ވެކްސިނާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާ އުވާލައިފި

މިހެއް ގަޔަށް ވެކްސިން ޖަހަނީ: ވެކްސިނާ ދެކޮޅު ޖަމިއްޔާ ވަނީ އުވާލާފައި -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މިހެއް ގަޔަށް ވެކްސިން ޖަހަނީ: ވެކްސިނާ ދެކޮޅު ޖަމިއްޔާ ވަނީ އުވާލާފައި -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ވެކްސިންއާ ދެކޮޅަށް މަސައްކަތް ކުރާ "ހެލްތް ޑިފެންސް މޯލްޑިވްސް" އުވާލާފައިވާ ކަމަށް ޔޫތް މިނިސްޓްރީއިން މިއަދު ބުނެފި އެވެ.

ޔޫތު މިނިސްޓްރީއިން ބުނީ އާއްމު ސިއްހަތު ހިމާޔަތްކުރުމާއި ދެކޮޅަށް، މުޖުތަމައުގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އެ ޖަމިއްޔާއިން ހަރަކާތްތައް ހިންގަމުންދިޔަ ކަމަށެވެ. އެގޮތުން ވެކްސިންއާ ދެކޮޅަށް ވަކާލާތު ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"މި އަމަލަކީ ޖަމިއްއްޔާތަކާއި ބެހޭ ގާނޫނާއި، ގާނޫނު އަސާސީއާއި، ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގު ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޖަމިއްޔާއަކުން ކޮށްގެންނުވާނެ ކަމެއް،" މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓްރީއިން ބުނި ގޮތުގައި، ގާނޫނޫނާއި ގަވާއުދުގެ ދަށުން ސަރުކާރު އޮފީހެއްގެ މެންޑޭޓުންގެ ތެރޭގައި ހިމެނޭ ކަމަކާ ދެކޮޅަށް ހަރަކާތްތެރިވުމަކީ އެއްވެސް ޖަމްއިއްޔާއަކުން ކޮށްގެންވާނޭ ކަމެއް ނޫނެވެ.

ގޯސް އަމަލުތަކެއްގެ ސަބަބުން އުވާލި ޖަމިއްޔާއަކީ އޮކްޓޯބަރު 27، 2020 ގައި ރަޖިސްޓްރީކުރި ޖަމިއްޔާއެކެވެ.

ޔޫތު މިނިސްޓްރީއިން ކުރިން ވަނީ އިސްލާމް ދީނާ ދެކޮޅު ރިޕޯޓެއް ނެރުނު މައްސަލާގައި އެމްޑީއެން ކިޔާ ޖަމިއްޔާއެއް ވެސް އުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox