ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް: ފައްޔާޒު

އެމްޑީޕީ ކޮންގްރެސްގައި ފައްޔާޒް: ވިދާޅުވީ ސަރުކާރުން ދީން ބޭނުން ކުރަނީ ހަތިޔާރެއްގެ ގޮތުގައި ކަމަށް -- ފޮޓޯ: އަދަދު

އެމްޑީޕީ ކޮންގްރެސްގައި ފައްޔާޒް: ވިދާޅުވީ ސަރުކާރުން ދީން ބޭނުން ކުރަނީ ހަތިޔާރެއްގެ ގޮތުގައި ކަމަށް -- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

އިދިކޮޅު އެމްޑީޕީގެ ކޮންގްރެސް ނިންމަން ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ދީން ހަތިޔާރަކަށް ހަދައިގެން ކަމަށެވެ. 

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ. 

ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ މައްސަލައިގައި ރައްޔިތުން ވިސްނަންޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. 

"އެކަން އެބަޖެހޭ ހުއްޓުވަން. އެކަމާ އަޅުގަނޑުމެން އެބަޖެހޭ ވިސްނާ ފިކުރުކުރަން. ލާދީނީ ޕާޓީއަކީ މިއީ އަބަދުވެސް. އެކަމަކު ދީނާ ހިލާފު ހުރިހާ ކަމެއް ކުރަނީ އެމީހުން،" އޭނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން، މިއަދު "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުން ރަސްމާލޭގައި މުސްލިމުން ނޫން ބަޔަކަށް ދިރިއުޅެން ސަރުކާރުން ހުއްދަދީފައިވާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

"ސިޓިޒަންޝިޕް ނެތް ބަޔަކަށް މިގޮތަށް ދާއިމަށް މިތަން [ރަސްމާލެ] ދެވިއްޖެ ކަމަށްވަންޏާމުން އޭގެ ތެރޭގައި މުސްލިމުން ނޫން މީހުންނާއި މި ހުރިހާ މީހުން އުޅޭނެތާ ދެއްތޯ. އެހެން ކަމަށްވަންޏާ ވަރަށް ނުބައި އެއްޗެއް އެ އުފެދެނީ. ދުނިޔޭގެ ކަންކަން އޮންނަ ގޮތް އެނގޭ. ބާރުގަދަ ގައުމުތަކުން އެހިސާބުން ޔޫއެންގައި ބުނެފާނެ މިހާރު މިތާގައި މިތިބަ 1،000 މީހުންނަކީ މިސާލަކަށް ކްރިސްޓިއަނުންނާއި ޔަހޫދީންނާއި މުސްލިމު ނޫން މީހުން އެނގޭތޯ އަދި މުސްލިމުންނަށް އެހެން ގައުމުތަކުގެ ރައްޔިތުންތަކެއް އެމީހުންގެ ހައްގުތަކެއް އެބަވޭ ތިހެނެއް ނެހެދޭނެއޭ. އެނގޭތޯ،" ފައްޔާޒް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox