އިންޑިއާގައި ފުރަތަމަ ފަހަރަށް އެއް ދުވަސް ތެރޭ ދެ ލައްކަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޥް ބަލި މީހަކު އެމްބިއުލާންސެއް ތެރޭގައި އޮކްސިޖަން މާސްކު އަޅައިގެން-- ފޮޓޯ: ރޮއިޓާޒް

ކޮވިޥް ބަލި މީހަކު އެމްބިއުލާންސެއް ތެރޭގައި އޮކްސިޖަން މާސްކު އަޅައިގެން-- ފޮޓޯ: ރޮއިޓާޒް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާގައި 200،739 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ އެއް ދުވަސް ތެރޭގައި ދެ ލައްކަ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ހެލްތު މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،038 މީހަކު މަރުވެފައި ވެއެވެ. އެއާއެކު ޖުމްލަ މަރުވި މީހުންގެ އަދަދު ވަނީ 173،123 އަށް އަރާފަ އެވެ.

އިންޑިއާގައި މިހާތަނަށް 14.1 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އެ ގައުމަކީ އެމެރިކާ އަށް ފަހު ކޮވިޑުގެ ހާލަތު އެންމެ ގޯސްކޮށް އޮތް ގައުމެވެ.

Advertisement

ކޮވިޑުގެ ދެ ވަނަ ރާޅު ކޮންޓްރޯލް ކުރަން އިންޑިއާއިން މަސައްކަތް ކުރާއިރު، ފާއިތުވި އަށް ދުވަހު ވެސެ ވަނީ ދުވަހަކަށް ވުރެ ދުވަހެއް ކޭސްތައް އިތުރުވެފަ އެވެ.

އިންޑިއާގައި ކޮވިޑު އެންމެ ބޮޑަށް ފެތުރެމުން ދަނީ ހުޅަނގުގެ ސްޓޭޓުތަކުގަ އެވެ. އަދި އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ މުމްބާއީ ހިމެނޭ މަހަރާޝްތްރަ ސްޓޭޓަށެވެ.

އެހާ ގިނަ އަދަދެއްގެ ކޭސްތައް ފެންނަމުން ދާތީ އިންޑިއާގެ ސިއްހީ ދާއިރާއަށް ވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހިފަ އެވެ. އެގޮތުން ހޮސްޕިޓަލްތަކުގެ އައިސީޔޫ އެނދުތައް ފުރި، އޮކްސިޖަން ހުސްވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ހާލަތު ވަރަށް ގޯސް. މިއީ 900 އެނދުގެ ހޮސްޕިޓަލެއް އެކަމަކި މިހާރު ވެސް 60 ޕޭޝެންޓުން އެބަ ތިބި އެނދެއް ނުލިބި ކިޔުގައި،" މަހަރާޝްތްރަ ސްޓޭޓުގެ ނަގްޕޫރު ހިސާބުގަނޑުގައި ހުންނަ ގަވަމަންޓް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގެ އޮފިޝަލް އަވިނާޝް ގަވާންދޭ އަލްޖަޒީރާއަށް ވިދާޅުވި އެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ގުޖަރާތު ސްޓޭޓުގެ ހޮސްޕިޓަލްތައް ފުރި ބަލި މީހުންނަށް ފަރުވާދެމުން ދަނީ އެމްބިއުލާންސް ގަ އެވެ. ހޮސްޕިޓަލުން ޖާގައެއް ލިބެންދެން އެގޮތަށް ފަރުވާދެމުންދާ އެމްބިއުލާންސްތަކުގެ ދިގު ކިޔުއެއް އެ ތަނުގައި އެބަ އޮތެވެ.

"މި ހާލަތް ބަދަލު ނުވާ ނަމަ މަރުވާ މީހުންގެ އަދަދުތައް އިތުރުވާނެ،" އަހްމަދްއާބާދު ސިޓީގެ ސިއްހީ އިދާރާއެއްގެ ވެރިއަކު ގުޖަރާތުގެ ޗީފް މިނިސްޓަރަށް ފޮނުވި ސިޓީއެއްގައި ލިޔެފައި ވެއެވެ.

އިންޑިއާގެ މައި ސަރުކާރުން ބުނީ ކޮންމެ ދުވަހަކު ވެސް ކެޕޭސިޓީ ހުރި އެންމެ ގިނަ މިންވަރަށް އޮކްސިޖަން އުފައްދަމުންދާ ކަމަށެވެ. ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ލިބެން ހުރި އޮކްސިޖަނަކީ މި ވަގުތަށް ބޭނުންވާ މިންވަރު ކަމަށާއި، ދަތިކަމެއް ނާންނާނެ ކަމަށެވެ.

މި އަހަރު ފެށުމާއެކު އިންޑިއާގައި ކޭސްތައް މަދުވި ނަމަވެސް، ވެކްސިން ޕްރޮގްރާމް ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ކުއްލިއަކަށް ވަނީ ކޭސްތައް އިތުރުވެފަ އެވެ.

މާޗް މަހުން ފެށިގެން ހާލަތު ގޯސްވެފައި ވަނިކޮށް ހިންދޫ ދީނުގެ އެންމެ ބޮޑު ފެސްޓިވަލް "ކުމްބް މޭލާ" ފަށައިގެން އެތައް މިލިއަން ބަޔަކު ގަންގާ ކޯރު ސަރަހައްދަށް ޖަމާވެފައި ވާތީ އިތުރަށް ބަލި ދަނީ ފެތުރެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔޫކޭ ގްރީން ޕާޓީގެ ލީޑަރު އިޒްރޭލަށް އެތެރެވުން މަނާކޮށްފި

ޒަޔަނިސްޓް ފިކުރަކީ ނަސްލީ ތަފާތުކުރުމެއް ކަމަށް ކަނޑައަޅައި އިނގިރޭސި ގްރީން ޕާޓީން ގަރާރެއް ފާސްކުރުމާ ގުޅިގެން، އެ ޕާޓީގެ ލީޑަރު ޒެކް ޕޮލާންސްކީ އިޒްރޭލަށް އެތެރެވުން އެ ގައުމުން މަނާކޮށްފިއެވެ. އިޒްރޭލުން މި ނިންމުން ނިންމީ އެ ގަރާރަކީ ޔަހޫދީންނާ ދެކޮޅު އަމަލެއް ކަމަށް ބުނެފައިވަނިކޮށް، ގްރީން ޕާޓީގެ ގަރާރުގައި ވަނީ ފަލަސްތީނުގެ ބިމުގައި ޑިމޮކްރެޓިކް ދައުލަތެއް ގާއިމުކުރުމަށް ބާރުއަޅާފައެވެ.

އަންހެން ނޫސްވެރިންނަށް ދިއްލީ ފުލުހުން ޖިންސީ ފުރައްސާރަކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ދިއްލީގައި ކުރި މުޒާހަރާއެއްގެ ތެރެއިން، ފުލުހުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ތިން އަންހެން ނޫސްވެރިއަކު ތުހުމަތުކޮށްފިއެވެ. މި މައްސަލަ ދިއްލީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ތަހުގީގު ކުރަމުންދާއިރު، ނޫސްވެރިންނަށް ކުރިމަތިވި މި ހާދިސާއާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޕްރެސް ކްލަބުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާ އިލެކްޝަންސްގެ ޗީފްގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ

އިންޑިއާގެ ވޯޓާ ރޯލަށް ގެނައި ބަދަލުތަކާ ގުޅިގެން، އެ ގައުމުގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި ކުރާ މުޒާހަރާތައް ވަނީ ވަރުގަދަވެފައެވެ. އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައި ކުރިއަށްގެންދާ މި މުޒާހަރާތަކުގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި، މި ބަދަލުތަކަކީ ވެރިކަންކުރާ ބީޖޭޕީއަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ގެނައި ބަދަލުތަކެކެވެ. މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ ބަޔަކު ހައްޔަރުކޮށް، އެއްވުން މަނާ ސަރަހައްދުތަކުން މީހުން ދުރުކުރަމުންނެވެ.

ހޫތީން ބަލިކުރަން ޔަމަނުން އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަށައިފި

ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުން ބޭރުވެފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށްޓަކައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ހޫތީންނާ ދެކޮޅަށް އަސްކަރީ ބޮޑު އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައުދީގެ އަރަމްކޯ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފައެވެ.

ކޯ-ޕައިލެޓާއި އޮސްޓްރޭލިއާއާ އޮތް ގުޅުން ބަލަނީ

ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކުރަން އުޅުނު ކޯ-ޕައިލެޓަކީ އޮސްޓްރޭލިއާގައި ކިޔަވައި، އެ ގައުމުގެ ހަރުކަށި ފިކުރުގެ މަރުކަޒުތަކާ ގުޅުން އޮތް މީހެއްކަމަށް ތުހުމަތު ކުރެވޭތީ އޮސްޓްރޭލިއާގެ ކައުންޓާ ޓެރަރިޒަމް ޔުނިޓުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ. ޔޫއޭއީން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކުރި މި ހާދިސާގައި، ކޯ-ޕައިލެޓް ވަނީ ކޯރާޑިއަކުން ކެޕްޓަނަށް ހަމަލާދީ ބޯޓު ވައްޓާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ބޯޓު ވަނީ ކޮންޓްރޯލްގެ ދަށަށް ގެނެސް ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ.

ޖަޕާނުގައި މަރުގެ މައްސަލައެއްގައި އެމެރިކާ ސިފައިންގެ މީހެއް

ޖަޕާނުގެ އޮކިނާވާގައި އަންހެނަކު މަރާލައި ފޭރުނު ކަމުގެ ތުހުމަތުގައި އެމެރިކާގެ މެރިން ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެމެރިކާއަށް ރަސްމީކޮށް އިހުތިޖާޖު ހުށަހަޅައިފިއެވެ. މި ހާދިސާ ކުށްވެރިކުރައްވައި ބޮޑުވަޒީރު ޓަކައިޗީ ވަނީ މައްސަލައިގެ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ދިނުމަށާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

Newsletter

Get the latest news delivered straight to your inbox