ފަސިންޖަރުންގެ ހުއްދަ ނެތި ޓެކްސީގައި އަޑު ނުކުންނަ އާލާތެއް ބޭނުންނުކުރެވޭނެ

މާލޭގައި ހިދުމަތް ދޭ ޓެކްސީ އެއް. މި ފަހަރުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ އަޑާއި ގުޅޭގޮތުން. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މާލޭގައި ހިދުމަތް ދޭ ޓެކްސީ އެއް. މި ފަހަރުގެ ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ އަޑާއި ގުޅޭގޮތުން. -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ފަސިންޖަރުންގެ ހުއްދަ ނުލިބި ޓެކްސީގައި އަޑު ނުކުންނަ އެއްވެސް ބާވަތެއްގެ އާލާތެއް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ޓެކްސީގެ ގަވާއިދުގައި ހިމަނައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ޓެކްސީ ގަވާއިދަށް ގެނައި ހަތް ވަނަ އިސްލާހު ގައި ވަނީ ޓެކްސީގެ ހިދުމަތް ދޭ ފަރާތުން ބޭނުން ކުރާ މުއާސަލާތީ ނިޒާމު ނޫން އެހެން އެއްވެސް އަޑު ނުކުންނަ އާލާތެއް ޓެކްސީގައި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. ނަމަވެސް ފަސިންޖަރުންގެ ހުއްދަ ލިބިގެން ޓެކްސީ ގައި ރޭޑިއޯ، ޓީވީ، ލަވަ ޖަހާ ސެޓު އަދި މި ނޫން ބާވަތްތަކުގެ އާލާތްތައް ބޭނުން ކުރެވޭނެ އެވެ.

މީގެ އިތުރުން ވެސް ޓެކްސީ ސެންޓަރާއި ހިދުމަތްދޭ އުޅަނދާ ދެމެދު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ހުއްދަ ކުރާ މުއާސަލާތީ ނިޒާމެއް ހުންނަން ވާނެ ކަމަށާއި އަދި މި ކަމަށް ހުއްދަ ނަގަން ޖެހޭ ނަމަ، ހުއްދަ ނެގުމަށް ފަހު މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހަޅަން ވާނެ ކަމަށް ގެނެވުނު އިސްލާހުގައިވެ އެވެ.

މިފަދަ މުއާސަލާތީ ނިޒާމެއްގެ ބޭނުން ހިފަންޖެހޭނީ ރިވެތި އަދަބުތަކާއި އިހްތިރާމާއި އެކު ރިވެތި ބަހުން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox