އެމްޑީޕީގެ ކެމްޕޭނު އޮޑިއަށް ގައިޑްލައިން ނުހިނގާތީ އިދިކޮޅުގެ ޝަކުވާ

އެމްޑީޕީގެ ކެމްޕޭނު ނިންމުމަށް ރަސްދޫއަށް ދަތުރުކުރަމުންދާ ސަފާރީގައި އިސް ބޭފުޅުން މަޖާ ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކެމްޕޭނު ނިންމުމަށް ރަސްދޫއަށް ދަތުރުކުރަމުންދާ ސަފާރީގައި އިސް ބޭފުޅުން މަޖާ ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ހިލާފަށް އެމްޑީޕީން ކެމްޕޭން ކުރާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުގެ ކެމްޕޭނު މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އެމްޑީޕީގެ ކެމްޕޭނަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އޮޑި ދޯނި ފަހަރުގައި ރަށްރަށަށް ދަތުރުކުރަމުންދާ ކަމަށެވެ.

މުއާޒް އެ އިޝާރާތް ކުރެއްވީ، އެމްޑީޕީގެ ކެމްޕޭން ލާމަރުކަޒުކޮށް ނިންމާލުމަށް ކަމަށް ބުނެ އެ ޕާޓީގެ ލީޑަޝިޕް އއ. ރަސްދުުއަށް މިއަދު ފެއްޓެވި ދަތުރަށެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން ނިންމުން މިރޭ ބާއްވަން ހަމަޖައްސާފައި އޮތީ ރަސްދޫ ފަޅު ތެރޭގަ އެވެ. ތިން ސަފާރީ އާއި ކަންނެލި އޮޑިއެއްގައި މިރޭ ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެޗްޕީއޭގެ ގައިޑްލައިން އޮތީ ރަސްދުއަށް އަރައިފި ނަމަ ކަރަންޓީންވާން ޖެހޭ ގޮތަށެވެ. އެހެންވެ އެމްޑީޕީގެ ނިންމުމަކީ އެއްވެސް މީހަކު ރަށަށް ނުފައިބައި ސަފާރީތަކުގައި ތިބެ ލައިވްކޮށް ކެމްޕޭން ނިންމުމުގެ ޖަލްސާ ބޭއްވުމެވެ.

ނަމަވެސް، ސަފާރީތަކުގައި ލަވަ ޖަހައިގެން، ވަރަށް ފޯރީގައި އެމްޑީޕީގެ އިސްވެރިންނާއި ބައެއް ވަޒީރުން ވެސް ތިއްބެވިއިރު، ތިން ފޫޓުގެ ގައިދުރުކުރުމުގެ ފިޔަވަޅަށް އިހުތިރާމްކުރާ ތަނެއް ނުފެނެ އެވެ.

އެ ޝަކުވާ ކުރައްވަމުން މުއާޒް ވިދާޅުވީ އެ ދޯނި ފަހަރުތަކުގައި އެމްޑީޕީގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް، ގިނަ އަދަދެއްގެ މެމްބަރުން ޖަމާވެ ތިބީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ކަމަށެވެ.

"މިހާރުވެސް އެދަނީ ކެމްޕޭނު ކުރަމުން. ކޮބައިތޯ އެޗްޕީއޭ؟ ކޮބައިތޯ ގައިޑްލައިން؟،" މުއާޒް ސުވާލުކުރެއްވި އެވެ.

އިންތިހާބަށް އެމްޑީޕީން ނުފޫޒު ފޯރުވާއިރު، ކެމްޕޭނު ކުރުމަށް ހަމަ ފުރުސަތު ނުލިބޭކަމަށް މުއާޒް ތަކުރާރުކޮށް ވިދާޅުވި އެވެ.

އެހެންކަމުން މި އިންތިހާބަކީ، މިނިވަން އިންސާފުވެރި އިންތިހާބަށް ވާނެކަމާމެދު ޝައްކު ކުރެވޭ ކަމަށާއި، އިލެކްޝަންސް ކޮމިޝަނަށް ވެސް އިތުބާރެއް ނެތް ކަމަށް އިތުރަށް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވިޔަސް ވޯޓުން އެމްޑީޕީ މިފަހަރު ބަލިކޮށްލާނެ ކަމަށެވެ. ރައްޔިތުން ތިބީ މާޔޫސްވެ، ވޯޓު ފޮށި އަތުޖެހޭނެ އިރެއްގެ އިންތިޒާރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން މި އިންތިހާބުގައި ތަފާތު ގޮތަކަށް ވޯޓުލާން ނިންމާފައިވާ އިރު މާސްކް އަޅައިގެން ގޮސް މަކަރު ހަދާފާނެތީ ސަމާލުވުމަށް އޭނާ ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގަތެވެ.

ޕީޕީއެމާއި ޕީއެންސީން އެދުނީ އިންތިހާބު އޮންނަ ދުވަހުގެ 12 ޖެހުމުގެ ކުރިން އެ ދެ ޕާޓީގެ ސަޕޯޓަރުން ނުކުމެ ވޯޓުލުމަށެވެ. އޭގެ ފަހުން އިންތިހާބު ރަނގަޅަށް މޮނިޓާކުރަން ވެސް ގޮވާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox