ޣައިރު ހާޒިރުގައި ހުކުމްކުރުމުން ގާޒީއެއްގެ ސުލޫކީ މައްސަލަ ބަލަނީ

Apr 8, 2021, 4:59 AM
ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ގާޒީ ޒުބައިރުގެ މައްސަލައެއް ވަނީ ބަލަން ފަށާފަ - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ގާޒީ ޒުބައިރުގެ މައްސަލައެއް ވަނީ ބަލަން ފަށާފަ - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ޣައިރު ހާޒިރުގައި ހުކުމް ކުރި ސިވިލް ކޯޓުގެ ގާޒީއެއްގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީއިން ބަލަން ނިންމީ ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދުގެ މައްސަލައެކެވެ. އެ ކޮމިޝަނަށް އޭނާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާ ބުނެފައިވަނީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ގާޒީ ނިންމެވީ އެއްވެސް ހަސްމަކު ހާޒިރުނުކޮށް ކަމަށެވެ.

ގާޒީ ޒުބައިރުގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީއިން މިހާރު ވަނީ ތަހުގީގީ ކޮމިޓީއެއް ހަދާފަ އެވެ.

ސިވިލް ކޯޓުން އެއް ހަސްމެއްގެ ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ، އާންމު ކަމެއް ކަމަށްވީ ނަމަވެސް ދެ ހަސްމުންގެ ޣައިރު ހާޒިރުގައި ހުކުމް ކުރުމެއް ނޯވެ އެވެ.

މިފަހުން ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓުން ޣައިރު ހާޒިރުގައި ކުރާ ހުކުމްތަކާ ގުޅިގެން މުހިންމު ނިންމުމެއް ވެސް ނިންމަވާފަ އެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ އިންސާފު ގާއިމް ކުރުމަށް އެޅޭ ހުރަހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox