ކޮވިޑް ވައިރަހުގެ ހަގީގަތް ހޯދަން ޖެހޭ ކަމަށް ބުނެ އެމެރިކާގެ ފާޑުކިޔުން ޗައިނާއަށް

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން-- ފޮޓޯ: ރޮއިޓާޒް

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން-- ފޮޓޯ: ރޮއިޓާޒް

ކޮވިޑުގެ ބަލިމަޑުކަން އިތުރަށް ގޯސްވުމަށް މަގުފަހިވީ ޗައިނާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް އެއްބާރުލުން ނުދިނުމުން ކަމަށާއި މުޅިން އަލަށް ފެނުނު މި ވައިރަހުގެ އަސްލު ދެނެގަންނަން ޖެހޭ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އެފަދަ ގޮތަކަށް ޗައިނާއަށް ފާޑުވިދާޅުވެފައި ވާއިރު، އާ ރައީސް ޖޯ ބައިޑެންގެ ސަރުކާރުގެ ގިނަ މެމްބަރުން ގެންދަވަނީ ކޮވިޑް ބަލިމަޑުކަމުގެ މައްސަލާގައި ޗައިނާއަށް ބަހުގެ ހަމަލާތައް އަމާޒު ކުރަމުންނެވެ.

އެންބީސީ ޗެނަލްގެ "މީޓް ދަ ޕްރެސް" ޝޯއަށް ދެއްވި އިންޓަވިއުގައި ބްލިންކެން ވިދާޅުވީ ބައިނަލްއަގްވާމީ ތަޖުރިބާކާރުންނަށް ޗައިނާއިން އެއްބާރުލުން ދީފައި ނުވާ ކަމަށާއި ހާމަކަން ބޮޑު ދެ ފުށް ފެންނަ ދިރާސާ ކުރަން މައުލޫމާތު ވެސް ހިއްސާ ނުކުރާ ކަމަށެވެ.

Advertisement

"އޭގެ ނަތީޖާއެއްގެ ގޮތުން ވައިރަސް ކޮންޓްރޯލުން ނެއްޓީ މާ އަވަހަށް،" ބްލިންކެން ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް މިދިޔަ މާޗް މަހު ވިދާޅުވީ ކޮވިޑުގެ ހަގީގަތް ތަހުގީގު ކުރަން ޗައިނާއަށް ދަތުރު ކުރި ޓީމަށް ޗައިނާ ސަރުކާރުން މައުލޫމާތު ނުދީ ހިފެހެއްޓި ކަމަށެވެ.

ޗައިނާގެ ސައިންސްވެރިންނާ ގުޅިގެން ޑަބްލިއުއެޗްއޯއިން އޭރު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މި ވައިރަސް އިންސާނުންގެ ހަށިގަނޑަށް އެތެރެވެފައި ވަނީ ވާލުގެ ހަށިގަނޑުން ކޮންމެވެސް އެހެން ޖަނަވާރަކަށް އަސަރުކޮށްގެން ޒަރިއްޔާއިން ކަމަށް ބެލެވޭ ކަމަށެވެ. އަދި މިއީ ލެބޯޓަރީއެއްގައި އުފެއްދި ވައިރަހެއް ލީކުވުމުން ފެތުރުނު ބަލިމަޑުކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

ނަމަވެސް އެކަން ޔަގީންކުރަން އިތުރު ތަހުގީގުތައް ކުރަން ޖެހޭ ކަމަށް އަދަނޮމް ވިދާޅުވެފައި ވެއެވެ.

އެ ރިޕޯޓު ނެރުމާއެކު އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އަދި ހުޅަނގުގެ އެހެން ގައުމުތަކުން ވެސް ވަނީ ޑަބްލިއުއެޗްއޯގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ޗައިނާއަށް ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox