20 އަހަރު ތެރޭ ޖަރުމަނުގެ ފުރަތަމަ ބަލި

ޖަރުމަނު އަތުން މޮޅުވުމަށް ފަހު ނޮދަން މެސެޑޯނިއާ ކުޅުންތެރިން އުފާފާޅުކުރަނީ

ޖަރުމަނު އަތުން މޮޅުވުމަށް ފަހު ނޮދަން މެސެޑޯނިއާ ކުޅުންތެރިން އުފާފާޅުކުރަނީ

މިއުނިކް (އޭޕްރީލް 1) - ވޯލްޑް ކަޕް ކޮލިފައިންގައި ނޮދަން މެސެޑޯނިއާ އަތުން 2-1 އިން ބަލިވެ 2014 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު މިދިޔަ 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކޮލިފައިން މެޗަކުން ބަލިވެއްޖެ އެވެ.

ޖަރުމަނު އެންމެ ފަހުން ވޯލްޑް ކަޕް ކޮލިފައިން މެޗަކުން ބަލިވީ 2001 ވަނަ އަހަރު އިންގްލެންޑް އަތުންނެވެ. އިންގްލެންޑުން ޖަރުމަނު ދަނޑުގައި އެ ފަހަރު މޮޅުވީ 5-1 އިންނެވެ. އޭގެ ފަހުން ކޮލިފައިންގައި ކުޅުނު 35 މެޗުން ޖަރުމަނު ބަލިވެފައިނުވެ އެވެ.

ރޭގެ މެޗުގައި ނޮދަން މެސެޑޯނިއާ އަށް ލީޑުނަަގައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކުރިން އިންޓަ މިލާނާއި އިޓަލީގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ގޯރާން ޕަންޑޭވް އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 63 ވަނަ މިނިޓްގައި ޖަރުމަނަށް ނަތީޖާ ހަމަހަމަކޮށްދިނީ މެންޗެސްޓާ ސިޓީ އަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިލްކާއި ގުންޑޮގާން އެވެ. މިއީ ލެރޯއި ސާނޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން ގުންޑޮގާން ޖެހި ޕެނަލްޓީ އެކެވެ.

Advertisement

ޖަރުމަނަށް ލީޑުނަގައިދޭން ޓިމޯ ވާނާ އަށް ލިބުނު ރަނުގެ ފުރުސަތު އޭނާ އަތުން ގެއްލުނުއިރު, ދުނިޔޭގެ ރޭންކިންގެ 65 ވަނައިގައި އޮތް މެސެޑޯނިއާ މެޗުން މޮޅުވީ 85 ވަނަ މިނިޓްގައި އެލްމާސް އެވެ. މި މެޗުގައި ޖަރުމަނު ކޮޅަށް ވަން ގޯލުތަކަކީ މި ފަހަރުގެ ކޮލިފައިންގައި އެ ޓީމު ކޮޅަށް ވަން ފުރަތަމަ ގޯލުތަކެވެ.

ރޭގެ ނަތީޖާއާ އެކު ޖަރުމަނު ވަނީ ކޮލިފައިން ގްރޫޕް ޖޭގެ ތިން ވަނަ އަށް ވެއްޓިފަ އެެވެ. ގްރޫޕްގެ އެއް ވަނައިގައި އޮތީ ރޭ ރުމޭނިއާ އަތުން 3-2 އިން މޮޅުވެ, ކޮލިފައިންގައި މިހާތަނަށް ސައްތަ އިން ސައްތަ ރެކޯޑެއް ދަަމަހައްޓަމުން އަންނަ އާރްމީނިއާ އެވެ. އެ ޓީމަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތީ ރޭގެ މެޗުން މޮޅުވި ނޮދަން މެސެޑޯނިއާ އެވެ. ނޮދަން މެސެޑޯނިއާ އާއި ތިން ވަނައިގައި އޮތް ޖަރުމަނަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު, ނޮދަން މެސެޑޯނިއާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ޔޫރަޕްގެ ގަދަބާރުތަކުން ރޭ ކޮލިފައިންގައި ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު އަނިޔާގެ ސަބަބުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ރޮބަޓް ލެވަންޑޯސްކީ ނުލައި ކުޅުނު ޕޮލެންޑް އަތުން އިންގްލެންޑް ވަނީ 2-1 އިން މޮޅުވެފަ އެވެ. ކޮސޯވޯ އަތުން 3-1 އިން ސްޕެއިން މޮޅުވިއިރު, ރަށުންބޭރުގައި ކުޅުނު މެޗުން ފްރާންސް ވަނީ 1-0 އިން ބޮސްނިއާ އަތުން މޮޅުވެފަ އެވެ. އަދި އިޓަލީން ލިތުއޭނިއާގެ މައްޗަށް 2-0 އިން ކުރިހޯދިއިރު, ޑެންމާކް ވަނީ ރަށުންބޭރުގައި އޮސްޓްރިއާ އަތުން 4-0 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox