީ.-- ފޮޓޯ: އޭއެފްޕީ
ކޮވިޑުގައި މަރުވި މީހެއްގެ ހަށިގަނޑު ދިއްލީގެ ގަބުރުސްތާނެއްގެ ތެރޭގައި އުފުލަނީ. މިހާރު އެންމެ ހާލަތު ގޯސް ސިޓީއަކީ ދިއްލީ.-- ފޮޓޯ: އޭއެފްޕީ

ކޮވިޑުގައި މަރުވި މީހެއްގެ ހަށިގަނޑު ދިއްލީގެ ގަބުރުސްތާނެއްގެ ތެރޭގައި އުފުލަނީ. މިހާރު އެންމެ ހާލަތު ގޯސް ސިޓީއަކީ ދިއްލީ.-- ފޮޓޯ: އޭއެފްޕީ

އެންމެ ހާލަތު ގޯސް ސިޓީގެ ގޮތުގައި މުމްބާއީ ވައްޓާލުމަށް ފަހު ދިއްލީން ކުރިއަށް ޖެހިފައި ވާއިރު، އެ ތަނުން ވެސް ވަނީ ހަފްތާ ބަންދާ ދިމާކޮށް ލޮކްޑައުންކޮށްފަ އެވެ.

"ކަންބޮޑުނުވޭ. ހަފްތާ ބަންދުގެ ތެރޭގައި ވެސް ހުރިހާ ޒަރޫރީ ހިދުމަތްތަކެއް ލިބޭނެ،" 25 މިލިއަން މީހުން ދިރިއުޅޭ ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވިދާޅުވި އެވެ.

މިއަދުގެ ނިޔަލަށް އިންޑިއާގައި ޖުމްލަ 14.3 މިލިއަން ކޮވިޑް ކޭސް ފެނިފައި ވެއެވެ. އަދި 174،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox