ކައުންސިލްތަކަށް ބާރުތައް ދީފައި ދޫކޮށްނުލެވޭނެ، އެހީތެރިކަން ބޭނުންވާނެ

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް މީގެ ކުރިން މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް މީގެ ކުރިން މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އެލްޖީއޭ

ލާމަރުކަޒީ ގަނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ދަށުން، ކައުންސިލްތަކަށް ބޮޑެތި ބާރުތަކާއި މާލީ މިނިވަންކަން ލިބިދީފައިވާއިރު، އެ ހިސާބުން ކައުންސިލްތައް ދޫކޮށްނުލެވޭނެ ކަމަށާއި، ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފި އެވެ.

މި ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ގެނައިި ބަދަލުތަކާއެކު ކައުންސިލްތަކުގެ އަތްމައްޗަށް ބޮޑެތި ބާރުތަކެއް ދޫކޮށްލައިފަ އެވެ. އެތައް އަހަރެއް ވަންދެން ކައުންސިލްތަކުން އެދެމުންދިޔަ މާލީ ބާރުވެރިކަން ވަނީ ހޯދައިދީފަ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވި، ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ނަފާ ލިބެން އޮތް އިންތިޒާރު އަހަރެއްހާ ދުވަހަށް ދިގުލީ އެވެ. ނަމަވެސް، މާދަމާ ރައްޔިތުން ވޯޓުލާން ނުކުންނަ އިރު، ކައުންސިލުތަކަށް ދެވުނު ބާރުތަކުގެ ބުރަ އުފުލޭނެކަމާމެދު އޮތް ކަންބޮޑުވުން ބޮޑެވެ.

ހާއްސަކޮށް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްގީގެ ޕްލޭން ހެދުމާއި މާލީ ހިސާބުތައް ބަލަހައްޓައި، ޒިންމާދާރުކަމާއެކު ހިދުމަތް ކުރުމުގެ އިލްމީ އަދި ފަންނީ ގާބިލުކަން ކައުންސިލްތަކުގައި ހުންނާނެތޯ ކުރެވޭ ސުވާލުތަކެވެ.

ހަގީގީ ބާރުވެރިކަން

  • ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް
  • ބިމާއި، ރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓް
  • މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލި
  • ކައުންސިލްތަކުން ނަގާ ފީ
  • ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުން
  • ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލްތަކަށް ހިންގޭނެ

އެފަދަ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވި ގޮތުގައި ކައުންސިލުތަކުގެ އިދާރީ އޮނިގަނޑު މިހާރު އެކުލަވާލެވިފައިވާ ގޮތުން ޕްރޮގްރާމް އަދި ބަޖެޓު އޮފިސަރުން ފަދަ މަގާމުތަކަށް އިތުރު މުވައްޒަފުން ހަމަޖެއްސޭނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އަފްޝަން ވިދާޅުވި އެވެ.

"ކޮވިޑް އައިސްގެން އެ މަސައްކަތް ކުޑަކޮށް މަޑުޖެހުނު. އެކަމަކު އަޅުގަނޑުމެން މި ދަނީ ކައުންސިލުތަކުގައި ތިއްބެވި އިދާރީ މުވައްޒަފުންނަށް ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ހިންގަމުން. މާލިއްޔަތު ގާނޫނަށް އަހުލުވެރިކުރުން ފަދަ ގާނޫނުތަކާއި ގަވައިދުތަކަށް އަހުލުވެރިކުރަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ކައުންސިލްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމަކީ އެއް ފަހަރު ކޮށްލާފައި ނިންމާލެވޭނެ ކަމެއް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ ޒަމާންވީ އުއްމީދުތައް ގުޅިފައިވާ ބަދަލެއްގެ ކާމިޔާބީ ޔަގީންކުރުމަށްޓަކައި، ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލްތަކަށް ބޭނުންވާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.

"ކައުންސިލްތަކަށް ހަމައެކަނި ބާރުދީފައި ދޫކޮށްނުލެވޭނެ. ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުން ދާންޖެހޭނީ. އޭރުން މިކަން ކާމިޔާބުވާނީ. އޭރުން ރައްޔިތުން އުއްމީދުކުރާ ވަރުގެ ނަތީޖާއެއް ފެންނާނީ."

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox