މަރުކަޒީ އޮޑި އެހެލައި އެމްޑީޕީއާ އެކު އާ ދަތުރަށް ފައްޓަވާ: ރައީސް

އެމްޑީޕީގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ

އެމްޑީޕީގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ

މަރުކަޒީ ބާ އޮޑި އެހެލައި، އަންނަ ހޮނިހިރުދުވަހު އަލިވިލޭ މުޅި ރާއްޖެ ލާމަރުކަޒީ ނިޒާމަކުން ވަށާޖެހޭނެ އާ އޮޑިއަށް އެމްޑީޕީގެ މެމްބަރުންނާ އެކު ދަތުރު ފަށަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އެދިވަޑައިގެންފި އެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭން ނިންމަން އއ. ރަސްދޫ ފަޅު ތެރޭގައި ކަންނެލި އޮޑިތަކުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރަސްވެތި ސިފަތަކުގެ މަރުކަޒީ ނިޒާމަށް އަލްވަދާއު ރަސްދޫ ބަނދަރުން ފެށުނީ ކަމަށެވެ. އަންނަ ހޮނިހިރުދުވަހު އަލިވިލޭނީ އާ ލާމަރުކަޒީ ނިޒާމެއްގެ ފުރަތަމަ ފަތިހަށް ކަމަށް ވިދާޅުވި އެވެ.

އެ ފަތިހަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރަށްރަށުގެ ބޭނުންތަކާއި އިންތިޒާމްތަކާއި ނިންމުންތައް އެ ރަށަކަށް އެތެރެކޮށްދޭނެ ފަތިހެކެވެ.

Advertisement

އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ މި ވެރިކަމުގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް އަމިއްލައަށް މަޝްރޫއުތައް ހިންގުމާއި މާލީ މިނިވަންކަމާއި ދައުރުދެންމުން ފަދަ ކައުންސިލްތަކަށް ދީފައިވާ ބާރުތަކަށެވެ. މުޅި ރާއްޖޭގައި ލާމަރުކަޒީ ނިޒާމް ވަށައި ޖެހޭނީ މި ބާރުތަކާ އެކު ކައުންސިލްތައް ހިންގަން ފެށުމުން ކަމަށް ވިދާޅުވި އެވެ.

"މި ދެކޭ ހުވަފެނާއި ދާން އެދޭ މަންޒިލާއި އަލިވިލެންދާ ފަތިހަކީ އެއީ،" އޮޑިއެއްގައި ހުންނަވައި ރައީސް ވިދާޅުވި އެވެ.

ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ
ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ

ރަސްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ

ރައީސް ވިދާޅުވީ ތަރައްގީ އާއި ކުރިއެރުމަކީ ޓީމެއްގެ ގޮތުގައި އޮވެގެން ނޫން ގޮތަކަށް ހޯދޭނެ އެއްޗެއް ނޫން ކަމަށެވެ. އެމްޑީޕީއަކީ މި ރާއްޖޭގައި އޮތް އެންމެ ބޮޑު، އަދި އެންމެ ވަރުގަދަ ޓީމް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބުގައި ހޮވޭ އެމްޑީޕީގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަކީ އެމްޑީޕީގެ ޓީމުގެ އެއްބަ އެވެ. އެ ޓީމުގެ އަނެއް ބައަކީ ރަށާއި އަތޮޅާއި ސިޓީގެ ކުރިއެރުމަށް ޓަކި ޖަހަން ހުރި ދޮރުތައް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދާއި އެދުމާއި އިލްތިމާސް ވަރަށް ސާފު. އެއީ ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުން އެކީ އެއްވަލަށް ހިއްޕަވައި މަރުކަޒީ ބާ އޮޑި ދިރުނބަލަށް އެހެލައިދެއްވުން،" ރައީސް ވިދާޅުވި އެވެ.

"ދަތުރަށް އެދޭ އެކަމަށް ފަރިތަ، ކަނޑަށް ގަދަ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުން މުޅި ރާއްޖެއިން ފެނިވަޑައިގަންނަވާނެ. ލާމަރުކަޒީ އާ އޮޑީގެ ހަ ފޮޅުން އެ ކެންޑިޑޭޓުން އެތެރެކޮށްދެއްވާ."

ތައުލީމް ހޯދައި ނުދެވުމުގެ ހާސްކަމުގައި އުމުރު ހުސްކުރާނެ ދިވެއްސަކު ދެން ނުހުންނާނެ. --ރައީސް

އެމްޑީޕީގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: މި ޖަލްސާ އޮތީ ރަސްދޫ ފަޅުތެރޭގައި. -- ފޮޓޯ | އެމްޑީޕީ
އެމްޑީޕީގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: މި ޖަލްސާ އޮތީ ރަސްދޫ ފަޅުތެރޭގައި. -- ފޮޓޯ | އެމްޑީޕީ

އެމްޑީޕީގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: މި ޖަލްސާ އޮތީ ރަސްދޫ ފަޅުތެރޭގައި. -- ފޮޓޯ | އެމްޑީޕީ

ރާއްޖެ ލާމަރުކަޒު ކުރުމުގައި އެމްޑީޕީއަށް ޖާގަދޭން ޖެހޭ ސަބަބުތަކުގެ ގޮތުގައި ވިދާޅުވެދެއްވީ މި ވެރިކަމުގެ ދެއަހަރާއި ބައިގެ ތެރޭގައި ރައްޔިތުންގެ ކުރިއެރުމަށް ސަރުކާރުން ކޮށްދީފައިވާ ކަންކަމެވެ. އަދި ކުރިއަށް ރާވާފައި ހުރި ކަންކަމާ އެކު މުޅި ރާއްޖެ ލާމަރުކަޒު ކުރުމަކީ އަބަދުވެސް އެމްޑީޕީގެ ވިސްނުމެއް ކަމަށް މިރޭ ވެސް ތަކުރާރުކުރެއްވި އެވެ.

ރައީސް ވިދާޅުވެދެއްވި މި ވެރިކަމުގެ އަދަދުތައް

  • ފެނާއި ނަރުދަމާގެ މަސައްކަތް ކޮންމެވެސް މަރުހަލާއެއްގައި ނެތް އެއްވެސް ރަށެއް މިހާރަކު ނޯންނާނެ. ތަރައްގީގެ ވާހަކަ ދައްކަން ފަށަން ވާނީ ގައިންތާހިރުވެ ތިބެ ކަމަށް ވާތީ އެމްޑީޕީން މިކުރަނީ އެކަން.
  • ފުރަތަމަ ޑިގްރީއަށް ހިލޭ 10،486 ދަރިވަރުން ކިޔަވަމުން އެބަދޭ. ތައުލީމް ހޯދައި ނުދެވުމުގެ ހާސްކަމުގައި އުމުރު ހުސްކުރާނެ ދިވެއްސަކު ދެން ނުހުންނާނެ.
  • ކަރަންޓުގެ މައްސަލައަށް ހައްލު ހޯދަން 176 ޖަނަރޭޓަރު މާލޭގެ ވިޔަފާރި ބަނދަރަށް ބާލައިި ރަށްރަށަށް ފޮނުވިން.
  • މި ވެރިކަމަށް ވީ ދެ އަހަރާއި ހަތަރު މަސްތެރޭގައި 20 ރަށެއްގެ އިންޖީނުގެ ނިމި، 45 ރަށެއްގެ އިންޖީނުގޭގެ މަސައްކަތް އެބަދޭ.
  • އަތޮޅު ތެރޭގައި ކަރަންޓް ދޭން ފެށިތާ 72 އަހަރުވެ، 2018 ނިމުނިއިރު އުފެއްދެނީ 153 މެގަވޮޓް. މި ވެރިކަމުގެ ދެ އަހަރާ ހަތަރު މަހުން 180 މެގަވޮޓްގެ ކަރަންޓް އަތޮޅުތަކުގައި އުފެއްދޭނެ ގާބިލްކަން ވަނީ އިތުރުކޮށްފައި.
  • ސިއްހީ ނިޒާމްގެ ދުޅަހެޔޮކަމަށް ދިރިއުޅޭ ސަރަހައްދުން ފަރުވާ ލިބޭނެ ދަތުރު ކުރުކޮށްދޭން ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އަޅާނެ.
  • ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކޮށް، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން އަންނަނީ މާލެއާ އެއްވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދެމުން.
  • ދަނޑުވެރިކަމަށް ގެނައި ބަދަލާ އެކު ހެއްދި އެތިކޮޅު ވިއްކޭނެ ކަމުގެ ޔަގީންކަން އޮންނާނެ.
  • އައިސް ޕްލާންޓްތަކާ އެކު މަސްވެރިންނަށް ފަސޭހަކަން ހޯދައިދެވިއްޖެ.
  • ގާތްގަނޑަކަށް 525 ޓަނުގެ އައިސް އުފައްދަން އައިސް ޕްލާންޓް 20 ރަށެއްގައި ގާއިމްކުރާނެ.

ރައީސް ވިދާޅުވި ގޮތުގައި މި ވެރިކަމުގައި، މުދަލާއި ހިދުމަތް އެއް ރަށުން އަނެއް ރަށަށް ގެންދެވޭނެ ގޮތް ފަހިވެ ރައްޔިތުން ގުޅިލާމެހިއްޖެ އެވެ. އިތުރަށް ތަރައްގީކުރެވޭނެ އެއާޕޯޓްތަކާ އެކު ރާއްޖެ ވައިގެމަގުން ގުޅާލެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހައި ސްޕީޑު ފެރީ ނެޓްވޯކަކުން ހުރިހާ ރަށްތައް ގުޅާލައި ގެންނަ އިންގިލާބުން ރަށްރަށަށް ކުރާ ދަތުރުގެ ދިގުމިނަކީ 20-30 މިނެޓު ކަމަށެވެ. މި ފެރީގެ ދަތުރުތައް އަހަރުގެ ފަހުކޮޅު ފަށާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަތޮޅުތަކުގެ ބޯހިޔާވަހިކަމަށް އެކަނި އަންނަ އަހަރުގެ ތެރޭގައި 1.5 ބިލިއަން ރުފިޔާ ބަޖެޓްކުރާނެ އެވެ. އެ ބަޖެޓާ އެކު ރާއްޖޭގެ އެކި ރަށްތަކުގައި ހިޔާވަހިކަން ފަތުރާލެވޭނެ ކަމަށް ވިދާޅުވި އެވެ.

އެކި ރަށްތަކުގައި ޒަމާންތަކެއް ވަންދެން ނުހެދި ހެދި ގެތައް ކޮޅަށް ޖަހަން ލުއި ލޯން ސްކީމެއް މި އަހަރު ދޫކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.

މާލޭގެ ބޯހިޔާވަހިކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ ބިން ފުރި، ބަރާވެފައި އޮތް މާލެއަށް ހައްލެއް ނުހޯދައި ލާމަރުކަޒީ ނިޒާމް ވަށައެއް ނުޖެއްސޭނެ ކަމަށެވެ. މާލޭގައި، ހަމަ ނޭވާއެއް ލިޔަސް އޭގައި ވަނީ ރައީސް ސިފަކުރެއްވި ގޮތުގައި "ވޭނާއި އުދާސް"ތަކެވެ.

"ފެށިއަސް ނުނިންމޭނޭ، ނިމުނަސް ނުލިބޭނޭ، ލިބުނަސް ނުވަދެވޭނެއޭ މިއީ ހައްތާވެސް މިކަމުގެ ހައްސާސީ އިހްސާސްތައް،" މާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވިދާޅުވި އެވެ.

ރަސްދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާ އެކު ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޑީޕީ
ރަސްދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާ އެކު ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޑީޕީ

ރަސްދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާ އެކު ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޑީޕީ

މި ވެރިކަމުގައި މާލެއަށް 5،000 ފްލެޓު އިމާރާތްކުރަން ހަވާލުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. އެ އަދަދު 13،000 ފްލެޓަށް އިތުރުކުރަން އަމާޒު ހިފާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންނަ ހޮނިހިރުދުވަހުގެ ވޯޓުން "ރަށްވެހި ފަތިހަކާ" އެކު އެހެން ފަތިހެއް ވެސް އުދަރެހުން އަންނަނީ ދޮންވަމުންނެވެ. އެއީ ކޮވިޑް-19ގެ ބިރު ފިލައި، ހުރިހާ ކަމެއް އާއްމު ހާލަތަށް ރުޖޫއަވުމުގެ ފަތިސް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެ ޑޯޒު ވެކްސިނާ އެކު ޓޫރިޒަމް ކުރިއަރައި، އިގްތިސާދު މެކުހަށް ޖަހާނެ އެވެ. މިކަމުން އަރައިގަނެ ލާމަރުކަޒީ ނިޒާމަކަށް ރާއްޖެ ފުރުޅާލެވޭނީ އެމްޑީޕިއާ އެކު ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox