ޑިމާންޑް ބޮޑުވެ ގްރީލިޝްގެ އަގު 100 މިލިއަން ޑޮލަރަށް

Apr 2, 2021, 10:12 AM
އެސްޓަން ވިލާގެ މިޑްފީލްޑަރު ގްރީލިޝް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އެސްޓަން ވިލާގެ މިޑްފީލްޑަރު ގްރީލިޝް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ބާމިންހަމް (އޭޕްރީލް 1) - އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް އަށް ބޮޑެތި ކްލަބްތަކުގެ ޑިމާންޑް ބޮޑުވެ އެ ކްލަބުން އޭނާ ވިއްކާލަން ކިޔާ އަގު 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި އެވެ.

އުމުރުން 25 އަހަރުގެ ގްރީލިޝް ހޯދަން މިދިޔަ ސީޒަނަށް ފަހު ކްލަބްތަކުން މަސައްކަތްނުކުރީ ކޮވިޑް-19ގެ ސަބަބުން ކްލަބްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އާ ކުޅުންތެރިން ހޯދަން މާ ބޮޑު އިންވެސްޓެއް ކުރަން ކްލަބްތަކުގެ ވެރިން ވެސް ބޭނުންނުވާތީ އެވެ. އެކަމަކު މި ސީޒަނުގައި ގްރީލިޝް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާގެ ޑިމާންޑް ވަނީ ބޮޑުވެފަ އެވެ.

މިދިޔަ ސީޒަނަށް ފަހު ނަމަ ގްރީލިޝް ވިއްކާލަން އެސްޓަން ވިލާ އިން ކިޔާ އަގު އުޅުނީ 70 މިލިއަން ޑޮލަރުގަ އެވެ. ގްރީލިޝް ވަނީ މި ސީޒަން ފެއްޓުމުގެ ކުރިން އެސްޓަން ވިލާއާ އެކު އިތުރު ފަސް އަހަރަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

އެކަމަކު ފަހަކަށް އައިސް އެސްޓަން ވިލާގެ އިތުރުން އިންގްލެންޑް ގައުމީ ޓީމުގައި ވެސް ގްރީލިޝް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އޭނާގެ ސޮއި ހޯދަން ކްލަބްތަކުން ވަނީ ކިޔޫ ދަމާލައިފަ އެވެ. އަދި މި ސީޒަނަށް ފަހު އެސްޓަން ވިލާ އިން ބޭނުން ވިޔަސް ގްރީލިޝް އެ ޓީމުގައި މަޑުކުރުވުން ވާނީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. ސަބަބަކީ ގްރީލިޝް އިންގްލެންޑް ގައުމީ ޓީމުގެ މަގާމު ދަމަހައްޓަން ބޭނުންނަމަ ޗެމްޕިއަންސް ލީގު ފަދަ ބޮޑެތި މުބާރާތްތަކުގައި ކުޅުން މުހިއްމުވާއިރު, އެސްޓަން ވިލާގައި ހުރެގެން އެކަން ކުރެވޭނެ ގޮތެއް ނެތުމެވެ.

ރިޕޯޓްތައް ބުނާގޮތުން ގްރީލިޝްގެ ސޮއިހޯދަން މަސައްކަތްކުރާ ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ލިވަޕޫލް ހިމެނެ އެވެ. ގްރީލިޝް އަކީ މިނިޓަށް ބަލާއިރު މި ސީޒަނުގައި އެންމެ ބޮޑަށް ލަނޑު ޖަހާނެ ފުރުސަތު އެންމެ ގިނައިން ތަނަވަސްކޮށްދިން ކުޅުންތެރިޔާ އެވެ. ގްރީލިޝް އަކީ ދުނިޔޭގެ ކޮންމެ ޓީމެއްގެ ފުރަތަމަ އެގާރައިގައި ވެސް ކުޅެވޭނެ ކުޅުންތެރިއެއް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ދާދި ފަހުން ބުނެފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ގްރީލިޝް ވަނީ 2013/2014 ވަނަ އަހަރުގެ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ނޮޓްސް ކައުންޓީ އަށް ކުޅެފަ އެވެ. އޭނާ އެސްޓަން ވިލާގެ ކެޕްޓަނަކަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ. އަނިޔާގެ ސަބަބުން މިދިޔަ ހަފްތާތަކުގައި ކުޅުމާ ދުރުގައި ހުރި ގްރީލިޝް ވަނީ ފިޓްވެގެން އައިސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox