މަޖިލީހުގައި މިއަދު ވެސް އޮތީ "ބަޅު ރުކާއި ތިލަފަތު"ގެ އަރައިރުމެއް!

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މަޖިލިސް

"ރެވެނިއު ސްޓޭމްޕަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑު ތުރާލެއް. ރެވެނިއު ސްޓޭމްޕް ޖަހަން ޖެހޭ ގާނޫނު އުވާލަންޖެހޭ"

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މުހިއްމު ބިލާ ގުޅޭ ބަހުސް ގިނަ މެމްބަރުން އެ ހިސާބުން ނިންމަވާލެއްވީ އެވެ. ދެން ފެއްޓެވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލަކުގެ އިންތިހާބުގެ ކެމްޕެއިނެވެ. މަޖިލީހުގައި އިއްޔެ އެޖެންޑާކުރި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލުގެ ބަހުސާ ވެސް ގުޅުވީ ކެމްޕޭނެވެ. ލާމަރުކަޒީ ނިޒާމު އެންމެ މޮޅަށް ހިންގޭނީ އެ ބަޔަކަށް ކަމަށް ދައުވާ ކުރުމެވެ.

މަޖިލީހުން މިއަދު ވެސް ފެނުނީ ކެމްޕޭނުގެ ފޯރި އެވެ. މަޖިލީހަށް ހުށަހެޅި މުހިއްމު ބިލަށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި ކޮންމެ މެމްބަރަކު ވެސް ބެއްލެވީ އެ މެމްބަރަކު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންގެ މޮޅު ވާހަކަ ދެއްކެވުމުގަ އެވެ. ހޮވަންވީ ގިނަ ސަބަބުތައް ދެއްކެވީ އެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ފައްޓަވައި ދެއްވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ "ކެމްޕޭނަ"ށް ނުސީދާކޮށް ދައުވަތެއް ވެސް ދެއްވައިފަ އެވެ.

އިންސާފުވެރި އިންތިހާބެއް ބާއްވައިދޭން އިލެކްޝަންސް ކޮމިޝަންގެ ކިބައިން އެދިވަޑައިގަތީ މިއަދަކީ އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ބާއްވާ އެންމެ ޖަލްސާކަން ފާހަގަކުރައްވަމުންނެވެ.

އިންތިހާބުގެ ވާހަކަ ދެއްކެވުމަށް ފަހު، އެކިއެކި ލިޔުންތަކުގައި މިހާރު ޖަހަމުން އަންނަ ރެވެނިއު ސްޓޭމްޕް ޖެހުމަށް 1970 ވަނަ އަހަރު ވުޖޫދުކުރި ގާނޫނު އުވާލަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ ބަހުސަށް ހުޅުވާލެއްވުމުން އެއްވެސް މެމްބަރަކު އެ ބިލަށް ޝައުގުވެރިވެވަޑައެއް ނުގަތެވެ.

ކެމްޕެއިނާ ގުޅޭ ވާހަކަތައް ފައްޓަވައި އެއް މެމްބަރަކު އަނެއް މެމްބަރަކަށް ރައްދު ދެއްވީ އެވެ. ނިޒާމީ ނުކުތާ ނަންގަވައިގެން ވެސް ހަަމަ ދެއްކެވީ ކެމްޕެއިނުގެ ވާހަކަ އެވެ. ފުރިހަމަ ސިފަ ކުރުންތަކެވެ. ވަރުގަދަ ވަރުން އެޅުވުމެވެ. އެއަށްވުރެ ތޫނު ބަހުގެ ހަމަލާތަކާއި ފާޑުކިޔުންތަކެވެ.

މަޖިލީހުގެ ބަހުސެކޭ ސީދާ ބުނެވެން ނެތަސް، މިއަދުގެ "ބަހުސް" ގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވި މެމްބަރުންގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހިމެނިވަޑައިގެންނެވި އެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަނަށްވާތީ އެ ކަމުގައި ހަސަން ލަތީފަށް އޮތް ޒިންމާ ބޮޑުވާނެ އެވެ. އެ ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓާ މެދު އެމްޑީޕީގެ ސަޕޯޓަރުން އުފައްދަމުންދާ ސުވާލުތަކަށް ހަސަން ޖަވާބު ދެއްވީ ވަރަށް ވަރުގަދަ ސިފަ ކުރުމަކާއެކު އެވެ.

"...އެއީކީ އަނަސް އަބްދުއްސައްތާރުގެ ނަމަކަށް ދޭ ވޯޓެއް ނޫން. އެއީ ތިލަފަތަށްޖަހާ ވޯޓެއް. އެއީ އެމްޑީޕީއަށް ދޭ ވޯޓެއް. އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ފޮޓޯ ހުންނާނެ ޖަހާފައި. ވޯޓު ކަރުދާސް ކޮޅުގަ ހުންނަނާ ފޮޓޯ ޖަހާފައި. ހުރިހާ ފޮޓޯ އެއް ހުންނާނީ އެއް ގޮތަކަށް. އެއީ ތިލަފަތް. އަނަސް އަބްދުއްސައްތާރު އިންނާނީ ތިލަފަތެއްގެ ސިފާގައި،" އެއީ އެމްޑީޕީގެ މެމްބަރުން ތިލަފަތަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވަން ހަސަން ހިޔާރު ކުރެއްވި ބަސްމަގެވެ.

އެ ވާހަކައަށް އިދިކޮޅުން ވެސް ރައްދު ދިނެވެ.

"އިންސާނުން ތިލަފަތަށް ހައްދަވައިގެން ވާހަކަ ދައްކަވާތީ. ތިލަފަތެއްގެ ސިފައިގައި ގެނައި ވެރިއަކު ހަރަކާތް ނުކޮށްގެން މިއުޅެނީ. އޭތި ހަރަކާތް ނުކޮށްގެން މިއުޅެނީ،" ނިޒާމީ ނުކުތާއެއް ނަންގަވައި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

އިއްޔެ އެކޭ އެއް ގޮތަށް، ރެވެނިއު ސްޓޭމްޕް ޖެހުން ވެސް ލާމަރުކަޒީ ނިޒާމުގެ ގޯޅި އަޅުވައިގެން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ގެންދެވި އެވެ. ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުން ވެސް ގުޅުވީ މި ސަރުކާރުގެ ފުޅާ ވިސްނުމާއި ސިޔާސަތުގެ ފުރިހަމަ ވިސްނުމާ އެވެ.

އެ ތައުރީފުގެ މެދަށް ފައްތާލައްވަނީ ކުރީގެ ސަރުކާރުގެ ނާގާބިލު ވާހަކަ އެވެ. ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި ކަމުގެ ތުހުމަތެވެ. ކައުންސިލްތަކުގެ ބާރުތައް ޖަމާކޮށް ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރި މަސައްކަތާއެކު އެވެ. އެއާ ވިއްދައިގެން ދެން ޖައްސަވަނީ މަލާމާތުގެ މިސާލުތަކެވެ. ސީދާ އިދިކޮޅު ޕާޓީއަށާއި ލޯގޯ ވެސް ދޫނުކުރައްވަ އެވެ.

"މިހެން ބަޅުވެފައި އޮންނަ ރުކެއް ދެން އެ ކައުންސިލް އައިމަ އެ ތެދުކުރާނެ ގޮތެއް އެ ރައްޔިތުން ވިސްނާނީ ކިހިނެއްހޭ؟ ބަޅުކޮށް އޮތް އެއްޗެއް ތެދު ކުރާނެ ގޮތެއް ވިސްނާނީ ކިހިނެއްހޭ؟" އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުން ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން ދިޔަ އިރު، ތަޅުންވެސް ހޫނުވެ، އަޑުގަދަވެ، ކޯފާއިސް ކުރެއްވި މަންޒަރުތައް ވެސް ފެނުނެވެ.

ވަރަށް ފަށުވިކޮށް ބައެއް މެމްބަރުން ޖެއްސެވި މަލާމާތުގެ މިސާލުތަކުން ހޮނިހިރު ދުވަހު އިންތިހާބަށް ނުކުންނަ އިދިކޮޅު ކެންޑިޑޭޓުން ވެސް ސަލާމަތެއް ނުވި އެވެ.

މުޅި ބަހުސްގެ ތެރެއިން އެމްޑީޕީގެ މެމްބަރުން ގިނަ މިސާލުތައް ޖެއްސެވި އެވެ. ނުސީދާކޮށް އަދި ސީދާކޮށެވެ.

އިދިކޮޅު މެމްބަރުން އެންމެ ތަންކޮޅެއް ވެސް ދޫ ނުދެއްވަ އެވެ.

މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ފާޑުވިދާޅުވި އެވެ. މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި މި ސަރުކާރުން އުޅެނީ ކުރީގެ ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކުގެ ފަސް ބައިގައި އެލިގަނެގެންނެވެ.

"ރައްޔިތުން ބޭނުމެއް ނުވޭ ހަމައެކަނި ކަޑަ ޖަހާ ސަރުކާރެއް. ހަމައެކަނި އެގްރީމަންޓުތަކުގައި ސޮއިކޮށްލާ ސަރުކާރެއް ރައްޔިތުން ބޭނުމެއް ނުވޭ،" މެމްބަރު ޝިޔާމް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ވަގުތު ހަމަވެ ޖަލްސާ ހުއްޓާލި އިރު ވެސް ރެވެނިއު ސްޓޭމްޕުގެ ބިލަށް ސަމާލުކަމެއް ނުލިބުނެވެ. އިންތިހާބުގެ ކުރިން ބޭއްވި ފަހު ޖަލްސާ ވެސް ބޭނުންކޮށްލީ ކެމްޕޭނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox