ޝިއުނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ތާއިދެއް ނެތް

ޝިއުނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ތާއިދެއް ނެތް

ވެންޓިލޭޓަރުތަކުގެ މައްސަލާގެ ތަހުގީގު ގޮސްފައިވާ ގޮތާމެދު ހިތްހަމަނުޖެހޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ އެވެ.

ކޮވިޑްގެ އެންމެ ގޯސް ހާލަތަށް ތައްޔާރުވުމަށް ސަރުކާރުން ހޯދަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލާގައި އިހުމާލުވި މީހުންނަށް ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ނިންމަވާފައިވާތީ، މަޝްރަހު ވަނީ ހޫނުވެފަ އެވެ. އެކަމުގެ ހޫނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝަމީމާއި ޝިއުނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ފެންނަ ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ތާއިދު ކުރައްވާފައިވެ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕެއް އެކަމާ ގުޅޭ ގޮތުން ބޭއްވި އެވެ. އެ ބައްދަލުވުމުގައި ޝިއުނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާމެދު ވޯޓަށް ދިޔައިރު ޝަމީމްގެ ވާހަކައެއް ނެތެވެ.

ޝިއުނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ. އޭނާގެ އެ ހުށަހެޅުއްވި ހުށަހެޅުމަށް 13 ވޯޓު ލިބުމުގެ ސަބަބުން އެކަން އެގޮތަށް ކުރެވޭ ގޮތެއް ނުވި އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝިއުނާ ވިދާޅުވެފައިވަނީ، މައްސަލައެއް ނިމޭ ގޮތަކުން ކޮންމެ ފަހަރަކު އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގެ ވާހަކަ ފެންމަތިވާނަމަ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ މާހައުލު ގެއްލިގެންދާނެ ކަމަށެވެ. ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީއިން ދޫނުކުރާނެ ކަމަށާއި އޭގައި ޒިންމާވާ މީހުންނަށް ފިޔަވަޅު އެޅުމުގައި ކާމިޔާބު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ކުރެވެން ނެތްކަން ޕީޖީ ޝަމީމް ވަނީ ދެވަނަ ފަހަރަށް އޭސީސީއަށް އަންގާފަ އެވެ. ނަމަވެސް އޭސީސީއިން އަނެއްކާވެސް ވަނީ މައްސަލަ ރިވިއު ކުރުމަށް އެދިފަ އެވެ. އެ ހުށަހެޅުމާ ގުޅޭ ގޮތުން ޕީޖީ އަދި ގޮތެއް ނުނިންމަވަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން އިސްތިއުފާ ދެއްވަން ޖެހިއްޖެނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އިދިކޮޅު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ނިންމާފަ އެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބޮޑު ހިޔާނާތެއް ހިންގާފައިވާއިރު އެކަމުގައި ޒިންމާވާނެ މީހަކު ނެތުމަކީ ސީރިއަސް ކަމެއް ކަމަށެވެ. އެހެންވެ، ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށް ނިންމާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލަ ބެލުމަށް އެމްޑީޕީގެ ގިނަ މެންބަރުން ވެސް ބޭނުންވާއިރު ޝަމީމްގެ އިތުބާރު ނެތް ކަމަށް އެ މެންބަރުންގެ ތާއިދު ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މައްސަލަ ވީއެންމެ އަވަހަކަަށް ހުށަހެޅުމުގެ ގޮތުން މާދަމާ މަޖިލީހަށް އިތުބާރު ނެތް ކަމުގެ ޕެޓިޝަން ވައްދާނެކަން އާދަމް ޝަރީފް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox