މި އުޅެނީ މުއިއްޒު ނޫން ގޮތެއް ހޯދާކަށް ނޫން، ހާސްކަމެއް ނެތް ދިރިއުޅުމެއް ހޯދަން: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ އެމްޑީޕީން ބޮޑުބަދަލުގައި ހުރި އިސްލާހުތައް ގެނެސް، ޒުވާނުންނަށް އަލުން އުންމީދު ގެނެސްދޭނެ ކަމަށް -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ އެމްޑީޕީން ބޮޑުބަދަލުގައި ހުރި އިސްލާހުތައް ގެނެސް، ޒުވާނުންނަށް އަލުން އުންމީދު ގެނެސްދޭނެ ކަމަށް -- ފޮޓޯ: އެމްޑީޕީ

ރައީސް މުހައްމަދު މުއިއްޒު ނޫން ގޮތެއް ހޯދުމުގެ ބަދަލުގައި ބޭނުންވަނީ ހާސްކަމެއް ނެތް ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދޭން ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށް ބޮޑު ބަދަލުގައި ހުރި ބަދަލުތައް ގެނެސް، ޒުވާނުންނަށް ގައުމާ ދޭތެރޭގައި އަލުން އުންމީދު އުފުލައިދޭނެ ކަމަށެވެ. 

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއުޅެނީ މުއިއްޒު ނޫން ގޮތެއް ހޯދާކަށްވެސް ނޫން. އެމްޑީޕީގެ ވެރިކަމެއް ގެންނާކަށްވެސް ނޫން. އަޅުގަނޑުމެން މިއުޅެނީ ދިވެހި ރައްޔިތުންނަށް ހައްގު، ދިވެހި ރައްޔިތުންނަށް އަދުލު އިންސާފު ލިބޭނެ، ދިވެހި ރައްޔިތުންނަށް ފިކުރު ވިސްނުމެއް، ސްޓްރެސްއެއް ނެތް ދިރިއުޅުމެއް ހޯދަން،" ފައްޔާޒް ވިދާޅުވި އެވެ. 

Advertisement

"އިރާދަފުޅުކުރެއްވިއްޔާ 2028 އަޅުގަނޑުމެން ކާމިޔާބުކުރާނަން. ބޮޑުބަދަލުގެ މިހިރަ ބަދަލުތައް ގެނެސް އަޅުގަނޑުމެންގެ ޒުވާނުންނަށް މި ގައުމާ ދޭތެރޭގައި އަލުން އުންމީދު އަޅުގަނޑުމެން އުފުލާނަން."

ފައްޔާޒް ވިދާޅުވީ ހުދުމުހުތާރު ވެރިކަމާއި އަނިޔާވެރިކަމާއި ދިވެހި ރައްޔިތުންނާ ދެމެދު އޮންނަ އައްޑަނައަކީ އަބަދުވެސް އެމްޑީޕީ ކަމަށާއި ދެން އޮންނާނީވެސް އެމްޑީޕީ ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް އަނިޔާދީ، ގައުމު ހަލާކުކޮށްލާއިރު އެމްޑީޕީ ފަހަތަށް ނުޖެހޭ ކަމަށެވެ. 

ރާއްޖޭގެ ވެރިކަމާ ހަވާލުވާން ޖެހޭނީ ރައްޔިތުންނަށް ހާދިމުކަން ކުރަންޖެހޭ މީހެއްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އަބަދުވެސް ހުރިހާ ކަމެއް ގޯސްވަނީ ވެރިމީހާއަށް ކުރުނީސްކޮށް އޭނާ މާ ބޮޑު މީހަކަށް ހަދާ ހިސާބުން ކަމަށެވެ. އެގޮތުން އެކަން ސިކުނޑިތަކުން ނައްތާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީގެ ކޮންގްރެސްގައި އިއްޔެ ވަނީ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރަން ފާސްކޮށްފަ އެވެ. "ބޮޑު ބަދަލު" ގެ ނަމުގައި އެ ކަރުދާސް ހުށަހެޅުއްވީ ފައްޔާޒް އެވެ. 

އެ ކަރުދާހުގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ، ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު އިންތިހާބު ކުރުމެވެ. އެ ކަރުދާހުގައިވާ ގޮތުން، ސަރުކާރުގެ ވެރިޔާ އިންތިހާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. އަދި ދައުލަތުގެ ވެރިޔާ އިންތިހާބު ކުރާނީ މަޖިލީހާއި ކައުންސިލްތަކުން ނަގާ ވޯޓަކުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox