ކްލައިމެޓް ސަމިޓަށް ދައުވަތު ނުލިބުމުން ޕާކިސްތާން ހިތްހަމަނުޖެހިއްޖެ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން -- ފޮޓޯ: މިޑްލް އީސްޓް އިންސްޓިޓިއުޓް

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން -- ފޮޓޯ: މިޑްލް އީސްޓް އިންސްޓިޓިއުޓް

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެމެރިކާއިން އިސްނަގައިގެން ބާއްވާ ބައްދަލުވުމަކަށް ދައުވަތު ނުދިނުމުން ޕާކިސްތާނުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އެމެރިކާގެ ވައިޓް ހައުސްއިން ވަނީ މި މަހު 22 ގައި އޮންނަ ވާޗުއަލް ބައްދަލުވުމަށް ރައީސް ޖޯ ބައިޑެންގެ ދައުވަތު ލިބިވަޑައިގަންނަވާނެ 40 ލީޑަރުންގެ ނަން ހާމަކޮށްފަ އެވެ. ނަމަވެސް އެ ލިސްޓުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ހިމެނިވަޑައި ނުގަންނަވަ އެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ ދައުވަތު ލިބޭ ވެރިންގެ ތެރޭގައި ހިމެނެނީ ތިމާވެއްޓާއި ދުނިޔޭގެ އޯޒޯން ފަށަލައަށް އެންމެ ބޮޑަށް ގެއްލުން ލިބޭ ގޮތަށް އަމަލު ކުރާ ގައުމުތަކާއި، މޫސުމަށް އަންނަ ބަދަލުގެ މައްސަލާގައި ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރާ ގައުމުތައް ކަމަށެވެ.

އެ ލިސްޓުގައި އިމްރާން ހާން ހިމެނިވަޑައި ނުގަންނަވާތީ އެމަނިކުފާނު އެކަމާ ހިތްހަމަނުޖެހި އިއްޔެ ވަނީ ޓްވީޓު ކުރައްވާފަ އެވެ.

"މޫސުމަށް އަންނަ ބަދަލާ ބެހޭ ކޮންފަރެންސްގައި ބައިވެރިވާން ޕާކިސްތާނަށް ދައުވަތު ނުލިބުމުން އަޅުގަނޑު ހައިރާންވޭ! އަޅުގަނޑުގެ ސަރުކާރުގެ ތިމާވެއްޓާ ބެހޭ ސިޔާސަތު ބިނާވަނީ އަންނަން އޮތް ޖީލުތަކަށް ސާފު އަދި ފެހި ޕާކިސްތާނެއް ޔަގީންކޮށްދިނުމަށް،" އިމްރާން ހާން ވިދާޅުވި އެވެ.

އިމްރާން ހާން އެހެން ވިދާޅުވެފައި ވާއިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ ހަފްތާގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލާގައި ތަފާތު ލެވެލްތަކުގައި ޕާކިސްތާނާއެކު މަސައްކަތް ކުރަން އެމެރިކާއިން ތައްޔާރަށް އޮތް ކަމަށެވެ.

އެމެރިކާއިން ދައުވަތު ދިން ގައުމުތަކުގެ ލިސްޓުގައި ޕާކިސްތާނު ހިމެނިފައި ނުވާއިރު، ރަޝިއާ އަދި ޗައިނާއަށް ދައުވަތު ދީފައި ވެއެވެ.

ދުނިޔެ ވަށައިގެންވާ އޯޒޯން ފަށަލައަށް ގެއްލުންދޭ ނުރައްކާތެރި ވިހަ ގޭހުގެ 80 ޕަސަންޓު ބޭރު ކުރާ 17 ގައުމެއް އެ ބައްދަލުވުމުގައި ބައިވެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓުންގެ މެޖޯރިޓީން އީރާން ހަނގުރާމަ ހުއްޓުވޭތަ؟

އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ކޮންގްރެސްގެ ދެ ގޭގެ އަގުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުރަސްއެޅުމާއި، ތަކެތީގެ އަގުބޮޑުވުން ހުއްޓުވުމަށް ޑިމޮކްރެޓުން ބާރުއަޅާނެއެވެ. ނަމަވެސް، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަށް ކުރެވޭނެ ބައެއް ކަންކަން އަދިވެސް ހުރިކަން ފާހަގަކުރެވެއެވެ.

ހޮންކޮންގުގެ އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށް

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނުގެ ދަށުން، ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ކުށުގައި އެކްޓިވިސްޓު ޖޯޝުއާ ވޮންގް 10 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު، އަންނަ ޖެނުއަރީ މަހު މިނިވަންވާން އޮތް ވޮންގްގެ ޖަލު މުއްދަތު އިތުރުވެގެންދާއިރު، އޭނާ ވަނީ ދައުލަތާ ދެކޮޅަށް ރޭވުންތައް ރޭވި ކަމުގެ ދައުވާތަކަށް އިއުތިރާފުވެފައެވެ.

ނޯވޭ ރަސްގެފާނުގެ ދޮންދަރިކަލުން ޓެގް އަޅުވައި ގޭ ބަންދުގައި

ނޯވޭގެ ރަސްގެފާނުގެ ދޮންދަރިކަލުން މާރިއަސް ބޯގް ހޮއިބީގެ މައްޗަށް ސާބިތުވެފައިވާ ރޭޕްގެ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާ ނިމެންދެން، ފައިގައި ޓެގް އަޅުވައި ގޭބަންދުގައި ބެހެއްޓުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. ޖަލު ހުކުމެއް އިއްވާފައިވާ ހޮއިބީގެ މައްޗަށް ރޭޕްގެ އިތުރުން ގެވެށި އަނިޔާގެ ތުހުމަތުތައް ކުރެވިފައިވާއިރު، އޭނާގެ އިސްތިއުނާފީ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގައެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އެމެރިކާގެ ނަތީޖާއާއެކު ނަތަންޔާހޫ ބާކީކުރުމުގެ ފުރުސަތެއް ހޯދަނީ

އެމެރިކާގެ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާ ގުޅިގެން، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ނުހިމެނޭ އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުސަތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ އެއްބާރުލުން ކުޑަވެފައިވާ ކަމަށް ބެލެވޭއިރު، އިޒްރޭލުގެ ރައީސް އަންނަނީ އާ ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު ދޭނެ ފަރާތެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ.

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

Newsletter

Get the latest news delivered straight to your inbox