އަލީގެ އެޑްރެސް ނުހޯދުމުން މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

Apr 7, 2021, 12:38 PM
އަލީ ވަހީދު: ހައި ކޯޓުގައި އޮތް އޭނާ ފުރުވާލި މައްސަލަ ކުރިއަށް ނުގެންދަން މިއަދު ވަނީ ނިންމާފައި. --ފޮޓޯ/ޕީއެސްއެމް

އަލީ ވަހީދު: ހައި ކޯޓުގައި އޮތް އޭނާ ފުރުވާލި މައްސަލަ ކުރިއަށް ނުގެންދަން މިއަދު ވަނީ ނިންމާފައި. --ފޮޓޯ/ޕީއެސްއެމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހާރު ދިރިއުޅުއްވަމުން ގެންދަވާ އެޑްރެސް ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ހައިކޯޓުން ދިން މުއްދަތުގައި އެ އެޑްރެސް ނުހޯދުމުން މައްސަލަ މިއަދު ބޭރުކޮށްލައިފި އެވެ.

ހައި ކޯޓުގައި އޮތް މައްސަލަ ކުރިއަށް ގެންދަން, އަލީ ވަހީދު ދިރިއުޅުއްވާ ތަނެއް ހޯދަން ޕްރޮސިކިއުޓަ ޖެނެރަލް އޮފީހަށް ދިން މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އޭނާ އުޅުއްވާ ތަނެއް ފުލުހުންނަކަށް ވެސް ނޭނގުނު ކަަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައިކޯޓުގައި އެދިފައިވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ނަމަވެސް މައްސަލަ ކުރިއަށް ގެންގޮސްދިނުމަށެވެ. އެއީ، އަދުލު އިންސާފު ގާއިމް ކުރުމަށްޓަކައި މުހިންމު ކަމެއް ކަމަށް ވަނީ ފާހަގަ ކުރައްވާފަ އެވެ.

Advertisement

ހައިކޯޓުން މިއަދު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާ އެ ކޯޓުގެ ނިންމުމުގައިވާ ބުނެފައިވާ ގޮތުގައި، ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންގޮސް މައްސަލަ ނިންމޭނެ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނެތްކަން ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާ ކަމަށެވެ.

"ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި މި މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހައިކޯޓުގައި އެދުނު ނަމަވެސް ދައުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި މި މައްސަލަ ކުރިއަށް ގެންދިޔުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން،" ހައިކޯޓު ނިންމުމުގައިވެ އެވެ.

އެހެންނަމަވެސް، ދައުވާ ލިބޭ މީހާގެ އެޑްރެސް އަލުން ސާފުކުރުމަށްފަހު މައްސަލަ އަނބުރާ ހުށަހެޅުމުގެ ފުރުސަތު ޖިނާއީ އިޖުރާއަތުގެ ގަވައިދުން ލިބިދޭތީ އެ ފުރުސަތު މި މައްސަލާގައި ވެސް ދޭން ހައިކޯޓުން ވަނީ ނިންމަވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ފުރައްސާރަ ކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް ވަނީ އުފުލާފަ އެވެ. އެ ދައުވާތައް އެހެން އޮތްވައި އޭނާގެ ފުރައިގެން ދިޔުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ކަމެކެވެ.

އޭނާއަށް ފުރުމުގެ ހުއްދަ ދެއްވި ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ދަނީ ބަލަމުންނެވެ. ރައްޔިތުންގެ މަޖިލީހުން ވެސް އަލީ ވަހީދުގެ މައްސަލައަށް ފާރަވެރިވުމަށް ވަނީ ފާސްކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މައިބަދައިގެ އާލާސްކަންފުޅެއްގައި ކަމަށް ވިދާޅުވެ، އަލީ ވަހީދު ފުރަތަމަ ވަޑައިގެންފައިވަނީ ތުރުކީއަށެވެ. އޭނާ މަސައްކަތް ކުރެއްވީ ތުރުކީ މަގުން އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ކަމަށް ވެސް އެނގިފައިވެ އެވެ.

އަލީ ވަހީދުގެ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައިވީ ނަމަވެސް، ފުރައިގެން ވަޑައިގެންނެވި ފަހުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

މި މައްސަލައަކީ، އަލީ ވަހީދު ފްރޭމް ކުރުމުގެ ގޮތުން ފެންމަތިކޮށްގެން އުޅޭ މައްސަލައެއް ކަމަށް އަޑު ފަތުރާފައިވާއިރު އެފަދަ ކަމެއް ތަހުގީގަށް ފާހަގަވެފައި ނެތްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox