ކޮވިޑުގެ ސަބަބުން ދެކުނު އޭޝިއާގައި 15 މިލިއަން މީހުން މިހާތަނަށް މަރުވެއްޖެ

ކޮވިޑުގެ ސަބަބުން އިންޑިއާގައި މަރުވި މީހެއްގެ ހަށިގަނޑު އުފުލަނީ-- ފޮޓޯ: ރޮއިޓާޒް

ކޮވިޑުގެ ސަބަބުން އިންޑިއާގައި މަރުވި މީހެއްގެ ހަށިގަނޑު އުފުލަނީ-- ފޮޓޯ: ރޮއިޓާޒް

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުން ކޮވިޑް ޖެހިގެން މިހާތަނަށް 15 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރޮއިޓާޒްގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ދެކުނު އޭޝިއާގައި ހިމެނެނީ ރާއްޖެ، އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ސްރީ ލަންކާ އެވެ. ދުނިޔޭގައި ކޮވިޑް ޖެހުނު މީހުންގެ 11 ޕަސެންޓު ނިސްބަތްވަނީ އެ ގައުމުތަކަށެވެ. އަދި ކޮވިޑުގައި މަރުވި މީހުންގެ ހަ ޕަސެންޓު ވެސް ނިސްބަތްވަނީ މި ހަ ގައުމަށެވެ. މި ސަރަހައްދުގައި ދިރިއުޅެނީ ދުނިޔޭގެ ޖުމްލަ އާބާދީ ކަމުގައިވާ 7.59 ބިލިއަން މީހުންގެ 23 ޕަސެންޓެވެ.

ތިން ވަނައަށް އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ އިންޑިއާ ހިއްސާކުރަނީ ދެކުނު އޭޝިއާގެ ޖުމްލަ ކޭސްތަކުގެ 84 ޕަސެންޓެވެ.

ދުނިޔޭގެ ދެ ވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި މިއަދު ވެސް 145،384 މީހުން ޕޮޒިޓިވްވެ، 794 މީހުން މަރުވި އެވެ. ކޭސްތައް އިތުރުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ނުކުރާތީ ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ.

ދެކުނު އޭޝިއާގައި ދެ ވަނައަށް އެންމެ ހާލަތު ގޯސް ޕާކިސްތާނުގައި ޖުމްލަ 700،000 ކޭސް ރިޕޯޓުކޮށްފައި ވާއިރު 15،000 މީހުން މަރުވެފައި ވެއެވެ.

ބަންގްލަދޭޝުން ފެންނަމުންދަނީ ދުވާލަކު 7،000 އެއްހާ ޕޮޒިޓިވް މީހުންނެވެ. އެ ގައުމުން މިހާތަނަށް 678،937 މީހުންނަށް މި ބަލި ޖެހިފައި ވެއެވެ.

ރޮއިޓާޒްއިން ރިޕޯޓުކުރާ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ދެކުނު އޭޝިއާގައި މަދުވެގެން 94.1 މިލިއަން މީހުންނަށް ވަނީ ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox