ފަހަތުން އަރައި މޮޅުވެ ޔުނައިޓުން ދެ ވަނައިގައި ލީޑު ނަގައިފި

Apr 5, 2021, 3:50 AM
ފަހަތުން އަރައި މޮޅުވެ ޔުނައިޓުން ދެ ވަނައިގައި ލީޑު ނަގައިފި

މެންޗެސްޓާ (އޭޕްރީލް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ މެންޗެސްޓާ ޔުުނައިޓެޑުން ލީގުގެ ދެ ވަނައިގައި ލީޑެއް ނަގައިފި އެވެ.

ލީގުގެ ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ ހޮނިހިރު ދުވަހުގެރޭ ވަނީ އަމިއްލަ ދަނޑުގައި އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަތުން ބަލިވެފަ އެވެ. ޔުނައިޓެޑުން ރޭގެ މެޗުން މޮޅުވެ ފުރުސަތުގެ ފައިދާނެގީ އެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ 30 މެޗުން 60 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ވަނީ 30 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ. ސިޓީ އެއް ވަނައިގައި އޮތް 31 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ.

ޔުނައިޓެޑް ދަނޑުގައި ރޭ ކުޅުނު މެޗުގައި ބްރައިޓަން އިން ލީޑުނެގީ މެޗުގެ 13 ވަަނަ މިނިޓްގައި ޑެނީ ވެލްބެކް ޖެހި ގޯލުންނެވެ. ކުރިން ޔުނައިޓެޑާއި އާސެނަލަށް ކުޅުނު ވެލްބެކް ބޮލުން ޖެހި ބޯޅަ ޔުނައިޓެޑްގެ ގޯލުގައި ހުރި ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ. އެކަމަކު އެ ބޯޅަ ރީބައުންސް ވެގެން އައުމުން ވެލްބެކް ވަނީ ދެ ވަނަ ފަހަރު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑުން މަަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ. ޔުނައިޓެޑުން އެއްވަރުކުރީ މެޗުގެ 62 ވަނަ މިނިޓްގައި މާކަސް ރަޝްފޯޑް ޖެހި ގޯލުންނެވެ. ރަޝްފޯޑް މި ގޯލު ޖެހީ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުންނެވެ. ޔުނައިޓެޑް މޮޅުވި ގޯލު ޖެހީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ހުއްޓައި މޭސަން ގްރީންވުޑް އެވެ. އޭރިއާތެރެއިން ލިބުނު ބޯޅައެއް ގްރީންވުޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ގޯލު ރޮނގުމަތިން އެ ބޯޅަ ސަލާމަތްކުރަން ބްރައިޓަންގެ ބެން ވައިޓް ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ބްރައިޓަންއާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް އުނދަގޫ ކަމެއް ކަމަށާއި މި މެޗުގައި އެ ޓީމުން ކުރިން ގޯލު ޖެހުމުން އަދި އިތުރަށް އުނދަގޫވި ކަމަށެވެ. ގައުމީ ޓީމުގެ މެޗުތަކަށް ފަހު އައިސް ފުރަތަމަ ކުޅޭ މެޗު ފަސޭހަނުވާނެކަން ކުރިން ވެސް އެނގޭ ކަމަށް ސޯލްޝެއާ ބުންޏެވެ.

ލީގުގައި ރޭ ހޯސޭ މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުން ވަނީ ނިއުކާސަލް ޔުނައިޓެޑް ދަނޑުގައި 2-2 އިން އެއްވަރުވެފަ އެވެ. ބްރެޒިލްގެ ފޯވާޑް ޖޮއެލިންޓަންގެ ގޯލުން ނިއުކާސަލް ލީޑުނަގާފައިވަނިކޮށް ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައި ހެރީ ކޭން ވަނީ ޓޮޓެންހަމް ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެކަމަކު މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓައި ޖޯ ވިލޮކް ވަނީ ގޯލެއް ޖަހައި ނިއުކާސަލަށް އެއްވަރުކޮށްދީފަ އެވެ.

ރެލިގޭޝަންގައި އޮތް ފުލަމް އިން އަލެކްސަންޑަ މިޓްރޮވިޗްގެ ގޯލުން ލީޑުނަގާފައިވަނިކޮށް އެސްޓަން ވިލާ ވަނީ ފަހަތުން އަރައި 3-1 އިން މޮޅުވެފަ އެވެ. މެޗުގެ ފަހު 15 މިނިޓް ތެރޭގައި އެސްޓަން ވިލާ އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކުރީ މިސްރުގެ ވިންގް މަހުމޫދު ޓްރެޒެގޭ އެވެ. އަނެއް ގޯލު ޖެހީ އޮލީ ވަޓްކިންސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox