ވާދަވެރިކަން ބޮޑު އިންތިހާބު: ވޯޓު ކިއޫތައް ދަމާލައިފި

މާލޭގައި ވޯޓުލާން ބަޔަކު މަޑުކޮށްލައިގެން. -- ފޮޓޯ : ހުސެއިން ވަހީދު / އަދަދު

މާލޭގައި ވޯޓުލާން ބަޔަކު މަޑުކޮށްލައިގެން. -- ފޮޓޯ : ހުސެއިން ވަހީދު / އަދަދު

ވެރިކަންކުރާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ މެދުގައި ވާދަވެރިކަން ބޮޑު ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި މިއަދު ހެނދުނު ފަށައިފި އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ރާއްޖޭގެ ހަތަރު ވަނަ ކައުންސިލް އިންތިހާބު މި ބާއްވާނީ ކޮވިޑް-19އާ ގުޅިގެން އަހަރަކަށް ދިގު ދެންމުމަށް ފަހު އެވެ. ގާނޫނުއަސާސީ އާއި ގާނޫނަށް ބަދަލުގެނެސްގެން ބާއްވާ މި އިންތިހާބުގެ ކެމްޕޭން އިއްޔެ ނިންމާލި އިރު ބަލީގެ ހާލަތާ ހެދި މާ ފޯރިގަދަ ކެމްޕޭނެއް ކުރިއަކަށް ނުދެ އެވެ.

އެކަމަކު، އިންތިހާބުގެ ވޯޓުލުން މިއަދު ހަތެއް ޖެހިއިރު ފެށިއިރު، ވޯޓުލާ މަރުކަޒުތަކުގައި 5:30 އިން ފެށިގެން ވަނީ ކިއޫ ހަދައިފަ އެވެ.

Advertisement

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 273،128 މީހުންނަށް ލިބިގެންވެ އެވެ. މާލެ އާއި ރަށްތަކުގައި ޖުމްލަ 713 ވޯޓުފޮށި ބަހައްޓާފައިވެ އެވެ.

މި އިންތިހާބު އެމްޑީޕީ އާއި ޕީޕީއެމަށް މުހިއްމުވަނީ، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދިނުމަށް ފަހު ބާއްވާ އިންތިހާބަށް ވާތީ އެވެ. ދެ ޕާޓީގެ ވެސް އަމާޒަކީ ބޮޑެތި ސިޓީތަކާ އެކު ކައުންސިލްތަކުގެ މެޖޯރިޓީ ނެގުމެވެ.

ފަސް އަހަރުގެ ވެރިކަމުގެ ދައުރުގެ މެދުތެރެއިން މި އޮންނަ އިންތިހާބަކީ އެމްޑީޕީ ޕީޕީއެމަށް މުހިއްމު ވަނީ 2023 ގެ ރިޔާސީ އިންތިހާބާއި ދެ ޕާޓީގެ ވެސް ސިޔާސީ ކުރިމަގާއި ގުޅިފައި އޮތް އިންތިހާބަކަށް ވާތީ އެވެ.

ގާނޫނުން ދީފައިވާ ބާރުތައް

- ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް

- ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓް

- މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލި.

- ކައުންސިލްތަކުން ނަގާ ފީ.

- ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުން.

- ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުން.

އެކުގައި ބާއްވާ ދެ އިންތިހާބު: 1912 ކެންޑިޑޭޓުން އިންތިހާބުކުރާނެ

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޖުމްލަ 982 މެމްބަރުން އިންތިހާބު ކުރަންޖެހެ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޖުމްލަ 930 މެމްބަރުން އިންތިހާބު ކުރާނެ އެވެ.

- ރަށު ކައުންސިލްތަކަށް: 918

އަތޮޅު ކައުންސިލްތަކަށް: 18

ސިޓީ ކައުންސިލްތަކަށް: 46

އަންހެނުންގެ ކޮމިޓީތަކަށް: 930

ވޯޓުފޮށިތަކުގެ ތަފްސީލު

މާލެ، ހުޅުމާލެ، ވިލިމާލެ: 242

ތިން ސިޓީ (ކުޅުދުއްފުށި، އައްޑޫ، ފުވައްމުލައް) 325

ރިސޯޓް: 137

ޖަލު: 4

އިންޑިއާ: 1

ސްރީ ލަންކާ: 4

ބުރަބޮޑު، ތަފާތު އިންތިހާބެއް

ރާއްޖޭގައި ބޭއްވި އެހެން އިންތިހާބުތަކާ އަޅާބަލާއިރު މި އިންތިހާބަކީ އިލެކްޝަންސް ކޮމިޝަނަށް ބުރަ ބޮޑު އިންތިހާބެކެވެ. ކޮވިޑުގެ ހާލަތަށް ވުމާއެކު ރައްކާތެރިކަމާ އެކު މި އިންތިހާބު ބޭއްވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅަން ޖެހިފަ އެވެ. އޭގެތެރޭގައި ވޯޓު ކިޔޫ ދުރުދުރުގައި ހެދުމާއި ދުރުދުރުގައި ވޯޓު އޮފިޝަލުން ތިބެން ޖެހުމުން ދެ ގުނަ އިތުރަށް އޮފިޝަލުން ހޯދުން ހިމެނެ އެވެ.

އިލެކްޝަންސްގެ އޮފިޝަލުން ވޯޓުލާ މަރުކަޒެއްގައި ހަރަކާތްތެރިވަނީ. -- ފޮޓޯ : ހުސެއިން ވަހީދު / އަދަދު

މިއީ، މިހާތަނަށް ބާއްވާ އެންމެ ހަަރަދު ބޮޑު ކައުންސިލް އިންތިހާބެވެ.

ހަރަދު ބޮޑުވި ސަބަބުތަކުގެ ތެރޭގައި ވޯޓްލާ މަރުކަޒުތައް އެތައް ގުނައެއް އިތުރުވުން ހިމެނެ އެވެ. ކުރިން ނިންމީ 532 ވޯޓްލާ މަރުކަޒެއް ހަދާށެވެ. އެކަމަކު، ފަހުން އެ އަދަދު 700 އަށް ވުރެ އިތުރު ކުރަން ޖެހުނީ އެޗްޕީއޭގެ މިންގަނޑަށް ތަބާވުމުގެ ގޮތުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox