މޯދީ ކޮވިޑް ވެކްސިން ފުރިހަމަ ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކޮވިޑް ވެކްސިނުގެ ދެވަނަ ޑޯޒް ޖައްސަވަނީ-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކޮވިޑް ވެކްސިނުގެ ދެވަނަ ޑޯޒް ޖައްސަވަނީ-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގައި ރިކޯޑު އަދަދަކަށް ކޮވިޑް ކޭސް އިތުރުވެފައިވާ މި ދަނޑިވަޅުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެކްސިން ފުރިހަމަ ކުރައްވައިފި އެވެ.

މިއަދު އެ ގައުމުން 126،789 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކަ އެވެ. އޭގެ އިތުރުން 685 މީހުން މަރުވެފައި ވާއިރު މިއީ ނޮވެމްބަރަށް ފަހު އެއް ދުވަހެއްގައި އެހާ ގިނަ މީހުން މަރުވި ފުރަތަމަ ފަހަރެވެ.

އިންޑިއާގައި ޖުމްލަ 12.9 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 166،862 މީހުން މިހާތަނަށް ވަނީ މި ބަލީގައި މަރުވެފަ އެވެ. އެމެރިކާ އާއި ބްރެޒިލްއަށް ފަހު އަދަދުތައް އެންމެ މަތީ އިންޑިއާގަ އެވެ.

Advertisement

ކޮވިޑް ކޭސްތައް އިތުރުވުން ކޮންޓްރޯލުން ނެއްޓުމުން އިންޑިއާއިން މިހާރު މަސައްކަތް ކުރަނީ ވެކްސިން ޕްރޮގްރާމުގެ ދުވެލި އަވަސް ކުރާށެވެ. އެގޮތުން ބޮޑުވަޒީރު މޯދީ ވަނީ ވެކްސިނުގެ ދެވަނަ ޑޯޒް ޖައްސަވާފަ އެވެ.

"ވެކްސިން ޖެހުމަކީ ވައިރަސް ބަލި ކުރުމަށް އޮތް މަދު ގޮތްތަކުގެ ތެރެއިން އެއް ގޮތް. ވެކްސިން ޖެހުމަށް ޝަރުތު ހަމަވާނަމަ އަވަހަށް ވެކްސިން ޖައްސަވާ،" ވެކްސިން ފުރިހަމަ ކުރެއްވުމަށް ފަހު މޯދީ ޓްވީޓު ކުރެއްވި އެވެ.

މޯދީ ޖައްސަވާފައި ވަނީ އިންޑިއާ ކުންފުނި ބާރަތު ބަޔޯޓެކުން އުފެއްދި ކޯވެކްސިނެވެ. މީގެ ފުރަތަމަ ޑޯޒް އެމަނިކުފާނު ޖެއްސެވީ މާޗް އެއްވަނަ ދުވަހެވެ.

އިންޑިއާގެ ވެކްސިން ޕްރޮގްރާމް މިދިޔަ ޖެނުއަރީ މަހު ފެށި ފަހުން މިހާތަނަށް 90 މިލިއަނަށް ވުރެ ގިނަ ސިއްހީ މަސައްކަތްތެރިންނާއި އުމުރުން 45 އަހަރުން މަތީގެ މީހުން ވަނީ އެއް ޑޯޒް ޖަހާފަ އެވެ.

އޭގެ ތެރެއިން ވެކްސިނުގެ ދެ ޑޯޒް ޖަހާ، ފުރިހަމަކޮށްފައިވަނީ 11 މިލިއަން މީހުންނެވެ. އިންޑިއާއިން ބޭނުންވަނީ އެ ގައުމުގެ 1.3 ބިލިއަން މީހުންނަށް ވެކްސިން ދީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox