ކޮވިޑް ވެކްސިނުގެ 100 މިލިއަން ޑޯޒް އެންމެ އަވަހަށް ދިން ގައުމަކަށް އިންޑިއާ

އިންޑިއާގައި މީހެއްގެ ގަޔަށް ކޮވިޑް ވެކްސިން ޖަހަނީ-- ފޮޓޯ: ބީބީސީ

އިންޑިއާގައި މީހެއްގެ ގަޔަށް ކޮވިޑް ވެކްސިން ޖަހަނީ-- ފޮޓޯ: ބީބީސީ

ކޮވިޑާ ދެކޮޅަށް ވެކްސިން ދިނުމަށް ގައުމުތަކުގައި ހިންގާ ޕްރޮގްރާމުތަކުގެ ތެރެއިން އެންމެ އަވަހަށް 100 މިލިއަން ޑޯޒް ދިން ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ އިންޑިއާއަކީ އެންމެ އަވަހަށް 100 މިލިއަން ޑޯޒް ދިން ގައުމު ކަމަށެވެ. އެ ގައުމުން 100 މިލިއަން ޑޯޒް ދިނީ 85 ދުވަހުގެ ތެރޭގަ އެވެ.

އެމެރިކާއިން 100 މިލިއަން ޑޯޒް ދިނީ 89 ދުވަހުގެ ތެރޭގަ އެވެ. އަދި ޗައިނާއަށް އެކަން ހާސިލްކުރެވުނީ 102 ދުވަހުންނެވެ.

އިންޑިއާ ހެލްތު މިނިސްޓްރީން އެކަން އިއުލާނުކޮށްފައި މިވާ ދަނޑިވަޅަކީ ކޮވިޑުގެ ދެވަނަ ރާޅެއްގައި ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅަކެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް 100،000 އެއްހާ މީހުން ޕޮޒިޓިވްވަމުން ދާއިރު، 800 އެއްހާ މީހުން ކޮންމެ ދުވަހަކު ވެސް މި ބަލީގައި މަރުވެ އެވެ.

އޭގެ އިތުރުން އިންޑިއާއަށް ވެކްސިނުގެ ދަތިކަމާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. ބައެއް ސްޓޭޓުތަކުގައި ސްޓޮކް ނެތް ކަމަށް ބުނި ނަމަވެސް މައި ސަރުކާރުން ބުނީ ސްޓޮކް ހުންނާނެ ކަމަށެވެ.

ސްޓޮކް ނެތް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި 40 މިލިއަން ޑޯޒް ރައްކާކޮށްފައި ހުންނާނެ ކަމަށް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ބުނެފައި ވެއެވެ.

އިންޑިއާގެ އަމާޒަކީ ޖުލައި މަހުގެ ކުރިން 250 މިލިއަން މީހުންނަށް ވެކްސިން ދިނުމެވެ. އެ ލަނޑުދަނޑިއަށް ވާސިލްވުމަށް ވެކްސިން ޕްރޮގްރާމުގެ ދުވެލި އަވަސް ކުރަން ޖެހޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މިހާތަނަށް އިންޑިއާގައި 12 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، 167،000 މީހުން ވަނީ މަރުވެފަ އެވެ. އެމެރިކާ އާއި ބްރެޒިލްއަށް ފަހު އަދަދުތައް އެންމެ މަތިކޮށް އުޅެނީ އިންޑިއާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox