18 ފޮށި ގުނަނީ ޝަކުވާއަކާ ގުޅިގެންނެއް ނޫން، ނަތީޖާ ޝީޓު ސާފުނުވާތީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިދިޔަ ހޮނިހިރު ދުވަހުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ބެހެއްޓި 18 ފޮއްޓެއް އަލުން ގުނަން ނިންމީ، އެއްވެސް ފަރާތެއް ޝަކުވާއަކާ ގުޅިގެން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފި އެވެ.

މިއަދު މެންދުރު އެ ފޮށިތައް ގުނަން އުޅުމުން، އިދިކޮޅާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވަނިކޮށް، އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އެ ފޮށިތައް ގުނަން މިއަދު އުޅުނީ، އެ ފޮށިތަކުގެ ނަތީޖާ ޝީޓުތަކުގައި ލިޔެފައިވާ ބައެއް އަދަދުތައް ދިމާނުވާތީ ކަމަށެވެ.

"މިއަދު ބޭއްވި އެކްސައިޒަކީ ބައެއް ނަތީޖާ ޝީޓު ފުރިފައިހުރި ގޮތުން، ސާފު ނުވާ ނަތީޖާތަކެއް ހުރީމަ. ނަތީޖާތައް ސާފުކުރުމަށްޓަކައި ސެކިޔުރިޓީ އުރަ ކަނޑަން އުޅުނީ އެ ފޮއްޓެއްގެ މަސްލަހަތު ހިމެނޭ މީހުންނަށް ދައުވަތުދީގެން،" ޝަރީފް ވިދާޅުވި އެވެ.

މިއަދު އީސީގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތއތެރިވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
މިއަދު އީސީގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތއތެރިވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މިއަދު އީސީގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ނަމަވެސް، އިންތިހާބީ މަރުކަޒުގެ ތެރެއަށް އާއްމުންނާއި، ކަމާނުބެހޭ ސިޔާސީ ފަރާތްތައް ވަދެ ހަމަނުޖެހުން ހިންގުމުގެ ސަބަބުން، މިއަދު އެ ފޮށިތައް ގުނުން ކެންސަލް ކޮށްފައިވާކަމަށް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، އެ ފޮށިތައް އަލުން ގުނަން އީސީން ނިންމީ އެ ފޮއްޓެއްގައި ހިމެނޭ ވަކިވަކި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު ބަލަން ނޫން ކަމަށެވެ.

"މިއުޅެނީ އަދަދުތައް ދިމާނުވާތީ. އުރަ ކަނޑައިގެން އަޅުގަނޑުމެން ބަލާނީ ކައުންޓާ ފޮއިލް ދިމާވޭތޯ. އެ ދިމާނުވެއްޖެނަމަ، ދެވަނަ ސްޓޭޖަކީ ބާތިލު ވޯޓު ގުނުން. އެންމެ ފަހު ސްޓޭޖުގައި ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ގުނާނީ،" ޝަރީފް ތަފްސީލުކޮށް ދެއްވި އެވެ.

އަދި އުރައެއް ކެނޑުމުގެ ކުރިން އެ ހުޅުވާ ބޭނުން، އެތަނުގައި ތިބި އެންމެންނަށް ސާފުކޮށްދޭނެކަމަށް އިތުރަށް ވިދާޅުވި އެވެ.

ޝަރީފް ތަކުރާރުކޮށް ވިދާޅުވީ، އެ ފޮށިތައް ކަނޑަން އުޅުނީ އެއްވެސް މީހަކު، ނުވަތަ ޕާޓީއެއް، ނުވަތަ ކެންޑިޑޭޓަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ނޫން ކަމަށާއި، ވަގުތީ ނަތީޖާ ސާފު ކުރުމުގެ ތެރޭގައި ޝައްކުވާ ކަންތައްތަކެއް ހުރެގެން ސީދާ އީސީން ނިންމައިގެން ކަމަށެވެ.

އިންތިހާބީ ގިނަ ޝަކުވާތަކެއް

ޝަރީފް ވިދާޅުވި ގޮތުގައި، މިއަދާ ހަމައަށް ކައުންސިލް އިންތިހާބާ ގުޅިގެން 89 ޝަކުވާ ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އާދަޔާ ހިލާފަށް ބާތިލު ވޯޓު ގިނަވުމާއި، ކައުންޓާ ފޮއިލް ދިމާނުވުމާއި، ވާދަކުރާ ކެންޑިޑޭޓުންގެ ފަރަގު ކުޑަވުންފަދަ ޝަކުވާތައް ހިމެނޭކަމަށް ވިދާޅުވި އެވެ.

އަދި އޭގެ އިތުރުން، ސިޔާސީ ޕާޓީތަކުން މިހާތަނަށް 21 ޝަކުވާއެއް ލިބިފައިވާކަމަށް ޝަރީފް ހާމަކުރެއްވި އެވެ.

ނަމަވެސް، މި މަރުހަލާގައި އޭގެ ތެރެއިން އެއްވެސް ޝަކުވާއެއް ނުބަލާނެ ކަމަށާއި، އަދި ދާއިމީ ނަތީޖާ އިއުލާނުކުރުމުގެ ކުރިން، އެ ޝަކުވާތަކަށް ރިއާއަތްކޮށް، އެއްވެސް ފޮއްޓެއް އަލުން ގުނާނީ ސީދާ ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox