އިންޑިއާގައި އެއް ދުވަސް ތެރޭ އެއްލައްކަ ކޭސް، އާ ރިކޯޑެއް

އިންޑިއާގައި މީހެއްގެ ހުން ބަލަނީ -- ފޮޓޯ: ވޮއިސް އޮފް އެމެރިކާ

އިންޑިއާގައި މީހެއްގެ ހުން ބަލަނީ -- ފޮޓޯ: ވޮއިސް އޮފް އެމެރިކާ

އިންޑިއާގައި ރިކޯޑު އަދަދަކަށް ކޮވިޑު ކޭސްތައް އިތުރުވެ، އެއް ދުވަހުގެ ތެރޭގައި 100،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ އެވެ.

މިއީ އެމެރިކާއަށް ފަހު އެއް ދުވަހެއްގެ ތެރޭގައި 100،000 އަށް ވުރެ ގިނަ މީހުން ގައުމެއްގައި ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މިއަދުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 103،558 ޕޮޒިޓިވް ކޭސް ވަނީ ފާހަގަވެފަ އެވެ. އެއާއެކު ބަލިމަޑުކަން ފެށުނު ފަހުން ޖުމްލަ ޕޮޒިޓިވް އަދަދު ވަނީ 12.6 މިލިއަނަށް އަރާފަ އެވެ.

Advertisement

މިއަދު 478 މީހަކު މަރުވެފައި ވާއިރު، މަރުވި މީހުން ޖުމްލަ އަދަދު ވަނީ 165،101 އަށް އަރާފަ އެވެ. ނަމަވެސް މިއީ އާބާދީގެ ނިސްބަތުން ބަލާއިރު ކުޑަ މިންވަރެކެވެ.

މިދިޔަ ހަފްތާގައި އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނުނު ގައުމަކީ ވެސް އިންޑިއާ އެވެ. އެހެންކަމުން އެންމެ ހާލަތު ގޯސް އެމެރިކާ އާއި ބްރެޒިލްއަށް ވުރެ އިންޑިއާގެ އަދަދުތައް މަތިވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ފެބްރުއަރީ މަހު ކޭސްތައް ވަރަށް ބޮޑަށް މަދުވުމަށް ފަހު މިހާރު ވަނީ ކުއްލި އިތުރުވުމެއް އައިސްފަ އެވެ. އެއާއެކު ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

އިންޑިއާގެ ސްޓޭޓުތަކުގެ ތެރެއިން އެންމެ ހާލަތު ގޯސްވެފައި ވަނީ ހުޅަނގުގައި އޮންނަ މަހަރާޝްތްރަ ގައެވެ. މިދިޔަ ދެ ހަފްތާގައި މުޅި އިންޑިއާއިން ރިކޯޑު ކުރި ކޭސްތަކުގެ 55 ޕަސަންޓު ނިސްބަތް ވަނީ އެ ސްޓޭޓަށެވެ.

އެހެންކަމުން އެ ސްޓޭޓުގެ ސަރުކާރުން ވަނީ ކާފިއު އިއުލާނުކޮށް، ލޮކްޑައުނަށް ދާން ވެސް ނިންމާފަ އެވެ. މިއަދު ހަވީރުން ފެށިގެން އެ ސްޓޭޓުގެ ހިދުމަތްތައް ބަންދުވާނެ އެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ކުއްލިއަކަށް ކޭސް އިތުރުވެފައި ވަނީ ހަލުވިކަމާއެކު ފެތުރޭ ކޮވިޑު ވައިރަހުގެ ވޭރިއެންޓުތަކުގެ ސަބަބުންނެވެ. އޭގެ އިތުރުން ވެކްސިނުގެ ފުރަތަމަ ޑޯޒަށް ފަހު ބައެއް މީހުން މާސްކު އެޅުން ހުއްޓާލާފައި ވުމަކީ ވެސް ސަބަބެއް ކަމަށް އެ މީހުން ބުނެ އެވެ.

އިންޑިއާއިން ވަނީ ވެކްސިން ޕްރޮގްރާމުގެ ދުވެލި އަވަސްކޮށް، ދުވާލެއްގެ މައްޗަށް ތިން މިލިއަން މީހުންނަށް ވެކްސިން ދޭން ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox