އެންމެ ގިނަ ބިލިއަނަރުން ދިރިއުޅޭ ސިޓީއަކަށް ބެއިޖިން

ބެއިޖިންގައި 100 ބިލިއަނަރުން އުޅޭ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ބެއިޖިންގައި 100 ބިލިއަނަރުން އުޅޭ. -- ފޮޓޯ: ގެޓީ އިމޭޖަޒް

އެންމެ ގިނަ ބިލިއަނަރަން ދިރިއުޅޭ ސިޓީއަކީ ޗައިނާގެ ބެއިޖިން ކަމަށް ކޮންމެ އަހަރަކު ވެސް ފޯބްސް މަޖައްލާއިން ޝާއިއުކުރާ އެންމެ މުއްސަނދި މީހުންގެ ލިސްޓުން ދައްކައިފި އެވެ.

ނަމަވެސް ބެއިޖިންއަށް އެ ލަގަބު ލިބުނީ އެމެރިކާގެ ނިއުޔޯކްއާ ވާދަކޮށްގެން ވަރަށް ކުޑަ ތަފާތަކުންނެވެ. ބެއިޖިންގައި 100 ބިލިއަނަރުން އުޅޭއިރު ނިއުޔޯކުގައި އުޅެނީ 99 ބިލިއަނަރުންނެވެ.

ފާއިތުވި ހަތް އަހަރު ވެސް އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ނިއުޔޯކެވެ. މި އަހަރު ބެއިޖިން ލިސްޓުގެ އެއްވަނައަށް އެރީ 2020 އަށް ވުރެ 33 ބިލިއަނަރުން އިތުރުވެގެންނެވެ.

Advertisement

ނިއުޔޯކަށް ވުރެ ގިނަ ބިލިއަނަރުން ބެއިޖިންގައި އުޅުނު ނަމަވެސް އަދިވެސް އެންމެ މުއްސަނދި ބިލިއަނަރުން އުޅެނީ ނިއުޔޯކުގަ އެވެ.

ބެއިޖިންގައި އުޅޭ އެންމެ މުއްސަނދި ބިލިއަނަރަކީ ޓިކްޓޮކްގެ ފައުންޑަރު އަދި ބައިޓްޑާންސް ކުންްފުނީގެ ޗީފް އެގްޒެކްޓިވް ޖާންގް ޔިމިންގް އެވެ. އޭނާގެ މުއްސަނދިކަން އުޅެނީ 35.6 ބިލިއަން ޑޮލަރުގަ އެވެ.

ނިއުޔޯކުގައި އުޅޭ ބިލިއަނަރުންގެ ތެރެއިން އެންމެ މުއްސަނދި މީހާއަކީ 59 ބިލިއަން ޑޮލަރާއެކު ކުރީގެ މޭޔަރު މައިކަލް ބްލޫމްބާގް އެވެ.

ޗައިނާ، އެމެރިކާއާ އަރާ ހަމަކުރަނީ

މިދިޔަ އަހަރު އެހެން ގައުމުތަކާ އަޅާ ބަލާއިރު އެންމެ ގިނަ ބިލިއަނަރުން އުފެދިފައިވަނީ ޗައިނާގަ އެވެ. އެގޮތުން ފޯބްސްގެ ލިސްޓަށް މުޅިން އަލަށް ޗައިނާގެ 210 ބިލިއަނަރުން އަރާފައި ވެއެވެ.

ޗައިނާގެ ބިލިއަނަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ޓެކްނޮލޮޖީއާ ގުޅޭ ވިޔަފާރީގެ ބޮޑުންނެވެ. އޭގެ ތެރޭގައި އީ ސިނގިރޭޓް ވިއްކައިގެން ބިލިއަނަރަކަށްވި ކޭޓް ވޭންގް ފަދަ ބައެއް އަންހެން ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.

ޖުމްލަ 698 ބިލިއަނަރުންނާއެކު ޗައިނާއިން ދަނީ އެމެރިކާގެ އަދަދުތަކާ އަރާ ހަމަކުރުމަށް ގާތްވަމުންނެވެ. އެމެރިކާގައި ތިބީ ޖުމްލަ 724 ބިލިއަނަރުންނެވެ.

މިދިޔަ އަހަރު މުޅިން އަލަށް 493 މީހަކު ބިލިއަނަރުންނަށް ވެފައި ވެއެވެ. އެމެރިކާ އާއި ޗައިނާއަށް ފަހު ދެން ބިލިއަނަރުން އެންމެ ގިނައީ އިންޑިއާގަ އެވެ. އެ ގައުމުގައި 140 ބިލިއަނަރުން އުޅެ އެވެ.

ފޯބްސްއިން ބުނި ގޮތުގައި ދުނިޔޭގެ އެންމެ މުއްސަނދި މީހެއްގެ ގޮތުގައި އަދިވެސް ހުރީ އެމޭޒަން ކުންފުނީގެ ފައުންޑަރު އަދި ޗީފް އެގްޒެކްޓިވް ޖެފް ބެޒޯސް އެވެ. މިދިޔަ އަހަރު އޭނާގެ މުއްސަނދިކަން ވަނީ 64 ބިލިއަން ޑޮލަރު އިތުރުވެ، ޖުމްލަ 177 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox