17 ބޭހެއްގެ ހަމަ އަގު އާސަންދައިން ކަނޑައަޅަނީ

އާސަންދައިގެ މެނޭޖިން ޑިރެކްޓާ މަރިޔަމް ޝަފީގް، "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ބޭސްތަކެއްގެ ހަމަ އަގު ކަނޑައެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

އާސަންދައިގެ މެނޭޖިން ޑިރެކްޓާ މަރިޔަމް ޝަފީގް، "އަދަދު" އަށް އިންޓަވިއޫ ދެއްވަނީ: ބޭސްތަކެއްގެ ހަމަ އަގު ކަނޑައެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ވިއްކަންޖެހޭ އަގަށް ވުރެ ބޮޑުކޮށް ބޭސް ފިހާރަތަކުން ވިއްކާ 17 ބޭހެއްގެ އަގު ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އާސަންދަ އިން ބުނެފި އެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް "އަދަދު" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ރާއްޖެއަށް ވަކި ބޭސްތަކެއް އެކްސްކްލޫސިވްކޮށް އެތެރެ ކުރާ ފާމަސީތަކުން އަގު ބޮޑުކޮށް އެ ބޭސްތައް ވިއްކާކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ބޭނުން ކޮންމެ އަގެއްގައި ނުއެއް ވިއްކޭނެ އަސްލުގައި. ބޭހަށް ހުންނާނެ މެކްސިމަމް ޕްރައިޒްސްތަކެއް [ގާނޫނުގެ ދަށުން] ސެޓްވެފައި. މެކްސިމަމް ޕްރައިސްތައް މި އެ ސިސްޓަމަށް ވަނީމަ ދެން،" މަރިޔަމް ވިދާޅުވި އެވެ.

Advertisement

އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަނީ ބޭހަށެވެ. މިދިޔަ އަހަރު އާސަންދައިން 700 މިލިއަން ރުފިޔާ ބޭހަށް ހަރަދު ކޮށްފައިވާއިރު އެއީ މުޅި ބަޖެޓްގެ 37 ޕަސެންޓެވެ.

ބޭސް ވިއްކުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ބޭސް އެތެރެ ކުރާ މީހުންނަށް ހޯލްސޭލް ކުރެވޭނީ ބޭސް ގަންނަ އަގުގެ 25 ޕަސެންޓަށް ވުރެ މަތި ނުގާ އަގެއްގަ އެވެ. ރާއްޖޭގައި ބޭސް ރީޓެއިލް ކުރާ ފިހާރަތަކުން ބޭހެއްގެ އަގު އެންމެ ބޮޑު ކުރެވޭނީ ގަންނަ އަގުގެ 50 ޕަސެންޓާ ހަމައަށެވެ.

މަރިޔަމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ކުޑަ ކުރާނެ 17 ބޭހުގެ އަގު ކަނޑައަޅަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ބޭހުގެ ވިޔަފާރީގެ ތަފްސީލް ބެލުމަށްފަހު އެންމެ ބޮޑުކޮށް ވިއްކޭނެ އަގު ހޯދުމަށްފަހު ކަމަށެވެ.

ބޭސް ހަމަ އަގަށް ގެންނަން ކުރާ މަސައްކަތުގެ ތެރެއިން "ޒޮވަންޓާ" ކިޔާ ބޭހެއްގެ އަގު މިހާރު ވެސް އާސަންދައިން ވަނީ ކުޑަކޮށްފަ އެވެ. އެއާއެކު އާސަންދައިގެ ހަރަދުތަކުން އަހަރަކު 12 މިލިއަން ރުފިޔާ ކުޑަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް ބޭހުގެ އަގަށް ބަދަލު ގެންނަން މަސައްކަތް ކުރާތީ ބޭސް ވިއްކާ ފިހާރަތަކުން މިހާރު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޒޮވަންޓާގެ އަގުދަށް ކުރުމުން މޯލްޑިވްސް ފާމަސޫޓިކަލް އެންޑް ހެލްތުކެއާ ޑިސްޓްރިބިއުޝަން އެސޯސިއޭޝަންގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ތުހުމަތުކޮށްފައި ވަނީ މާކެޓުގައި ހުރި އެންމެ އަގު ދަށް ބޭސް ގަތުމަށް އާސަންދަ އިން އާންމުންނަށް މަޖުބޫރު ކުރާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި މަރިޔަމް ވިދާޅުވީ އެންމެ އަގު ހެޔޮ ބޭސް ގަންނަން އާސަންދައިން މަސައްކަތް ނުކުރާ ކަމަށާއި އާސަންދައިގެ ވިސްނުމަކީ ހަމަ އަގުގައި ބޭސް ގަތުން ކަމަށެވެ.

"އަޅުގަނޑުމެންނެއް އެ ބޭފުޅުންނަކަށް ވެސް ނާންގަން އެންމެ އަގުހެޔޮ ބޭސް ގެންނާކަށެއް ވެސް. އެކަމަކު އާސަންދައިން ބޭނުންވާނެ އެ ގެންނަ ބޭހެއް ކޮންމެ ބޭހެއް ގެނަޔަސް ހަމަ އަގެއްގައި ވިއްކުން. އެއީ މިސާލަކަށް އެއްބައި ހަމަ އެއް ބްރޭންޑެއްގެ ބޭހެއް އެއް ފާމަސީއަކުން ވިއްކަފާނެ ފަސް ރުފިޔާއަށް. އަނެއް ފާމަސީއަކުން ފެނިދާނެ 15 ރުފިޔާއަށް،" އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ ހަމައަގަށް އާސަންދަ ދިނުމަށް މިހާރު މަސައްކަތް ކުރާ 17 ބޭހުގެ އަގު ކަނޑައެޅުމާ އެކު ވެސް އާސަންދައިގެ ހަރަދު ބޮޑުތަނުން ކުޑަ ކުރެވޭނެ ކަމަށެވެ. އެ 17 ބޭހަކީ އާއްމުކޮށް ވިކޭ ބޭސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox