ހިންދޫންގެ އެންމެ ބޮޑު ފެސްޓިވަލަށް ޖަމާވި ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނުވަ ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވި ކުމްބް މޭލާ ފެސްޓިވަލް-- ފޮޓޯ: ރޮއިޓާޒް

ނުވަ ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވި ކުމްބް މޭލާ ފެސްޓިވަލް-- ފޮޓޯ: ރޮއިޓާޒް

ހިންދޫއިންގެ އެންމެ ބޮޑު ފެސްޓިވަލް "ކުމްބް މޭލާ" އަށް އިންޑިއާގެ ހަރިދްވާރް ސިޓީއަށް ޖަމާވި އެތައް ސަތޭކަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ދެ މަހަށް ދެމިގެންދާ ފެސްޓިވަލުގެ އެންމެ މުހިއްމު ދުވަސް ފާހަގަކުރަން އިއްޔެ ތިން މިލިއަނަށް ވުރެ ގިނަ މީހުން ގަންގާ ކޯރުގެ ތެރެއަށް އެރި ފެން ވަރާ ހެދި އެވެ. އެތައް މިލިއަން ބަޔަކު މިއަދު ވެސް އެ އަޅުކަމުގައި ބައިވެރިވާނެ އެވެ.

އިއްޔެ އިންޑިއާއިން ވަނީ 184،372 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފަހަރެވެ.

Advertisement

ބަލިމަޑުކަމުގެ ތެރޭގައި ވެސް ކުމްބް މޭލާ ފެސްޓިވަލް ބާއްވަން ހުއްދަ ދިނުމުން ގިނަ ބަޔަކު އަންނަނީ އިންޑިއާ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިއަދު މެންދުރުގެ ނިޔަލަށް 900،000 މީހުން ގަންގާ ކޯރަށް އެރި ފެންވެރި ކަމަށް އޮފިޝަލުން ބުނެ އެވެ. ހިންދޫން ގަބޫލުކުރާ ގޮތުގައި ގަންގާ ކޯރަކީ މާތްވެގެންވާ ތަނެކެވެ. އަދި އެ ކޯރުން ފެން ވަރައިފި ނަމަ ހުރިހާ ފާފަތަކެއް ފުހެވިގެން ދާނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

ފެސްޓިވަލަށް އެތައް މިލިއަން ބަޔަކު ޖަމާވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ވެސް ފުލުހުންނަށް ވަނީ އުނދަގޫވެފަ އެވެ.

ބީބީސީގައިވާ ގޮތުން އިއްޔެ އެ ސަރަހައްދުން ނެގި 20،000 ސާމްޕަލުގެ ތެރެއިން 110 ސާމްޕަލް ޕޮޒިޓިވް އެވެ. އޭގެ ކުރިން ހޯމަ ދުވަހު އެ ތަނުން 184 މީހުން ޕޮޒިޓިވްވި އެވެ. ބައެއް މީހުން އެކަހެރިކޮށްފައި ވާއިރު، އެހެން މީހުން ގެންގޮސްފައި ވަނީ ހަރިދްވާރު ސިޓީގެ ހޮސްޕިޓަލަށެވެ.

ފެސްޓިވަލް ބާއްވާފައިވާ ދަނޑިވަޅަކީ އިންޑިއާގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެކެވެ. އެމެރިކާއަށް ފަހު ކޮވިޑުގެ ހާލަތު އެންމެ ގޯސްކޮށް އޮތީ އިންޑިއާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox