ހަމަލާއެއްގެ ބިރަށް ފްރާންސްގެ މިސްކިތްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަނީ

ފްރާންސްގެ މިސްކިތެއްގެ ބޭރުގައި މުސްލިމުން-- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ މިސްކިތެއްގެ ބޭރުގައި މުސްލިމުން-- ފޮޓޯ: އޭއެފްޕީ

rރޯދަ މަސް ފެށެން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ފްރާންސްގެ މިސްކިތެއްގެ ފާރުގައި އިސްލާމްދީނަށް ފުރައްސާރަކޮށް މެސެޖުތަކެއް ލިޔުނު މައްސަލައެއް ފެންމަތިވެ، މިސްކިތްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަން އަންގައިފި އެވެ.

ފްރާންސްގެ ހުޅަނގުގައި ހުންނަ މިސްކިތެއްގެ ފާރުގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މެސެޖު ލިޔެފައި ހުއްޓާ ފެނުނީ އިއްޔެ އެ މިސްކިތް ބަލަހައްޓާ މީހުންނަށެވެ.

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ އިތުރުން ސޮލީބީ ހަނގުރާމަ އަލުން ފެށުމަށް ގޮވާލާ، ނަސާރާ ދީނަކީ ފްރާންސްގެ ރަސްމީ ދީނުގެ ގޮތުގައި ކަނޑައެޅުމަށް މެސެޖުތަކުގައި ގޮވާލާފައި ވެއެވެ.

ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ މިސްކިތަށް ޒިޔާރަތް ކުރެއްވުމަށް ފަހު އިންޓީރިއާ މިނިސްޓަރު ޖެރަލްޑް ޑާމަނިން މިއަދު ވަނީ ފްރާންސްގެ 5.7 މިލިއަން މުސްލިމުންނާއެކު އޭނާ ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލަ ބެލުމުގެ އިތުރުން ރޯދަ މަހާ ދިމާކޮށް މިސްކިތްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ފުލުހުންގެ ކިބައިން އެދިފައި ވާނެ ކަމަށް ޑާމަނިން ވިދާޅުވި އެވެ. ދީނީ މިނިވަންކަމަކީ ފްރާންސްގައި ލިބިދޭ އަސާސީ ހައްގެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި އަހަރުގެ ރޯދަ މަސް މާދަމާ ފަށާއިރު، ފްރާންސްގައި އުޅޭ މުސްލިމުންނަށް މިނިވަންކަމާއެކު އަޅުކަން ކުރުމުގައި ހުރަސްތަކެއް އެބަ ހުއްޓެވެ. އެއީ އެ ގައުމުގެ މިސްކިތްތަކަށް އަމާޒުކޮށް ދޭތެރެ ދޭތެރެއިން ހަމަލާދެމުން ދާތީ އެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މިސްކިތެއްގެ ދޮރުގައި ހުޅު ޖެހި އެވެ. އޭގެ ފަހުން ހުކުރު ދުވަހު މިސްކިތަކަށް ހަމަލާ ދޭނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއްގެ އުމުރުން 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox