ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ކުދި ޖަޒީރާތަކުން އެކަނި އުފުލަންޖެހިގެން ނުވާނެ: ފައްޔާޒު

ފައްޔާޒް އިސްމާއިލް: ސަބްމެރިން ކޭބަލް އޮޕަރޭޝަނަލައިޒް ކުރާނެ ފައިސާ ހަމަޖައްސައިނުދީ ރަސްމާލެ ހިއްކުމަށް ބޮޑެތި އަދަދުން ފައިސާ ހަރަދުކުރާތީ އޭނާ ވަނީ ފާޑުވިދާޅުވެފައި -- ފޮޓޯ: އަދަދު

ފައްޔާޒް އިސްމާއިލް: ސަބްމެރިން ކޭބަލް އޮޕަރޭޝަނަލައިޒް ކުރާނެ ފައިސާ ހަމަޖައްސައިނުދީ ރަސްމާލެ ހިއްކުމަށް ބޮޑެތި އަދަދުން ފައިސާ ހަރަދުކުރާތީ އޭނާ ވަނީ ފާޑުވިދާޅުވެފައި -- ފޮޓޯ: އަދަދު

މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ކަނޑުތަކަށް އަންނަމުންދާ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އޮބްޒާވާ ރިސާޗު ފައުންޑޭޝަން (އޯއާރުއެފް) އިން ދިއްލީގައި މިހާރު ބާއްވަމުން އަންނަ "ސަގަރުމަންތަން ދަ ގްރޭޓް އޯޝަންސް ޑައިލޮގް"ގެ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ ކަނޑުތަކުގެ ވަސީލަތްތަކުގެ ނަފާ ހަމަހަމަ ގޮތެއްގައި ގައުމުތަކަށް ލިބެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

"ބްލޫ ޖަސްޓިސް" ރީއިމޭޖިނިން އިކުއިޓީ އިން އޯޝަން ފިއުޗާސް" ޕެނަލްގައި ޕެނަލިސްޓެެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނި ރާއްޖޭގެ އިގުތިސޯދު މުޅިން ބިނާވެފައިވަނީ ކަނޑުތަކަށް ކަމަށް ވިދާޅުވެފަ އެވެ. ކަނޑުތަކުގެ ވަސީލަތްތައް ބޭނުންކުރުމުގައި ގައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު އަމަލުނުކުރެވޭ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ. 

"ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމުގައި ކޮންމެ މަހެއް މި ބާނަނީ ވަކިވަކިން، އޭގެ ސަބަބުން ރާއްޖެއަށް އެބަ ގޮންޖެހުންތަކެއް ކުރިމަތިވޭ. އިންޑިއާ ކަނޑުގައި އެހެން ގައުމުތަކުން މަސްވެރިކަން ކުރަމުންދަނީ ދާ ޖަހައިގެން،" ފައްޔާޒު ވިދާޅުވި އެވެ. 

ރާއްޖޭގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމަކަށް ވުމުން އެމްއެސްސީ ސެޓިފިކޭޝަން ދިނުމުގައި ލުއިތަކެއް ލިބުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެހެން ނަމަވެސް، މިހާރު ދާ ޖަހައިގެން ކުރާ މަސްވެރިކަމަށް ވެސް އެ ސެޓިފިކޭޝަން ދެމުން އަންނާތީ ރާއްޖެއަށް ގެއްލުންވަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

"މަސް ބާނާ މިންވަރު އިތުރުވާ ވަރަކަށް ކޯޓާ އެބަ ލިބޭ އިތުރަށް. މަސް ބާނަން ކުރާ އިތުރަށް ހޭދަކުރަން ޖެހޭއިރު ކޯޓާ މި ލިބެނީ މަދުން. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުން. ފެން ބޮޑުވުމާއި އުދަ އެރުން ފަދަ ކަންކަން ދަނީ އިތުރުވަމުން،" ފައްޔާޒު ވިދާޅުވި އެވެ. 

މޫސުމީ ބަދަލުތަކަށް ހޭނެން ޖެހުމުގެ ސަބަބުން ބިން ހިއްކަން ވެސް ރާއްޖެއަށް މަޖުބޫރުވެފައިވާ ކަމަށާއި އެއީ ވެސް އަގުބޮޑު އަދި ގެއްލުންތައް ގިނަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނެތް،  އެ ކަންކަން ކޮންޓްރޯލް ކުރެވޭނެ ގޮތެއް ރާއްޖެއަކަށް ނެތް. އެކަމަކު މޫސުމީ ބަދަލުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވަމުންދަނީ ރާއްޖެއަށް،" ފައްޔާޒު ވިދާޅުވި އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox