ވެސްޓް ހޭމް ހަތަރަކަށް، ޔުނައިޓެޑުން ޓޮޓެންހަމް ބަލިކޮށްފި

Apr 11, 2021, 5:37 PM
ޔުނައިޓެޑްގެ ފަހު ގޯލު ޖެހި ގްރީންވުޑް.-- ފޮޓޯ: ގެޓީއިމޭޖަސް

ޔުނައިޓެޑްގެ ފަހު ގޯލު ޖެހި ގްރީންވުޑް.-- ފޮޓޯ: ގެޓީއިމޭޖަސް

ލަންޑަން (އޭޕްރީލް 11) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-2 އިން ލެސްޓާ ސިޓީ ބަލިކޮށް ވެސްޓް ހޭމް ޔުނައިޓެޑް ލީގުގެ ހަތަރު ވަނަ އަށް ޖެހިލިއިރު، ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެ އެވެ.

ތިން ވަނައިގައި އޮތް ލެސްޓާ އަތުން މޮޅުވެ ވެސްޓް ހޭމް ހަތަރަކަށް އެރީ 31 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ލެސްޓާ ތިން ވަނައިގައި އޮތީ 31 މެޗުން 56 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ 31 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 32 މެޗުން 74 ޕޮއިންޓް ލިބިފަ އެވެ.

ލަންޑަން އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެސްޓް ހޭމްގެ ޖެސީ ލިންގާޑް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ޖެނުއަރީ މަހު ވެސްޓް ހޭމްއާ ގުޅުނު ލިންގާޑް ވަނީ އޭގެ ފަހުން ތަފާތު މޮޅު ކުޅުމެއް ދައްކައި އަށް ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިތާ ތިން މިނިޓްތެރޭގައި ޖެރޮޑް ބޮވެން ވަނީ ވެސްޓް ހޭމް އަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.

ލެސްޓާ ކޮޅަށް ގޯލު ޖެހުމަށް ފަހު ލިންގާޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލެސްޓާ ކޮޅަށް ގޯލު ޖެހުމަށް ފަހު ލިންގާޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލެސްޓާ ކޮޅަށް ގޯލު ޖެހުމަށް ފަހު ލިންގާޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ލެސްޓާގެ ނައިޖީރިއާ ފޯވާޑް ކެލެޗީ އިހެނާޗޯ ވަނީ ފަހުން ދެ ގޯލު ޖަހައިފަ އެވެ. އެކަމަކު ވެސްޓް ހޭމް އިން ވަނީ ލީޑުހިފަަހައްޓައި މެޗުގެ ތިން ޕޮއިންޓް ހޯދައިފަ އެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ވަނީ އެޑިންސަން ކަވާނީގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ވަނީ އެ ގޯލު ބަލައިނުގަންނަން ނިންމައިފަ އެވެ. އެއީ ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭއި ޓޮޓެންހަމްގެ ސޮން ހެއުން މިން އަށް ފައުލުކުރިކަމަށް ބެލުމަށް ފަހު އެވެ. މެޗުގެ 40 ވަނަ މިނިޓްގައި ޓޮޓެންހަމަށް ލީޑުނަަގައިދިނީ ލޫކަސް މޯރާ ހުސްކޮށްލާފައި ދިން ބޯޅައަކުން ސޮން އެވެ.

ޔުނައިޓެޑް މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ތިން ގޯލުންނެވެ. އެ ޓީމަށް އެއްވަރުކޮށްދިނީ 56 ވަނަ މިނިޓްގައި ފްރެޑް އެވެ. މިއީ މިދިޔަ ދެ އަހަރު ތެރޭ ލީގުގައި ފްރެޑް ޖެހި ފުރަތަމަ ގޯލެވެ. އޭގެ ފަހުން ޓޮޓެންހަމަށް އަލުން ލީޑުނަގައިދޭން ސޮން ފޮނުވާލި ބޯޅައެއް ޔުނައިޓެޑްގެ ގޯލުގައި ހުރި ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ކޮޅަށް މެޗު އަނބުރާލުމުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒުވާން ފޯވާޑް މޭސަން ގްރީންވުޑް މުހިއްމު ދައުރެއް އަދާކުރި އެވެ. ކަވާނީ މެޗުގެ 79 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދިން ގޯލު ޖެހީ ގްރީންވުޑް ނެގި ހުރަހަކުން ބޮލުންނެވެ. އަދި އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ޕައުލް ޕޮގްބާ ދިން ބޯޅައަކުން ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ ގްރީންވުޑް އެވެ.

މިއީ ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ލީގުގެ މެޗެއްގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަތުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ޔުނައިޓެޑުން ވަނީ މިރޭގެ ނަތީޖާއާ އެކު ލީގުގައި ރަށުންބޭރުގައި ބަލިނުވެ 23 މެޗު ހަމަކޮށްފަ އެވެ.

އަނެއްކޮޅުން މި ބައްޔާ އެކު ގަދަ ހަތަރެއްގެ ތެރޭގައި ލީގު ނިންމާލުމަށް ޓޮޓެންހަމުން ކުރާ މަސައްކަތުގައި ވަނީ އުނދަގޫތަކަކާ ކުރިމަތިވެފަ އެވެ. ޓޮޓެންހަމް އޮތީ 31 މެޗުން 49 ޕޮއިންޓް ހޯދައިގެން ލީގުގެ ހަތް ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox