ތެލުން ވައްކަން ކުރިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ބައުޒަރު ޑްރައިވަރު ޖަލަށް

ކްރިމިނަލް ކޯޓު: ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލީ ދިވެއްސަކާއި ބިދޭސީއެއް -- ފޮޓޯ: އަދަދު

ކްރިމިނަލް ކޯޓު: ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލީ ދިވެއްސަކާއި ބިދޭސީއެއް -- ފޮޓޯ: އަދަދު

ހިޔާނާތްތެރިވިކަން ސާބިތުވެ މޯލްޑިވްސް ޕޯސްޓު ލިމިޓެޑުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރު ސ. ފޭދޫ، ވާރުގެ، މުހައްމަދު އައިމަން އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ކުރީގެ ބައުޒަރު ޑްރައިވަރު ކަމަށްވާ ބަންގްލަދޭޝްއަށް ނިސްބަތްވާ ސޮޖިބް އަށް އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ. 

މި މައްސަލައިގައި ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ އެ ދެ މީހުންގެ މައްޗަށް ވެސް އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. އަދި މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދެއްކުމުގެ ގޮތުން އެފަދަ ލިޔުމެއްގައިވާ ކަމެއް ބަޔާންކުރުމުގެ ކުށް ސާބިތުވުމުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް އެ ދެ މީހުންނަށް ވަނީ އިއްވާފަ އެވެ. 

އޭގެ އިތުރުން މި މައްސަލައިގައި ދައުލަތަށް ލިބުނު ގެއްލުމަށް ކޮންމެ މީހަކު 6.7 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ވެސް ހުކުމުގައި އަންގާފައިވެ އެވެ. 

މި މައްސަލައިގައި އައިމަންގެ މައްޗަށް ސާބިތުވީ އެފްއެސްއެމް އިން ޕޯސްޓަށް ތެޔޮ ގަތުމުގެ މުއާމަލާތުގައި ޖެނުއަރީ 13، 2020، އިން ފެށިގެން އޮކްޓޯބަރު 10، 2020، ގެ ނިޔަލަށް ތައްޔާރުކޮށްފައިވާ 119 ޑެލިވަރީ ނޯޓު ބަލައިގަނެ ސޮއިކުރުމަށް ޕޯސްޓުގެ އެސިސްޓަންޓް މެނޭޖަރު ސ. މަރަދޫ، އާޒާދުގެ، ހަސަންދީދީ އަށް އިރުޝާދު ދީ، އެ ޑެލިވަރީ ނޯޓުތައް ސިސްޓަމަށް ބަލައިގަނެ ޕްރޮސެސްކޮށް ޕޯސްޓަށް ލިބިފައިނުވާ 783،100 ލީޓަރުގެ ޑީސަލް ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުން ދެއްކުމުގެ ކުށެވެ. 

މީގެއިތުރުން އެ ޑީސަލްއަށްވާ 6.7 މިލިއަން ރުފިޔާ އެފްއެސްއެމްއަށް ޕޯސްޓު މެދުވެރިކޮށް ދައްކައި، އެފްއެސްއެމް އިން ގަތް ތެލަށް އައިމަން ހިޔާނާތްތެރިވެފައިކަން ވަނީ ސާބިތުވެފަ އެވެ. 

މި މައްސަލައިގައި ސޮޖިބްގެ މައްޗަށް ސާބިތުވީ  ޖެނުއަރީ 13، 2020، އިން ފެށިގެން އޮކްޓޯބަރު 10، 2020، ގެ ނިޔަލަށް 119 ޑެލިވަރީ ނޯޓު ތައްޔާރުކޮށް، އެ ޑެލިވަރީ ނޯޓުތަކުގައި ބަޔާންކޮށްފައިވާ ޑީސަލް ޕޯސްޓަށް ޑެލިވަރީކޮށްފައިވާ ކަމަށް ދެއްކުމަށް ޕޯސްޓުގެ އެސިސްޓަންޓް މެނޭޖަރު ސ. މަރަދޫ، އާޒާދުގެ، ހަސަންދީދީ، އާ ހަވާލުކޮށް، އެފްއެސްއެމް އިން ޕޯސްޓަށް ޑެލިވަރީކުަންޖެހޭ 783،100 ލީޓަރު ޑީސަލްއަށް ހިޔާނާތްތެރިވިކަމެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

11 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް 912.15 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ބައެއް ރަށްތަކުގެ މަގުތަކުގައި ތާރު އެޅުމާއި، އަނެއްބައި ރަށްތަކުގެ މަގުތައް ސިމެންތި ޓްރީޓެޑް ބޭސް ބޭނުންކޮށްގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox