ޕީއެސްޖީން ބަޔާން ބަލިކޮށްފި, ޗެލްސީ ސެމީއާ ގާތަށް

Apr 8, 2021, 2:25 AM
ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޕީއެސްޖީގެ އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (އޭޕްރީލް 8) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަަތަަމަ ލެގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިިކް ދަނޑުގައި 3-2 އިން ޕީއެސްޖީ މޮޅުވިއިރު, ޕޯޓޯގެ މައްޗަށް 2-0 އިން ކުރިހޯދައި ޗެލްސީ ސެމީގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާނުން ވަނީ 1-0 އިން ޕީއެސްޖީ ބަލިކޮށްފަ އެވެ. ރޭގެ މެޗުން ބަޔާން ދަނޑުގައި މޮޅުވުމުން ޕީއެސްޖީ އަށް މިދިޔަ އަހަރުގެ ފައިނަލުން ވީ ބަލިން އަރައިގަންނަން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ އެވެ.

ބަޔާން ދަނޑުގައި ކުޅުނު ރޭގެ މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ނޭމާ ދިން ބޯޅައަކުން ޕީއެސްޖީ އަށް ލީޑުނަަގައިދިނީ ކިލިއަން އެމްބާޕޭ އެވެ. ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 28 ވަނަ މިނިޓްގައި ޕީއެސްޖީގެ ކެޕްޓަން މާކުއީނިއޯސް ވަނީ އެ ޓީމަަށް ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެރިކް މެކްސިމް ޗޮޕޫ މޯޓިން ވަނީ ބަޔާނަށް ގޯލެއް ޖަހައިދީފަ އެވެ. ކުރިން ޕީއެސްޖީ އަށް ކުޅުނު ޗޮޕޫ މޯޓިން މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނީ ބަޔާންގެ އެއް ވަނަ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އަނިޔާގައި ހުރުމުންނެވެ.

ދެ ވަނަ ހާފް ފެށިގެން ޕީއެސްޖީން ތިން ވަނަ ލަނޑެއް ޖަަހަން ނޭމާ ފޮނުވާލި ހަމަަލާ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ މަތަކުރި އެވެ. އޭގެ ފަހުން ކުޅުން ރަނގަޅުކޮށް މެޗުގެ 60 ވަނަ މިނިޓްގައި ބަޔާނުން އެއްވަރުކުރި އެވެ. ޔޯސުއާ ކިމިޗް ދިން ބޯޅައަކުން މި ގޯލު ޖެހީ ތޯމަސް މުލާ އެވެ. ނަތީޖާ ހަމަހަމަކޮށް ބަޔާނަށް ހިފަހައްޓައިލެވުނީ އަށް މިނިޓް ވަންދެނެވެ. ޕީއެސްޖީގެ އެމްބާޕޭ ވަނީ 68 ވަނަ މިނިޓްގައި އަލުން އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

މިއީ ބަޔާންގެ ކޯޗުކަމާ ހަންސީ ފްލިކް ހަވާލުވި ފަހުން އެ ޓީމު ޗެމްޕިއަންސް ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. ބަޔާނުން ޗެމްޕިއަންސް ލީގުގެ ސެމީން ޖާގައެއް ހޯދާނަމަ އަންނަ ހަފްތާގައި ޕީއެސްޖީ ދަނޑުގައި މަދުވެގެން ދެ ލަނޑުގެ ތަފާތުން މޮޅުވާން ޖެހެ އެވެ. ދެން އެ ޓީމަށް ސެމީގެ ޖާގަ ލިބެން އޮތީ 3-2 އަށް ވުރެން ބޮޑު ސްކޯ އަކުން އެއް ގޯލުގެ ތަފާުތުން މޮޅުވެގެންނެވެ.

ރޭ ކުއާޓާ ފައިނަލުގައި ކުޅުނު ޕޯޓޯގެ ހޯމް މެޗުން ޗެލްސީ 2-0 އިން މޮޅުވިއިރު, އެ ޓީމުގެ ގޯލުތައް ޖެހީ މޭސަން މައުންޓާއި ބެން ޗިލްވެލް އެވެ. މައުންޓް ގޯލު ޖެހީ ފުރަތަމަ ހާފުގައި ޖޯޖީނިއޯ ދިން ބޯޅައަކުންނެވެ. ޗިލްވެލް ގޯލު ކާމިޔާބުކުރީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި މޮޅާ އެކު ޓީމާ މެދުގައި އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ވެސްޓް ބްރޮމް އަތުން 5-2 އިން ވީ ބަލިން އަރައިގަންނަން ފަސޭހަތަކެއް ލިބިގެންދިޔަ ކަމަށް ޓުޗެލް ބުންޏެވެ.

ކޮވިޑް-19 ގެ ސަބަބުން ޕޯޗުގީސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ޕޯޓޯ އަށް އިންގްލެންޑަށް ގޮސްގެން މެޗު ކުޅެވޭނެ ރަނގަޅު އުސޫލެއް ނެތުމުން ޗެލްސީ އާއި ޕޯޓޯ ކުޅޭ ދެ ލެގުގެ މެޗު ވެސް ކުޅެނީ ސްޕެއިނުގަ އެވެ. ޕޯޓޯ ހޯމް މެޗުން ޗެލްސީ ބޮޑު މޮޅެއް ހޯދުމާ އެކު އެ ޓީމަށް މި ވަނީ ސެމީގެ ފުރުސަތު ބޮޑުވެފަ އެވެ. އަންނަ ހަފްތާގައި ކުޅޭ ޗެލްސީގެ ހޯމް މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ސެމީން ފުރުސަތު ލިބޭނެ އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޗެލްސީ އަދި މެޗަކުން ބަލިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox