ޕީއެސްއެމްގެ މުޅި ދުވަސް ވިޔަފާރި އުސޫލުން އެމްޑީޕީއަށް!

އެމްޑީޕީގެ އިސް ބޭފުޅުން ފަރިއްކުޅުވަމުންދާއިރު ޓެލެތޯން ޓީވީގައި ކުރިއަށް ދަނީ - ފޮޓޯ / އެމްޑީޕީ

އެމްޑީޕީގެ އިސް ބޭފުޅުން ފަރިއްކުޅުވަމުންދާއިރު ޓެލެތޯން ޓީވީގައި ކުރިއަށް ދަނީ - ފޮޓޯ / އެމްޑީޕީ

ވެރިކަންކުރާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ މެދުގައި ވާދަވެރި ލޯކަލް ކައުންސިލް އިންތިހާބަށް އެއް ދުވަހަށް ވެފައި ވަނިކޮށް ދައުލަތުގެ މީޑިއާ، ޕީއެސްމްގެ މިއަދުގެ ހުރިހާ ވަގުތެއް ވިޔަފާރި އުސޫލުން އެމްޑީޕީން ގަނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބަށް އެމްޑީޕީން ކުރި ކެމްޕޭން މިއަދު ނިންމާލުމުގެ ގޮތުން މުޅި ދުވަހުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން އޮތީ ރާވައިފަ އެވެ. ހެނދުނު އެ ހަރަކާތްތައް ފެށީ ކެމްޕޭން ނިންމާލުމުގެ ޖަލްސާ އއ. ރަސްދޫގައި ބާއްވަން، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ސަފާރީީ އާއި ކަންނެލި އޮޑިއެއްގައި ފުރާވަޑައިގަތް ހިސާބުންނެވެ.

މި އިވެންޓުގެ ލައިވް ކަވަރޭޖުން ފެށިގޮތަށް މެދުކެނޑުމެއް ނެތި އެމްޑީޕީގެ ކެމްޕޭން ޕީއެސްއެމުން އަންނަނީ ލައިވްކޮށް ގެނެސްދެމުންނެވެ. މި ޓެލެތޯންގައި އެމްޑީޕީގެ ސިޔާސަތުތަކާއި ވައުދުތަކާ ގުޅޭ ގޮތުންނާއި އެމްޑީޕީއަށް މި އިންތިހާބު މުހިއްމުވާ ސަބަބުތަކާ ގުޅޭ ގޮތުން އެކި ބޭފުޅުން ދައްކަވާ ވާހަކަތައް ހިމެނޭ ޕެނަލް ޑިސްކަޝަންތައް ހިމެނެ އެވެ.

Advertisement

އެ ޕެނަލް ޑިސްކަޝަނުގައި އެމްޑީޕީގެ މޭޔަރު ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ދޭތެރެއަކުން އެމްޑީޕީގެ ކެމްޕޭން ލަވަ ވެސް އަންނަނީ ގެނެސްދެމުންނެވެ.

ދައުލަތުގެ މީޑިއާގެ މުޅި ދުވަސް ކެމްޕޭނަށް ހާއްސަކޮށްފައިވާ ސަބަބާ ގުޅޭ ގޮތުން "އަދަދު"ން ސުވާލު ކުރުމުން ޕީއެސްއެމްގެ ސީއީއޯ އަލީ ހާލިދު ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ޕީއެސްއެމްއިން ގެނެސްދެނީ ވިޔަފާރި އުސޫލުން ވަގުތު ވިއްކައިގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީއިން ވަނީ މިރެއާ ހަމައަށް ވަގުތު ޕީއެސްއެމްއިން ގަނެފަ އެވެ. މިއީ، އެހެން ހުރިހާ ޕާޓީތަކަކަށް ވެސް އޮތް ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ އެމްޑީޕީއަށް ވަގުތު ވިއްކީ ޕީއެސްއެމްގައި އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން، އާންމުކޮށް އިއުލާންކޮށްފައިވާ ރޭޓުގައި ކަމަށެވެ.

މިއީ، ޕީއެސްއެމްގައި އެންމެންނަށް ހަމަހަމަކަމާ އެކު އޮތް ފުރުސަތެއް، --އަލީ ހާލިދު

ވިޔަފާރި އުސޫލުން ޕީއެސްއެމްއިން ވަގުތު ވިއްކާ ރޭޓްތައް އެކުލެވޭ ފޮތެއް އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވެ އެވެ. އޭގައި ސިޔާސީ ގޮތުން އަދި ކޮމާޝަލީ ވަގުތު ވިއްކާނެ ރޭޓްތައް ސާފުކޮށްދީފައި އެބައޮތެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވާ ގޮތުގައި، ކެންޑިޓޭޓުންނަށް ހާއްސަ ކުރާ ވަގުތުގެ ތެރެއުން އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށްވުރެ 10 ޕަސެންޓަށް ވުރެ އިތުރު ވަގުތު، އެއް ކެންޑިޑޭޓަކަށް ނުވަތަ އެއް ސިޔާސީ ޕާޓީއަކަށް ނުވަތަ ނުވަތަ އެއް ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓު ނިސްބަތްވާ ސިޔާސީ ޕާޓީއަށް ދީ ނުވަތަ ވިއްކައިގެން ނުވާނެ ކަމަށެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ބާރަށް ކުރިއަށް ގެންދަމުންދާއިރު، އިދިކޮޅުން ވަނީ ކެމްޕެއިން ކުރުމަށް އެކަށީގެންވާ ފުރުސަތުތަކެއް ލިބެމުން ނުދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކައުންސިލް އިންތިހާބަށް ޕީޕީއެމްއިން ކަނޑައަޅާފައިވާ ކެމްޕެއިން މެނޭޖަރު މުއާޒު ރަޝީދު މިއަދު ވިދާޅުވި ގޮތުގައި، އެމްޑީޕީއިން ގެންދަނީ ނާޖައިޒު ގޮތުގައި ބާރުގެ ބޭނުންކޮށްގެން ކެމްޕެއިން ހިންގަމުންނެވެ. ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ވެސް ފެންނަނީ އިންތިހާބަށް ނުފޫޒު ފޯރުވަމުންދާ ތަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް ލިބެމަކުން ނުދޭ،" މުއާޒު ރަޝީދު ވިދާޅުވި އެވެ.

ރަސްދޫ ފަޅު ތެރޭގައި މިރޭ އެމްޑީޕީން ކެމްޕޭން ނިންމާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox