މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުމަކީ ނުރައްކާތެރި ކަމެއް: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް

މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުމަކީ ފަލަސްތީނުގެ ބިންތައް ޒަޔަނިސްޓުންނަށް ދިނުން ފަދަ ނުރައްކާތެރިކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ފައްޔާޒް ވިދާޅުވީ ދިވެހި ރައްޔިތުކަން ނެތް މީހުންނަށް ރަސްމާލެއިން ދާއިމަށް ބިން ދީފިނަމަ އޭގެ ތެރޭގައި ހިމެނޭ މުސްލިމު ނޫން މީހުންގެ ސަބަބުން ބޮޑެތި މައްސަލަތައް ނުކުންނާނެ ކަމަށާައި އެކަމަށް ގަބޫލު ނުވާނެ ކަމަށެވެ. 

"ސިޓިޒަންޝިޕް ނެތް ބަޔަކަށް މިގޮތަށް ދާއިމަށް މިތަން [ރަސްމާލެ] ދެވިއްޖެ ކަމަށް ވަންޏާމުން އޭގެ ތެރޭގައި މުސްލިމުން ނޫން މީހުންނާއި މި ހުރިހާ މީހުން އުޅޭނެތާ ދެއްތޯ. އެހެން ކަމަށް ވަންޏާ ވަރަށް ނުބައި އެއްޗެއް އެ އުފެދެނީ. ދުނިޔޭގެ ކަންކަން އޮންނަ ގޮތް އެނގޭ, ބާރުގަދަ ގައުމުތަކުން އެހިސާބުން ޔޫއެންގައި ބުނެފާނެ މިހާރު މިތާގައި މިތިބަ 1،000 މީހުންނަކީ މިސާލަކަށް ކްރިސްޓިއަނުންނާއި ޔަހޫދީންނާއި މުސްލިމު ނޫން މީހުން އެނގޭތޯ އަދި މުސްލިމުންނަށް އެހެން ގައުމުތަކުގެ ރައްޔިތުންތަކެއް އެމީހުންގެ ހައްގުތަކެއް އެބަވޭ ތިހެނެއް ނެހެދޭނެއޭ. އެނގޭތޯ،" ފައްޔާޒް ވިދާޅުވި އެވެ. 

Advertisement

"ތި މީހުންނާ ދޭތެރޭގައި ތި ގާނޫނުތައް ބަދަލުކުރާށޭ އެ މީހުންގެ ދީން މިތަނުގައި މިސާލަކަށް ޕްރެކްޓިސް ކުރުވަން ޖެހޭނެއޭ. އެއީކީ މާދަމާއަކު ވާނެ ކަމެއް ނޫން. މަޑުމަޑުން މަޑުމަޑުން ގޮސް އަހަރުތަކަކުން ގޮސް ގަރުނުތަކަކުން އެކަމާ ދިމާލަށް ދާނީ. އެއީ ވަރަށް ބިރުވެރި ކަމެއް. އަޅުގަނޑު ގަބޫލެއް ނޫން ދާއިމަށް ދިވެހި ރައްޔިތެއް ނޫން މީހަކަށް ދިވެހިރާއްޖޭގެ ބިމެއް ލިބޭކަށް."

ފައްޔާޒް ވިދާޅުވީ ފަލަސްތީނުގެ މައްސަލަވެސް އުފެދިގެން އައީ އެތަނުގެ ބިންތައް ޒަޔަނިސްޓް އޯގަނައިޒޭޝަނަށް ދޭން ފެށި ހިސާބުން ކަމަށެެވެ. އެ ގޮތުން އެ ބިމަށް ޒަޔަނިސްޓުން ވެރިވެ ގަތީ މަޑުމަޑުން އެކި އަހަރުތަކެއް ފާއިތުވި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެކަމަކު މިހާރު އޮތްގޮތުން އެވަނީ އެހެން. ކުއްޔޭ ބުނަނީ. އެކަމަކު ދާއިމަށް އެ ލިބެނީ. ދެން އޭގެ ސަބަބުން އުފެދިދާނެ ކަންތައްތަކީ ތިބޭފުޅުން މީގެ ދެތިން ސަތޭކަ އަހަރު ކުރިންސުރެ އަސްލު ފަލަސްތީނުގެ މިއަދުގެ މައްސަލަ ދިމާވާން ފެށީ އޭރުގެ އޮޓަމަން އެމްޕަޔާގެ ދަށުގައި ފަލަސްތީން އޮތްއިރުގައި އެކި ގައުމުތަކުގެ ޔަހޫދީން، ޒަޔަނިސްޓު ރެޖީމް، ޒަޔަނިސްޓު އޭރުގެ އެއޮތް އޯގަނައިޒޭޝަނުން ފަލަސްތީނުގެ ބިންތައް ގަންނަން ފެށީ. ގަންނަން ފަށައިގެން މަޑު މަޑުން، މަޑު މަޑުން ގޮސް 200 އެއްހާ އަހަރުވީ އިރުގައި މިއޮތީ ބޮޑު ކަންތައް ގަނޑަކަށް މިކަން ހަދާފައި. އެމީހުންނަށް އެ ބިމަށް ހައްގުތަކެއް އެހާ ހިސާބުން އެ އައީ،" ފައްޔާޒް ވިދާޅުވި އެވެ. 

ނަމަވެސް ފައްޔާޒް ވިދާޅުވީ ދިވެހި ރައްޔިތުކަން ބޭރުގެ މުސްލިމުންނަށް ދިނުމަށްފަހު އެތަނުން ބިން ވިއްކުމުން އެކަމާ އެއްބަސްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާއިރު ސަރުކާރުން ރައްޔިތުންގެ ހިޔާލުވެސް ހޯދަން ޖެހޭ ކަމަށެވެ. 

"އަޅުގަނޑަށް މައްސަލައެއް ނެތް ދިވެހި ރައްޔިތުކަން މުސްލިމުންނަށް ދީފައި، އޭގެ ތެރޭގައި މުސްލިމުންނަށް ވިއްކާފައި، އެ މީހުން ދިވެހި ރައްޔިތަކަށް ހަދާފައި އެ ތަނުން ބިން ވިއްކިޔަސް. އަޅުގަނޑަށް ފެންނަ ގޮތް. އަދި މިއާ ވެސް ހިތްހަމަ ނުޖެހޭ ދިވެހި ރައްޔިތުންތަކެއް ތިބޭނެ. އެހެންވީމަ ދިވެހި ރައްޔިތުންނާ އެބަޖެހޭ މިވަރު ކަމެއް ނިންމާއިރު ވާހަކަ ދައްކަން. ފުށިދިއްގަރަށް ހަދާ ގޮތަކަށް ވުރެ ބޮޑަށް މިކަހަލަ ކަންކަމެއް ހިމެނޭތީ ދިވެހި ރައްޔިތުންގެ ބަހެއް ހޯދަން ޖެހޭ ކަމަށް އަޅުގަނޑު ދެކެނީ،" ފައްޔާޒް ވިދާޅުވި އެވެ. 

އީގަލް ހިލްސްއަށް ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ. 

ރަސްމާލެ ތަރައްގީ ކުރަން ނިންމާފައި ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަ އެވެ. އެތަން ތަރައްގީ ކުރަނީ ބިދޭސީންނަށް އެތަނުގައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ގޮތަށެވެ. ރަސްމާލޭގައި ބިނާ ކުރާ އެޕާޓްމަންޓުތަކާއި ވިލާތައް ބިދޭސީންނަށް ވިއްކަން އީގަލް ހިލްސް އިން މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox