އިޒްރޭލާއެކު ގުޅުން ގާއިމް ކުރުމުން މުޅި މެދުއިރު މައްޗަށް ފައިދާ ވާނެ: ސައުދީ އަރަބިއްޔާ

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް ސައުދު-- ފޮޓޯ: މިޑްލް އީސްޓް އޮންލައިން

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް ސައުދު-- ފޮޓޯ: މިޑްލް އީސްޓް އޮންލައިން

ސައުދީ އަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރަން ދެ ގައުމުން އެއްބަސްވުމަކަށް އަތުވެއްޖެ ނަމަ އޭގެ ފައިދާ މުޅި މެދުއިރު މައްޗަށް ކުރާނެ ކަމަށް ސައުދީ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އަމީރު ފައިސަލް ބިން ފަރްހާން އަލް ސައުދު ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިޒްރޭލާއެކު ގުޅުން ރަނގަޅުވެއްޖެ ނަމަ އޭގެ ފައިދާ މުޅި ސަރަހައްދަށް ކުރާނެ ކަމަށެވެ.

"އެކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި ސަލާމަތީ ނަޒަރަކުން ބެލިކަމުގައި ވިޔަސް ވެސް،" ގުޅުން ރަނގަޅު ވާނީ 1967 ގައި ފަލަސްތީނުގެ ބޯޑަރު އޮތް ގޮތަށް އަލުން ބަދަލުކޮށްގެންކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.

Advertisement

މީގެ ކުރިން ވެސް ސައުދީ އަރަބިއްޔާއިން ބުނެފައި ވަނީ އިޒްރޭލާއެކު ގުޅުން ގާއިމް ކުރާނީ ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ވުމުގެ ފުރުސަތު ދިނުމުން ކަމަށެވެ.

"ފަލަސްތީނަކީ އަމިއްލަ އިސްތިގްލާލާއި ބާރު އޮތް ފަހުރުވެރި ދައުލަތަކަށް ހެދުމުގެ ސުލްހައިގެ އެއްބަސްވުމެއް ގެނައުމަކީ އަޅުގަނޑުމެން ހަގީގަތަކަށް ހަދަން ޖެހިފައިވާ ކަމެއް،" މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފައިސަލް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން އިޒްރޭލާއެކު ރަނގަޅު ގުޅުމެއް ގާއިމްވުމަކީ ސައުދީ އަރަބިއްޔާއިން އަބަދުވެސް އުއްމީދު ކުރާ ކަމެއް ކަމަށާއި 1967 ގައި އޮތް ބޯޑަރު އަލުން ފަލަސްތީނަށް ލިބިއްޖެ ނަމަ ގުޅުން ގާއިމް ކުރަން ތައްޔާރު ކަމަށް ފައިސަލް ވިދާޅުވި އެވެ.

އަރަބި ގައުމުތަކުގެ ތެރެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހްރެއިނުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އިޒްރޭލާ ގުޅުން ގާއިމްކޮށްފަ އެވެ. އޭގެ ފަހުން ސޫދާނާއި މޮރޮކޯއިން ވެސް ވަނީ އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފަ އެވެ.

އެ ގައުމުތަކުން ސޮއިކުރި އެއްބަސްވުންތަކަކީ 1979 ގައި މިސްރު އަދި 1994 ގައި އުރުދުން އިން އިޒްރޭލާއެކު ގުޅުން ގާއިމްކުރި ފަހުން އަރަބި ގައުމުތަކުން އިޒްރޭލާއެކު އެކުލަވާލި ފުރަތަމަ އެއްބަސްވުންތަކެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައިގެން މިދިޔަ އަހަރު އެކުލަވާލި އެއްބަސްވުންތަކުގައި އިޒްރޭލުން އެއްބަސްވެފައި ވަނީ ފަލަސްތީނުގެ އިތުރު ބިންތައް އަތުލުމަށް ނިންމާފައި އޮތް ނިންމުމެއް މަޑުޖައްސާލުމަށެވެ.

ފަލަސްތީނުގެ އޮފިޝަލުން އެ އެއްބަސްވުންތައް ސިފަކުރީ "ފަލަސްތީނުގެ ހައްގުތަކާއި ފަލަސްތީނު ރައްޔިތުންގެ ބުރަކަށިތަކަށް ދިން ހަމަލާއެއް" ގޮތުގަ އެވެ.

ފަލަސްތީނާއި އިޒްރޭލަށް ސުލްހަވެރިކަމާއެކު މިނިވަން ދެ ދައުލަތުގެ ގޮތުގައި ދެމިއޮވެވޭނެ ހައްލެއް 2002 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން ފުރަތަމަ ހުށަހެޅި އަރަބް ޕީސް އިނީޝިއޭޓިވްގެ ދަށުންނެވެ.

އެ އިނީޝިއޭޓިވްގެ ދަށުން 1967 ގައި ކުރި ހަނގުރާމައަށް ފަހު އިޒްރޭލުން އަތުލި ބިންތައް އަލުން އަނބުރާ ހަވާލުކުރުމުން އަރަބި ގައުމުތަކުން އިޒްރޭލާއެކު ގުޅުން ބާއްވާނެ ކަމަށް ލިޔެފައި ވެއެވެ. އަނބުރާ ހަވާލުކުރަން ޖެހޭ ބިންތަކުގެ ތެރޭގައި ހިމެނެނީ މިހާރު ޔަހޫދީން އާބާދުކޮށްފައިވާ ގޯލާން ހައިޓްސް، އިރުމަތީ ގުދުސް އަދި ހުޅަނގު އައްސޭރި އެވެ.

އެ އިނީޝިއޭޓިވް ހުށަހެޅުމާއެކު ފާއިތުވި 20 އަކަށް އަހަރުގެ ތެރޭގައި އަރަބި ލީގުން ވަނީ އެކަމަށް ތާއީދު ކުރާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. ނަމަވެސް އިޒްރޭލުން އެކަމަށް އިޖާބަ ދިނުމުގެ ބަދަލުގައި ޔަހޫދީން އާބާދުކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާތީ އެ ހުށަހެޅުން ތަންފީޒު ކުރެވިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox