ނަބީގެ ލައިފްސްޓައިލް ބްލޮގުގެ ތެރެއަށް ވަދެ ގެއްލިދާނެ!

ނަބީގެ ލައިފްސްޓައިލް ބްލޮގުގެ ތެރެއަށް ވަދެ ގެއްލިދާނެ!

އުމުރުން 30 އަހަރުގެ މި ލައިފްސްޓައިލް ބްލޮގަރުގެ ބްލޮގަށް ވަދެފައި ނިކުންނާކަށް ނޭނގޭނެ އެވެ. އޭނާގެ "އެވާ ސޯ ޕާފެކްޓް" ލައިފް އާއި "ގްލެމަރަސް" ސިޓިން ރޫމްގެ ހިތްގައިމުކަމަށް "ގެނބިގެން" އޮވެފައި ތެދުވާ ހިތެއް ނުވާނެ އެވެ. އެހާ ވެސް ސަޅި އެވެ. މިއީ އިންސްޓަގްރާމްގައި ސާދާ ހާހަށްވުރެ ބޮޑު ފޮލޯބޭސް އެއް އޮތް ނަބީލާ ޝިޔާމް (ނަބީ) ނުވަތަ އެކުވެރިންގެ ނަމުން ނަމަ، ނާއީގެ އިންސްޓަގްރާމް ލައިފް ގެ ގަދަ އައްޔާއި، އަސްލު ދިރިއުޅުމުގެ ނުދައްކާ ކުލަތަކުގެ ވާހަކަ އެވެ.

"ބޭސިކަލީ ވަޓް އައި ޑޫ އިޒް ބްލޮގިން. ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެއިން، ނާއީ ތަޖުރިބާ ކުރާ ކަންކަން، ނުވަތަ ނާއީގެ ހިޔާލަށް އަންނަ ކަންކަން ފޭނުންނަށް، ނުވަތަ އޯޑިއަންސަށް އެކި ގޮތް ގޮތަށް ގެނެސްދެނީ."

"ބައެއް ފަހަރު މި ދެނީ ޓިޕްސް. އަނެއްބައި ފަހަރު ހިޔާލަށް އަންނަ ވާހަކައެއް ނުވަތަ ސުވާލެއްގެ ގޮތުގައި. އަނެއްބައި ފަހަރު މި ދެ ކަންތައް އެކުގައި ލޯބި ގިވްއަވޭ އަކާ ވެސް އެކު،" ނަބީގެ މި ވާހަކަ ފަށައިގަންނަމުން ބުނެލީ މިހެންނެވެ.

އޭނާގެ ބްލޮގުން ގޭތެރެ ރީތިކުރާނެ ގޮތުގެ ޓިޕްސް އިން ފެށިގެން އެންމެ އާދައިގެ ދުވަހެއްގައި "ކުއިކް" ރެސިޕީ ތައްޔާރުކުރާނެ ގޮތުގެ ޓިޕްސް އާއި "އިންސްޓާ ވޯތީ" ފޮޓޯ ގަނޑެއް ނަގާނެ ގޮތުގެ އަންލިމިޓެޑް ޓިޕްސް އެ އޮތީ ހާމައަށް އަޅައި އަތުރައިފަ އެވެ.

ސައިޑް ޕެޝަން އެއް!

އަހަރެން ކަހަލަ ލިޔާ މީހަކަށް ދެތިން ކަމެއް އެއްވަރަކަށް ފުރިހަމައަށް ކުރާ މީހަކު ފެނުމުން ބުނެވޭނީ މިކަހަލަ ގޮތަކަށެވެ. ސަބަބަކީ، މި ޒުވާން ބްލޮގަރެއްގެ އަސްލު ތައާރަފު ފެށެނީ ކޭކު އަޅާ މީހެއްގެ ބުރަ ވަޒީފާއިން ނެވެ. އޭނާގެ ދުވަހު މަސައްކަތަކީ އެއީ އެވެ.

އުމުރުން 18 އަހަރުގައި ކައިވެނިކޮށްގެން ފިރިމީހާ އާއި ދެމީހުން އެކުގައި ބޭރަށް ކިޔަވަން ދާން ފައިސާ އެއްކުރަނިކޮށް ދިރިއުޅުމަށް ނަގައި އެއްލައިލި ބިޔަ ރާޅެއްގައި ހުރިހާ ޕްލޭނެއް ވިހާލިވެ، ހޫރިގެން ދިޔައީ ޕްލޭން "ބީ" އަކާއި މެދު ނުވެސް ވިސްނައި ހުއްޓަ އެވެ. އެކަމަކު އުންމީދުގެ ކުރި މަރާ ނުލައި، ގައިން ވެލި ފޮޅާލައި ނަބީ ތެދުވެ ދުއްވައިގަތީ ވެއްޓިގެން ގޮސް ޖެހުނު ބާރު މިނަށްވުރެ ވެސް ހަލުވިކޮށެވެ.

"ދިރިއުޅުމުގަ ދިމާވާނެ ނުވެސް އެނގި ވާ ކަންކަން. އެކަހަލަ ކަމެއް ނަބީއަށް ވެސް ދިމާވީ. ދެން އެ ކަންތައްތަކާ އެކު ޕްލޭންތައް މުޅިން ބަދަލުކޮށްލަން ޖެހުނީ. އެ ދަނޑިވަޅުގައި މަންމަ ދިނީ ގޭގައި ހުރެގެން ކޭކު އަޅައި ވިއްކައިގެން އާމްދަނީ ހޯދުމުގެ ހިޔާލު،" ކުޑަ އިރުއްސުރެ ކްރިއޭޓިވް ކަންކަމަށް ލޯބިކުރާ ނަބީ ކިޔައިދިނެވެ.

އެއީ 2015 ވަނަ އަހަރުގެ މެދުތެރެ އެވެ.

ތަޖުރިބާއެއް ނެތި ސުމަކުން ފެއްޓި އެ ވިޔަފާރި މިހާރު މީހުންގެ މެދުގައި މަގުބޫލެވެ. އިންސްޓަގްރާމްގައި "ލޫޝިއަސް ލޭޔާސް ބައި ނާއީ" އަކީ އޭނާގެ ފޮނި ކާއެއްޗެހީގެ "ވާޗުއަލް ގެލެރީ" އެވެ.

ބްލޮގް ލައިފް

ދެން އޮތީ ނަބީގެ މި ލައިފްސްޓައިލް ބޮލޮގެއްގެ ވާހަކަ އެވެ.

"އަސްލު ހިއެއް ނުވޭ މިކުރާ ގޮތަށް ލައިފްސްޓައިލް ބްލޮގް ކުރާ ދިވެހި ކުއްޖަކު ހުރިހެނެެއް. މިހެން ބުނީމަ ބައެއް މީހުން ހިތަށް އަރާފާނެ މިއީ ކޮންމެހެން ކުރުން މުހިއްމުކަމެއް ހޭ ވެސް،" ނަބީ ބުންޏެވެ.

އިންސްޓަގްރާމްގައި އުޅޭ އިންފްލުއެންޝަލް ބްލޮގަރުންނަކީ އެމީހުން ހިއްސާކުރާ ހިޔާލާއި މައުލޫމާތާއި ފޮޓޯ އިން މީހުންގެ ދިރިއުޅުމަށް ކޮންމެވެސް ކަހަލަ ބަދަލެއް ގެންނަން މަސައްކަތްކުރާ މީހުންނެވެ. ބައެއް މީހުންނަކީ އެމީހުންގެ ޕްރޮފެޝަނަލް މަސައްކަތްތަކާއި ހުނަރާއި އާޓު ޕްރޮމޯޓްކޮށް އޭގެއިން އިމްޕެކްޓެއް ގެންނަ މީހުންނެވެ. އަނެއްބައި މީހުންނަކީ ދިރިއުޅުމުގައި ކުރާ ތަފާތު ތަޖުރިބާ ފިލްޓަރު ކުރުމެއް ނެތި ހިއްސާކޮށްގެން އިމްޕެކްޓް ގެންނަ މީހުންނެވެ. މީގެ ތެރޭގައި "ބޯލްޑް" ކޮށް މަދަހުޑްގެ ތަޖުރިބާ އާއި އިހުސާސް ތައް ހިއްސާކުރާ މައިން ވެސް އުޅެ އެވެ. މެންޓަލް ހެލްތު އެޑްވޮކޭޓުން ވެސް އުޅެ އެވެ.

ނަބީ އޭނާގެ ބްލޮގުގައި ހިއްސާކުރަނީ ގޭތެރޭގެ އެކި ކަންކަމާ ގުޅޭ ޓިޕްސް ތަކާއި ހެދުން އެޅުމާއި ކެއްކުމާއި މިހެން ގޮސް އާންމު ދިރިއުޅުމާއި ގުޅިފައިވާ ވަރަށް ގިނަ ކަންކަން އޭނާ ކުރާ ކުރާ ގޮތް ނުވަތަ އެއަށްވުރެ ސްމާޓްކޮށް އެކަންކަން ކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރާ ގޮތެވެ.

"މިސާލަކަށް، 'ވަޓް އިޒް އިން މައި ބޭގް' ހޭޝްޓެގްކޮށްފަ ފްލެޓް ލޭ ފޮޓޯ އެއް ނަގާއިރު، އެއަށް އެބަ ލަން އަންހެން ކުއްޖެއް ވެއްޖިޔާ ބޭރަށް ތަނަކަށް ދާއިރު ދަބަހުގައި ކޮންމެހެން ހުންނަން ބޭނުންތެރި، އެކަމަކު ހަނދާން ނެތިގެން ދަބަހަށް ނުލެވި ދާ ކުދި ކުދި އެއްޗެހި. މިސާލަކަށް، ގިނަ އިރަށް ތަނަކަށް ދާނަމަ ޕަވާ ބޭންކެއް މުހިއްމު، ލިޕްސްޓިކެއް އޮވެއްޖިއްޔާ ފްރެޝް ލޫކް ގިނަ އިރަށް ހުންނާނެ، ދެން ސެނިޓައިޒާ ފުޅިއެއް މިހާރު ކޮންމެހެން އެބަ އޮންނަން ޖެހޭ. މިއީ ކުދި ކުދި، އެކަމަކު ބޭނުންތެރި އެއްޗެހި." ނަބީ ކިޔައިދިނެވެ.

"ނޫނީ ބިޒީ ދުވަހެއްގައި ފަސޭހައިން މީރުކޮށް ހަދާލައިގެން ކާލެވޭނެ ކޮންމެވެސް ކަހަލަ ކާއެއްޗެއްގެ ރެސިޕީއެއް ދޫކޮށްލުމުން އެއިން ވެސް ފައިދާކުރާ މީހުން އުޅޭނެ،"

ނަބީގެ ބްލޮގުގައި ޝެއާކުރާ ޕޯސްޓް ތަކުގެ ތެރެއިން ފޮލޯވާސް އަށް އެންމެ ކަމުދަނީ އޭނާގެ ގޭތެރޭގެ ހިތްގައިމު ކަމެވެ. ރީތި ވޯލް ޕޭޕާ ހަރުކޮށް، ގަސްތަކުން ފެހިކޮށްފައި އޮންނަ އެ ސިޓިން ރޫމުގެ "ޑްރީމީ ލޫކް" އާއި އެ ތަނުގައި ބަހައްޓާފައި ހުންނަ ރީތި ޑިޒައިންތަކުގެ ޑެކަރޭޓިވް ސާމާނުތަކާ އެކު ފޮޓޯތަކަށް އެތަން ފެންނަ އިރު ޖާދުލެއްހާ ޗާލެވެ.

"ވަރަށް ގިނަ މީހުން ބުނާނެ 'ސޯ ޕާފެކްޓް' އޭ. ނަބީ ހާދަ ރިޗް އޭ ވެސް. އަނެއް ބައި މީހުން ބުނާނެ ލިބޭތީވެ ޝޯ އޮފް ކުރަނީ އޭ ވެސް. އެކަމަކު މިއީ އަސްލު ޝޯ އޮފް ކުރުމެއް ވެސް ނޫން، އެހާ ފުރިހަމަ ކޮށް އެ ފެންނަ ސަބަބަކީ ފޮޓޯ ފުރިހަމަ ކުރުމަށް ކުރާ މަސައްކަތް ވެސް ގިނަ ވީމަ،" ނަބީ ބުންޏެވެ.

އޭނާ ބުނީ، ސިޓިން ރޫމްގެ ފޮޓޯއެއް ލާއިރު އަންގައިދޭން މަސައްކަތްކުރަނީ، ދިރިއުޅުން ކޮންމެ ގޮތަކަށް އޮތަސް ގޭތެރެ އަކީ އެމީހެއްގެ "ޕީސް ހެވަން" އަށް ހެދި ދާނެ ކަމެވެ. އެހެންވީމަ ބޭނުން ވަނީ ނަބީގެ އެކަހަލަ ކޮންމެ ޕޯސްޓެއް ފެންނަ މީހަކަށް އެ މެންޓަލިޓީ ފޯރުކޮށްދޭން ކަމަށެވެ.

"ޕާފެކްޝަން އަކީ ހަގީގަތެއް ނޫން. ނަބީގެ ލައިފް ސްޓައިލް ވެސް ހަމަ އެހެން. މިހާރު ވެސް މި އުޅެނީ މީހާ ފަލަވެގެން އަނެއް އަތަށް އަޅާ އިރު ވެސް ކަސްރަތަށް ދޭންވާ މުހިއްމުކަން ނުދެވިގެން،" ހިނިގަނޑަކާ އެކު ނަބީ ބުންޏެވެ.

ހުޅުމާލޭގެ އެންމެ ކުރީގެ ފްލެޓެއްގައި ދިރިއުޅޭ ނަބީގެ "ޕާފެކްޓް" ފްލެޓުގައި ހުރީ މުޅިން އަގު ބޮޑެތި ސާމާނެއް ވެސް ނޫނެވެ. އެއީ، ފަސޭހައިން ލިބެން ހުންނަ ކުދި ކުދި ރީތި އެއްޗިއްސާއި، ތަންތަނަށް ދަތުރު ކުރާއިރު ހޯދާ ރީތި ސާމާނުތަކާއި އަމިއްލަ ކްރިއޭޓިވިޓީ ބޭނުންކޮށްގެން ހަދާފައި ހުންނަ އެއްޗެހިން ޒީނަތްތެރި ކޮށްފައިވާ ކުޑަ ފުލެޓެކެވެ.

"ދެން ފޮޓޯ ނަގާއިރު ވެސް އަންނާނެ ވަރަށް މޮޅެތި އައިޑިއާތައް. ކޮއްކޮ ވެސް އަބަދުވެސް އެހީތެރިވާނެ. ނަބީ ޕޯސްޓެއް ލުމުގެ ކުރިން ކޮއްކޮ އޭތި ރިވިއު ކޮށްފަ ކޮމެންޓް ކުރާނެ. އެހެންވީމަ އެއީ ނަބީއަށް ވަރަށް އަގުހުރި ކޮމެންޓް. އެ ކޮމެންޓް ތައް އަޑު އަހާފަ އިތުރަށް ފުރިހަމަ ކުރަން ޓްރައި ކުރަނީ،" ނަބީ ބުންޏެވެ.

"މައި ހަޒްބެންޑް އަކީ ދެގޮތެއް ނުވާ ސަޕޯޓް ސިސްޓަމެއް. މަންމަ އާއި ބައްޕަ ވެސް ވަރަށް ސަޕޯޓިވް. މިހެން މި ހުރެވެނީ އެމީހުންނާ ހެދި،"

އޭނާގެ ފްލެޓް ލޭ ޕޯސްޓް ތަކާއި ގިވްއަވޭ ޕޯސްޓް ތަކަކީ ވެސް ފޭނުންނަށް މަރެކެވެ. ނަބީ އަކީ އޭނާގެ ފޭނުންނަށް މުނާސަބަތެއް ނެތަސް، ރެންޑޮމް ގިވްއަވޭ ތައް ވެސް ދޫކުރާ މީހެކެވެ. އެއީ ވެސް އަމިއްލަ ހިތްހަމަ ޖެހުމަށް ކުރާ ކަމެއް ކަމަށް ނަބީ ބުންޏެވެ.

"ގިވް އަވޭއެއް ދެންޏާ ވެސް ނަބީ ކުރީ ބައިގަ ސޭވް ކުރަން ފަށަން. ކޮންމެހެން ބޮޑެތި ބްރޭންޑް ތަކުގެ އެއްޗެހި އެކަންޏެއް ނޫން ނަބީ ދެނީ. އެއީ ހަމަ މީހަކަށް އެއްޗެއް ދެވުނީމަ އުފާ ލިބޭތީ އަމިއްލަ އުފަލަށް ކުރާ ކަމެއް." ނަބީ ބުންޏެވެ.

ކުރިއަށް އޮތީ ނަބީ އަށް ބުރަ ދުވަސްކޮޅެކެވެ. ކޭކު އޯޑާސް ދުވަހުން ދުވަހަށް ނިންމަމުން ރޯދަ މަހު ބްލޮގަށް އަޅަން ހާއްސަ ރެސިޕީ ތައްޔާރުކުރުމުގައި އޭނާ އުޅެނީ އަވަދިނެތި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox