އިހުތިރާމް އަދާކުރުން: ލޯންޗިންގައި ބައިވެރިވާން މަޖުބޫރުކޮށްފި
"އިހްތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ބައިވެރިވުމަށް އެ ކޮމިޝަނުން ވަނީ މަޖުބޫރުކޮށްފައި. އެ ކޮމިޝަނުން އޮފީސްތަކަށް އަންގާފައިވަނީ މި ހަރަކާތުގައި މުވައްޒަފުން ބައިވެރިވާކަން ކަށަވަރުކުރުމަށް. މިއީ ފަސް އަހަރު ދުވަހަށް ކުރިއަށްގެންދަން ރާވާފައިވާ ގައުމީ ކެމްޕެއިނެއް.