ހަމަނުޖެހުމުން ސަލާމަތްވާން މިޔަންމާގެ ރައްޔިތުން އިންޑިއާއަށް ހިޖުރަކުރަނީ

މިޔަންމާގެ ރައްޔިތުން އިންޑިއާއަށް އެތެރެވަމުން ދަނީ ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައިވާ ޖަންގަލި ތެރޭގެ ހިމަ މަގުތަކުން. ފޮޓޯ: ބީބީސީ

މިޔަންމާގެ ރައްޔިތުން އިންޑިއާއަށް އެތެރެވަމުން ދަނީ ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައިވާ ޖަންގަލި ތެރޭގެ ހިމަ މަގުތަކުން. ފޮޓޯ: ބީބީސީ

މިޔަންމާގެ ބަގާވާތަށް ފަހު ހިނގަމުންދާ ހަމަނުޖެހުމުން ސަލާމަތް ވާން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ހިޖުރަ ކުރަން ފަށައިފި އެވެ.

ބީބީސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގިނައިން ހިޖުރަ ކުރަމުން ދަނީ ދެ ގައުމުގެ ގުޅޭ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. އެ މީހުން އިންޑިއާއަށް އެތެރެވާން ބޭނުން ކުރަނީ ޖަންގަލި ތެރޭގައި ހަދާފައިވާ މަގުތަކެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ފެބްރުއަރީ އެއްވަނަ ދުވަހު ބަގާވާތް ކުރުމަށް ފަހު އިންތިހާބީ ލީޑަރު އަންގް ސަން ސޫ ކީ އާއި އެހެން ވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. އެއާއެކު ރައްޔިތުން އަންނަނީ މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުންނެވެ.

ލޭއޮހޮރުން ބޮޑުވެފައިވަނީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ސަލާމަތީ ބާރުތަކުން ބަޑިޖަހަމުން ދާތީ އެވެ. މިހާރު ވެސް މުޒާހަރާގެ ތެރެއިން 600 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އޭގެ އިތުރުން ވެސް ސިފައިން ދަނީ ގެތައް ލޫޓުވާ، މީހުން ރޭޕް ކުރުމާއި ކުޑަކުދިން މެރުން ފަދަ ޖަރީމާތައް ހިންގަމުން ކަމަށް މިޔަންމާގެ ރައްޔިތުންނާ ހަވާލަދީ ބީބީސީގައި ރިޕޯޓުކޮށްފައި ވެ އެވެ.

ނަމަވެސް އަސްކަރިއްޔާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެފަދަ ޖަރީމާއެއް ހިންގައިފި ނަމަ ތަހުގީގު ކުރާނެ ކަމަށް ބުނެފައި ވެއެވެ.

މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ބައިނަލްއަގްވާމީ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިންޑިއާއިން އެންމެ ފުރަތަމަ ނިންމީ މިޔަންމާއިން އަންނަނ ރެފުއިޖީން އަނބުރާ ފޮނުވާލުމަށެވެ.

އެކަމަކު އާއްމުންގެ ކަންބޮޑުވުން ހުރި މިންވަރު ފާހަގަވުމުން މިހާރު ނިންމާފައިވަނީ "އިންސާނިއްޔަތަށްޓަކައި ފިޔަވަޅު އަޅާ" އެމީހުންނަށް ރައްކާތެރިކަން ދިނުމަށެވެ.

މިޔަންމާގެ ރެފިއުޖީން ބުނެފައި ވަނީ އެ މީހުން އަނބުރާ ގައުމަށް ދާނީ ހާލަތު ރަނގަޅުވުމުން ކަމަށެވެ. އޭގެ އިތުރުން ބޯޑަރު ކައިރީގައި އުޅޭ އިންޑިއާގެ އާއްމުން ވެސް ބޭނުންވަނީ އެ މީހުންނަށް އެހީވުމަށެވެ.

ނަމަވެސް ގަވާއިދާ ހިލާފަށް ގައުމަށް މީހުން އެތެރެވާ މައްސަލަ އިންޑިއާގައި ވަނީ ދާދި ފަހުން ހޫނުވެފަ އެވެ. އެހެންކަމުން ވެސްޓް ބެންގޯލް އާއި އައްސާމް ސްޓޭޓުގެ އިންތިހާބު ކުރިއަށް އޮތުމާއެކު މިޔަންމާގެ ރެފިއުޖީން ތިބީ އެ މީހުންނަށް ވާނެ ގޮތަކާ މެދު ކަންބޮޑުވެފައި ކަމަށް ބީބީސީގައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox