އިނގިރޭސި ރާނީގެ ފިރިކަލުން އަމީރު ފިލިޕް އަވަހާރަވެއްޖެ

ޕްރިންސް ފިލިޕް -- ފޮޓޯ: ބީބީސީ

ޕްރިންސް ފިލިޕް -- ފޮޓޯ: ބީބީސީ

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ފިރިކަލުން، އަމީރު ފިލިޕް އުމުރުފުޅުން 99 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ފިލިޕް އާއި ރާނީ އަލިޒަބަތު ކައިވެނި ބައްލަވައިގެންނެވީ 1947 ވަނަ އަހަރު އެވެ. އެއީ އެކަމަނާ ރާނީއަށް ވެވަޑައިގެންނެވުމުގެ ފަސް އަހަރު ކުރި އެވެ.

ފިލިޕްއަށް ވަނީ ހަތަރު ދަރިކަލުންނާއި، އަށް ކާފަ ދަރިކަލުންނާއި، 10 މުނިކާފަ ދަރިކަލުން ލިބިވަޑައިގެންފަ އެވެ.

އެ ދެ ކަނބަލުންގެ ފުރަތަމަ ދަރިކަލުން ޗާލްސް އުފަންވެ ވަޑައިގެންނެވީ 1948 ގައެވެ. އޭގެ ފަހުން 1950 ގައި އޭން އާއި 1960 ގައި އެންޑްރޫ އަދި 1964 ގައި އެޑްވާޑް އުފަންވެ ވަޑައިގެންނެވި އެވެ.

ރާނީ އާއި ފިލިޕްގެ ކައިވެނި ހަފްލާ.
ރާނީ އާއި ފިލިޕްގެ ކައިވެނި ހަފްލާ.

ރާނީ އާއި ފިލިޕްގެ ކައިވެނި ހަފްލާ.

ފިލިޕް އަވަހާރަވެ ވަޑައިގެންނެވި ކަން ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން އިއުލާނުކޮށްފައި ވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެއްވާފަ އެވެ.

އޭރު ފަރުވާ ދެއްވާފައި ވަނީ ކުރިން ދިމާވެފައިވާ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ. ގާތްގަނޑަކަށް މަސް ދުވަސް ހޮސްޕިޓަލުގައި ހޭދަކުރެއްވުމަށް ފަހު އެނބުރި ގަނޑުވަރަށް ވަޑައިގެންނެވީ މިދިޔަ މަހު އެވެ.

ބަކިންހަމް ޕެލެސްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ފިލިޕް އަވަހާރަވެ ވަޑައިގެންނެވީ ރާނީއާ އެކު ދިރިއުޅުއްވާ ވިންޑްސާ ކާސްލްގައި ކަމަށެވެ.

ފިލިޕް އުފަންވެ ވަޑައިގެންނެވީ 10 ޖޫން، 1921 ގައި ގްރީސްގެ ރަށެއް ކަމުގައިވާ ކޯފޫގަ އެވެ. އެމަނިކުފާނުގެ ބައްޕާފުޅަކީ ގްރީސް އާއި ޑެންމާކުގެ އަމީރު އެންޑްރޫ އެވެ.

އެމަނިކުފާނުގެ މަންމާފުޅަކީ ކުރީގެ އިނގިރޭސި ރާނީ ވިކްޓޯރިއާގެ މުނިމާމަ ދަރިކަނބަލުން އަމީރާ އެލިސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

ޔަމަނުގެ އަދަނުގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި ފަސް މީހުން މަރުވެ، ސޯޅަ މީހުން ޒަހަމްވެއްޖެއެވެ. މި ހަމަލާ ދިން ވަގުތު ބޮޑުވަޒީރާއި ވަޒީރުން ގަނޑުވަރުގައި ތިއްބެވި ނަމަވެސް، އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުވެއެވެ. ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ހޫތީންނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުން އަލްޖަޒީރާގެ ނޫސްވެރިންނަށް ޖާސޫސުކޮށްފި

އިޒްރޭލުގެ ކުންފުނިތަކަކުން އުފެއްދި "ޒީރޯ-ކްލިކް" ސްޕައިވެއާ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކުން މައުލޫމާތު ވަގަށްނަގައި ޖާސޫސުކޮށްފައިވާކަން ސިޓިޒަން ލެބުގެ ތަހުގީގަކުން ހާމަވެއްޖެއެވެ. އިޝްތިހާރުތަކެއް މެދުވެރިކޮށް ފޮނުވި މި ނުރައްކާތެރި ސޮފްޓްވެއާގެ ސަބަބުން، ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި މެސެޖުތައް ނެގުމުގެ އިތުރުން ކެމެރާއާއި މައިކްރޯފޯން ބޭނުންކޮށްގެން އަޑާއި މަންޒަރު ރެކޯޑްކުރުމުގެ ފުރުސަތު ހަމަލާދިން ފަރާތްތަކަށް ލިބިފައިވެއެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ސްކޫލެއްގެ ފުރާޅު ވެއްޓި 27 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޔޫކްރޭނުގެ ޑްރޯންތަކަށް ހުރަސްއަޅަނީ އެމެރިކާ ސަރުކާރުން: މަސްކް

ޔޫކްރޭނުގެ ޑްރޯންތަކަށް ބޭނުންވާ ސްޓާލިންކް އިންޓަނެޓްގެ ދުވެއްޔަށް ހުރަސްއަޅަނީ އެމެރިކާ ސަރުކާރުން ކަމަށް އެލޮން މަސްކް ބުނެފިއެވެ. މި ބަދަލުގެ ސަބަބުން ޔޫކްރޭނުގެ އަސްކަރީ މިޝަންތަކަށް ބުރޫއަރަމުންދާއިރު، މިއީ އެމެރިކާގެ އަސްކަރިއްޔާއިން ގަސްތުގައި ކުރާ ކަމެއް ކަމަށް މަސްކް ތުހުމަތުކުރެއެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ބާލީގައި ތެލުގެ ދަތިކަން ދިމާވެ ސްޓޭޝަންތަކުގައި ދިގު ކިއޫތައް

އިންޑޮނޭޝިއާގެ ބާލީއަށް ތެލުގެ ދަތިކަން ކުރިމަތިވެ، ތެޔޮ ލިބުން ލަސްވުމުގެ ސަބަބުން ޕެޓްރޯލް ޝެޑްތައް ކައިރީގައި ދިގު ކިއޫތަކެއް ވަނީ ހަދާފައެވެ. މި މައްސަލަ ދިމާވީ ތެޔޮ އުފުލާ ޓޭންކަރަކަށް ދިމާވި ފަންނީ މައްސަލައަކާއި މޫސުން ގޯސްވުމުގެ ސަބަބުން ތެޔޮ ބޭލުން ލަސްވުމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މިހާރު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މެދުނުކެނޑި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox