އަދަދު ނޫހުގެ ފިޔާޒް އާއި ހަސަންއަށް ކުރާ ދައުވާތައް އަނބުރާ ގެންދަން ފައްޔާޒް ގޮވާލައްވައިފި

Oct 8, 2026, 8:41 AM
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ފިޔާޒާއި ހަސަންގެ މައްޗަށް ހިންގާ ޝަރީއަތަކީ ހުރިހާ ނޫސްވެރިންނަށް ބިރުދައްކަން ކުރާ ދައުވާއެއް ކަމަށް އޭނާ ވިދާޅުވި

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ފިޔާޒާއި ހަސަންގެ މައްޗަށް ހިންގާ ޝަރީއަތަކީ ހުރިހާ ނޫސްވެރިންނަށް ބިރުދައްކަން ކުރާ ދައުވާއެއް ކަމަށް އޭނާ ވިދާޅުވި

އަދަދު ނޫހުން ގެނެސްދިން "އައިޝާ ޑޮކިއުމަންޓްރީ" އާ ގުޅިގެން މި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ގޮވާލައްވައިފި އެވެ. 

ފައްޔާޒް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިޔާޒް އާއި ހަސަންގެ މައްޗަށް ހިންގާ ޝަރީއަތަކީ ދެ ނޫސްވެރިޔަކު ޖަލަށްލާން ހިންގާ ޝަރީއަތަކަށްވުރެ ބޮޑަށް ހުރިހާ ނޫސްވެރިންނަށް ބިރު ދައްކަން ކުރިއަށްގެންދާ ޝަރީއަތެއް ކަމަށެވެ. 

"މިއީ ހަމައެކަނި ދެ ނޫސްވެެރިޔަކު ޖަލަށްލާން ހިންގާ ޝަރީއަތެއް ނޫން. މި ޝަރީއަތުގެ ބޭނުމަކީ އާންމުކޮށް ހުރިހާ ނޫސްވެރިންނަށް ބިރުދެއްކުން. މި ދައުވާ އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން،" ފައްޔާޒް ވިދާޅުވި އެވެ. 

ފައްޔާޒް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަކީ ވެރިންގެ ޒާތުކޮޅާއި އަބުރު ދިފާއުކުރާ އައްޑަނައަކަށް ހެދުމަކީ މުޅި ޖުޑީޝަރީއަށް އޮތް އިތުބާރު ގެއްލުވާލުން ކަމަށެވެ. 

ސިއްރުކޮށްގެން ކުރިއަށްގެންދާ ފިޔާޒް އާއި ހަސަންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 9:30 އަށް ވަނީ ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެކެވެ. 

ފިޔާޒް އާއި ހަސަންގެ މައްޗަށް ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި އެޑިޓަރު ހަސަން ތިބެ، މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުން ބޭއްވި ކަމަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ.

ނަމަވެސް، އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ، އަދަދު ނޫހުން އައިޝާ ޑޮކިއުމެންޓްރީ ގެނެސްދިންތާ މަސްދުވަސްފަހުން އެ ޑޮކިއުމެންޓްރީއާ ބެހޭ ސުވާލެއް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ ކުރުމުންނެވެ. ޑޮކިއުމެންޓްރީގެ މައްސަލަ ބަލައި، އޭގައި ބައިވެރިވި ހުރިހާ އެންމެންގެ މައްޗަށް ދައުވާކޮށްދިނުމަށް  މުއިއްޒު އެންގެވީ އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މުއިއްޒު އެ އެންގެވުން އެންގެވި ދުވަހު، ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ރެއިޑުކޮށް މި އޮފީހުގައި ނޫސްވެރިކަން ކުރުމަށް ގެންގުޅޭ ހުރިހާ އިލެކްޓްރޯނިކް ޑިވައިސްއެއް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާއި ހާޑް ޑިސްކުތައް ހިމެނެ އެވެ.

 ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑޮކިއުމެންޓްރީއާ ގުޅޭ ބައެއް ހެކިތަކާ ބެހޭގޮތުން މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލުކުރުމުން، އޭނާ ވަނީ ރައީސް އޮފީހުން ބޭރުކޮށްފަ އެވެ. މުއިއްޒުއާ އެ ސުވާލުކުރި މައްސަލައިގައި ޝަހުޒާން 15 ދުވަހަށް ޖަލަށްލި އެވެ. 

މީގެއިތުރުން މުއިއްޒަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު އަމުރަކުން މަނާކުރި ހަބަރު ލިޔުމުން މި ނޫހުގެ ލީވާން އަލީ ނާސިރު ވެސް 10 ދުވަހަށް ޖަލަށްލި އެވެ. އެއީ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox