ދެ ޑޯޒު ދެމެދު ގިނަ ދުވަސްވެއްޖެ ނަމަ ބައްޔަށް ފުރުސަތު ބޮޑު: ނަޒްލާ

އެޗްއީއޯސީގެ ތަރުޖަމާން ނަޒްލާ ރަފީގް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވެކްސިންގެ ދެ ވަނަ ޑޯޒު ލަސްނުކޮށް ޖަހަން އެދިވަޑައިގަތް.  --ފޮޓޯ/އެޗްއީއޯސީ

އެޗްއީއޯސީގެ ތަރުޖަމާން ނަޒްލާ ރަފީގް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވެކްސިންގެ ދެ ވަނަ ޑޯޒު ލަސްނުކޮށް ޖަހަން އެދިވަޑައިގަތް. --ފޮޓޯ/އެޗްއީއޯސީ

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެ ވަނަ ޑޯޒާ ދެމެދު މާ ގިނަ މުއްދަތެއް ނަގައިފި ނަމަ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާތީ ލަސްނުކޮށް ވެކްސިން ފުރިހަމަކުރަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ އެދިއްޖެ އެވެ.

މިދިޔަ ފެބުރުއަރީ ފުރަތަމަ ދުވަހު ރާއްޖޭގައި ފެށި ވެކްސިން ޕްރޮގްރާމްގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ތެރެއިން އަށް ހަފުތާ ވީ މީހުންނަށް ދެ ވަނަ ޑޯޒު މިދިޔަ ހޮނިހިރުދުވަހު ވަނީ ފަށައިފަ އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ނަޒްލާ ރަފީގް ވިދާޅުވީ ވެކްސިންގެ ދެ ވަނަ ޑޯޒް މިއަދުގެ ނިޔަލަށް 3,737 މީހުންނަށް ދީފައިވާ ކަމަށެވެ. ދެ ވަނަ ޑޯޒު ޖަހަނީ ސޯޝަލް ސެންޓަރާއި އާޓް ގެލަރީ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގަ އެވެ.

Advertisement

"އަށް ހަފުތާ ވުމުން ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖަހަން އަޅުގަނޑުމެން އެދެން. ގިނަ ދުވަސްވާ ވަރަކަށް އެންޓިބޮޑީ ރެސްޕޯންސް ތަންކޮޅެއް ދަށްވަމުންދާނީ," ނަޒްލާ ވިދާޅުވި އެވެ.

"ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވާނެ ދެ ޑޯޒު ދޭތެރޭގައި މާ ގިނަ ދުވަސް ވެއްޖެ ނަމަ"

އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ޑޯޒަށް އަށް ހަފުތާ ވުމުގެ ކުރިން ދެ ވަނަ ޑޯޒު ޖަހަން ބައެއް މީހުން އެދެ އެވެ. އެކަމަކު ފައިދާ ހުރި ގޮތަކީ ކަނޑައަޅާފައި އޮތް މުއްދަތު ހަމަވުމުން ޖެހުން ކަމަށް ވިދާޅުވި އެވެ.

"އަށް ހަފުތާވީމާ މީހާ އަށް އޭގެ އެންމެ ރައްކާތެރިކަން ބޮޑީ. އަދި ގިނަ މީހުން އަށް ހަފުތާއަށް ފަހު ވެކްސިން ދެ ވަނަ ޑޯޒް ޖެހީމަ އޭގެ ފައިދާ އާއްމުކޮށް މުޅި މުޖުތަމައަށް ކުރާނީ," ނަޒްލާ ވިދާޅުވި އެވެ.

އަށް ހަފުތާގެ ކުރިން ވެކްސިން ޑޯޒެއް ޖަހާނީ, އޭނާ ވިދާޅުވި ގޮތުގައި, ވަރަށް ހާއްސަ ހާލަތެއް މެދުވެރިވުމުން އެކަންޏެވެ. އޭގެތެރޭގައި ބޭސްފަރުވާއަށް ކޮންމެހެން ބޭރަށް ދާން ޖެހޭ މީހުންނާއި ކިޔަވަން ފުރާ މީހުން ހިމެނެ އެވެ.

ފުރަތަމަ ޑޯޒަށް ފަހު ބައެއް މީހުން ވެކްސިން ކާޑު ލެމިނޭޓްކޮށްފައިވާ ކަން ފާހަގަކުރައްވައި ނަޒްލާ އެދިވަޑައިގަތީ ދެ ވަނަ ޑޯޒު ފުރިހަމަ ކުރި ކަން ޖެހޭ ގޮތަށް ވެކްސިން ސެންޓަރަށް ކާޑު ގެންދިއުމަށެވެ. ދެ ވަނަ ޑޯޒު ހަމަކުރުމަށް ފަހު ލެމިނޭޓް ކުރުން މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.

ފައިޒާ ވެކްސިން ވަކި ކެޓަގަރީތަކަކަށް

ނަޒްލާ ވިދާޅުވި ގޮތުގައި ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެ އަށް ލިބުނު ފައިޒާ ވެކްސިން ޖަހާނީ ވަކި ކެޓަގަރީތަކަކަށް އެޕޮއިންޓްމެންޓް ދޫކޮށްގެންނެވެ. އެ ކެޓަގަރީތަކަކަށް ވެކްސިން ދޭން ވަނީ ރެޖިސްޓްރޭޝަނަށް ހުޅުވާލައިފަ އެވެ.

- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން.

- ޑައިލިސިސް ހަދާފައިވާ މީހުން.

- ކެންސަރު ބަލީގައި ކީމޯ ނުވަތަ ރޭޑިއޯ ތެރަފީގެ ހިދުމަތް ހޯދާ މީހުން.

- ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިކޮށްލާ ފަދަ ބޭސްތައް ބޭނުންކުރާ ފަރާތްތައް.

ނަޒްލާ ވިދާޅުވީ 16-17 އަހަރާ ދެމެދުގެ ކުދިންގެ ތެެރެއިން ވަކި ކަހަލަ ބަލި ހާލަތްތަކެއް ހުންނަ ކުދިންނަށް ވެސް އަންނަނީ ވެކްސިން ދެމުން ކަމަށެވެ. އޭގެތެރޭގައި ކެންސަރާއި ހަކުރު ބައްޔާއި ޑައިލިސިސް ފަދަ ބަލިތައް ހިމެނެ އެވެ.

ފައިޒާ ވެކްސިން ދޭން ކަނޑައަޅާފައިވާ ކެޓަގަރީތަކުގައި ހިމެނޭ މީހުން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވާން އެޗްއީއޯސީން އެދެ އެވެ.

ރަށްރަށުގައި ކޮވިޑުގެ ހާލަތު ގޯސް

އެޗްއީއޯސީގެ އަތޮޅު ކްލަސްޓާގެ ހެޑް, އަބްދުالله މައުރޫފް ވިދާޅުވި ގޮތުގައި ކޮވިޑު ފެތުރޭތީ 17 ރަށެއް އޮތީ މޮނިޓަރިންގަ އެވެ. މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އެއްފަހަރާ މިހާ ގިނަ ރަށްތަކެއްގައި ޕޮޒިޓިވް މީހުން ތިބި ފުރަތަމަ ފަހަރެވެ.

އެންމެ ހާލަތު ގޯހީ ޅ. ފެލިވަރުގަ އެވެ. އެތަނުގައި 340 އަށް ވުރެން ގިނަ މީހުންނަށް ބަލި ޖެހިފައި ތިބިއިރު ކޮންޓެކްޓުންގެ ގޮތުގައި 550 މީހުން ވަނީ ފާހަގަވެފަ އެވެ.

މީގެ އިތުރުން ބައްޔަށް ހުށަހެޅިފައިވާ އެންމެ ގިނަ މީހުން ތިބީ ޅ. ނައިފަރާއި ހިންނަވަރުގެ އިތުރުން ކ. ހުރާގަ އެވެ.

މި ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތަކަށް ތަބާވާން އެޗްއީއޯސީން އެދެ އެވެ. އޭގެތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި އަތްދޮވުން ފަދަ ރައްކާތެރި ކަމުގެ ފިޔަަވަޅުތައް ހިމެނެ އެވެ.

ރާއްޖޭގައި މިހާތަނަށް 24,783 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު ބަލީގައި 67 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox