ވޯޓުލުމުގެ ހައްގު ނުލިބޭ ކަމަށް ބުނެ ކަނޑޫދޫ ރައްޔިތުން ކޯޓަށް

ހައި ކޯޓަށް މީހަކު ވަންނަނީ: ކަނޑޫދޫ ރައްޔިތުންގެ ފަރާތުން ވަނީ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ހައި ކޯޓަށް މީހަކު ވަންނަނީ: ކަނޑޫދޫ ރައްޔިތުންގެ ފަރާތުން ވަނީ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފައި-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓްގެ ކެންޑިޑެންސީ ކޯޓުން ބާތިލު ކުރުމުން އޭނާއާ ދެން ވާދަ ކުރި ކެންޑިޑޭޓް އޮޓޯއިން ހޮވުނު މައްސަލަ އެ ރަށުގެ ބައެއް ރައްޔިތުންގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް ހަސަން މޫސާގެ ކެންޑިޑެންސީ އިލެކްޝަން ކޮމިޝަނުން ބާތިލް ކުރުމުން އޭނާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ފުރަތަމަ އެ ކޯޓުން ހުކުމް ކޮށްފައިވަނީ އޭނާގެ ކެންޑިޑެންސީ ބާތިލް ކުރީ ގޯސްކޮށް ކަމަށެވެ. ނަމަވެސް، އަނެއްކާވެސް އިލެކްޝަން ކޮމިޝަނުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގައި މައްސަލަ ކުރިއަށް ގެންގޮސް، އެ ކޯޓުން ނިންމީ ކެންޑިޑެންސީ ބާތިލް ކަމަށެވެ. އެއީ، ހަސަން މޫސާގެ މައްޗަށް ދަރިންގެ ސާބިތު ހަރަދުގެ މައްސަލައިގައި ފައިސާ ނުދައްކައިގެން ހުކުމެއް ކޮށްފައިވާތީ އެވެ.

ހަސަން މޫސާގެ ކެންޑިޑެންސީ ބާތިލު ކުރުމާއެކު އޭނާއާ ވާދަ ކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން ވަނީ ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ހޮވިފަ އެވެ. ގާނޫނު ބުނާ ގޮތުން އެއް ކެނޑިޑޭޓަކު ވާދަ ކުރާނަމަ އެ މީހަކު އޮޓޮމެޓިކުން ހޮވެ އެވެ.

ކަނޑޫދޫއަށް ނިސްބަތްވާ ގާނޫނީ ވަކީލް މުހައްމަދު ތަސްލީމް، "އަދަދު"އަށް ވިދާޅުވީ ވޯޓަކާ ނުލައި ކައުންސިލްގެ ރައީސް ހޮވުމުން ރަށުގެ ވެރިޔާ ކަނޑައެޅުމުގެ ހައްގު އެރަށު ރައްޔިތުންނަށް ގެއްލޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ރަށުގެ 100 އަށް ވުރެން ގިނަ މީހުންގެ ފަރާތުން ހައި ކޯޓަށާއި ހިއުމަން ރައިޓްސް ކޮމިޝަންއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ ހައި ކޯޓަށް އެ މައްސަލަ ހުށަހެޅިއިރު އެ މައްސަލަ ބަލައިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި ނާންގަ އެވެ.

ގާނޫނީ ވަކީލް ވިދާޅުވީ ހަސަން މޫސާގެ ކެންޑިޑެންސީ ބަލައިގަތުމަށް ފަހު ފަހުން ބާތިލް ކުރުމުން އެކަމުގައި ދައުލަތުގެ އިހުމާލުވާ ކަމަށެވެ.

"ގާނޫނީ ގޮތުން އިޖުރާތްތައް ފުރިހަމަ ކުރި، އިދާރީ އޮޅުންތަކެއް އެބައޮތް މި މައްސަލާގައި. އޭގެ ސަބަބުން އިތުރު މީހަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ގެއްލުނު،" ތަސްލީމް ވިދާޅުވި އެވެ.

ކަނޑޫދޫގައި މިހާރު ފަސް ކައުންސިލަރުން ތިބޭއިރު އޭގެ ތެރެއިން ހަތަރު މެމްބަރުން ނިސްބަތް ވަނީ އެމްޑީޕީއަށެވެ. އަނެއް ކައުންސިލަރު ނިސްބަތް ވަނީ ޕީޕީއެމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox