ފަލަސްތީނަށް ތާއީދުކުރާތީ އެޑް ޝީރަންގެ ޓުއާ އިން މެކެލްމޯ ވަކިކޮށްފި

Sep 15, 2026, 9:46 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓް މެކެލްމޯ، މިދިޔަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ބޭއްވި ކޮންސަޓެއްގައި ފަލަސްތީނަށް ތާއީދުކޮށް ދެއްކި ވާހަކަތަކާއި، "ފްރީ ޕަލަސްޓައިން" އޭ ބުނުމާ ގުޅިގެން، އެޑް ޝީރަންގެ އެމެރިކާ ޓުއާ އިން އޭނާ ވަކިކޮށްފައިވާ ކަމަށް އަންގައިފި އެވެ.

މެކެލްމޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގައި އޭނާ އާއި އެޑް ޝީރަންއާ ދެމެދު މިކަމާ ގުޅޭގޮތުން ވަރަށް ދަތި އަދި އުނދަގޫ މަޝްވަރާތަކެއް ކުރެވުނެވެ.

އެޑް ޝީރަންގެ "ލޫޕް ޓުއާ" ގެ އެމެރިކާގެ ހަރަކާތްތައް އިންތިޒާމުކުރާ މެސީނާ ޓުއަރިން ގްރޫޕުން "ރޯލިންގް ސްޓޯން" މަޖައްލާއަށް މައުލޫމާތު ދެމުން ބުނީ، ކުރިއަށް ހުރި ކޮންސަޓްތައް ބާއްވާ ސްޓޭޑިއަމްތަކުގެ ވެރިން، މެކެލްމޯ ހިމަނައިގެން އެ ތަންތަނުގައި ޝޯ ބޭއްވުމުގެ ހުއްދަ ނުދޭނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

މެސީނާ ޓުއަރިން ގްރޫޕުން ބުނި ގޮތުގައި، މިކަމާ ގުޅުންހުރި ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު، ޓުއާގެ ބާކީ ހުރި ޝޯތަކުގައި މެކެލްމޯ ފެނިގެން ނުދާނެ އެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އެޑް ޝީރަން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މެކެލްމޯއަކީ މާ ކުރީއްސުރެ ފަލަސްތީނަށް ތާއީދުކުރާ، އަދި އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކާއި ހުޅަނގު އައްސޭރި ހިފާފައި އޮތުމާ ދެކޮޅަށް އަޑުއުފުލަމުންދާ ފަންނާނެކެވެ.

ފަލަސްތީނަށް ހިތްވަރު ދިނުމުގެ ގޮތުންނާއި، ގާޒާގައި އިޒްރޭލު ސިފައިން މަރާލި އުމުރުން 5 އަހަރުގެ ފަލަސްތީނު އަންހެން ކުއްޖެއް ކަމަށްވާ ހިންދު ރަޖަބްގެ ހަނދާނުގައި "ހިންދްސް ހޯލް" ގެ ނަމުގައި އޭނާ ލަވައެއް ވެސް ނެރުނެވހިންދު މަރާލި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް އިޒްރޭލު ސިފައިން މިދިޔަ މަހު ބުނި ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަނީ މިފަދަ ތަހުގީގުތަކުން އިންސާފު ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

މި މަހުގެ ކުރީކޮޅު މެކެލްމޯ ބުނެފައިވަނީ، އޭނާ މި ޓުއާގައި ބައިވެރިވާން ބޭނުންވި އެންމެ ބޮޑު އެއް ސަބަބަކީ، މިފަދަ ބޮޑެތި ސްޓޭޑިއަމްތަކުގައި ހުރެ އޭނާގެ ހިތާ ވަރަށް ގާތް ދެ ބަސް ކަމަށްވާ "ފްރީ ޕަލަސްޓައިން" އޭ ބުނުމުގެ ފުރުސަތު ހޯދުމަށް ކަމަށެވެ.

ކޮންސަޓްގެ ތެރޭގައި ވާހަކަ ދައްކަމުން މެކެލްމޯ ބުނީ، ގާޒާއިން ފެށިގެން ހިފާފައިވާ ހުޅަނގު އައްސޭރިއާ ހަމައަށް ތިބި މީހުންނަށް، ދުނިޔެ އެމީހުންގެ މަތިން ހަނދާން ނުނެތޭކަން އެނގޭނެ ފަދަ ބާރުމިނެއްގައި އެ އަޑު އިއްވަން ބޭނުންވާ ކަމަށެވެ.

ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ މެކެލްމޯއަކީ، އެޑް ޝީރަންގެ ސްޓޭޑިއަމް ޓުއާގައި ބާކީ ހުރި 10 ޝޯގެ ތެރެއިން 8 ޝޯއެއްގައި ޕާފޯމް ކުރުމަށް ހަމަޖެހިފައިވާ ފަންނާނެކެވެ. "ވެރައިޓީ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޓުއާ އަލުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 19 ގައި ފިލަޑެލްފިއާގަ އެވެ.

އިޒްރޭލީ-އެމެރިކަން ކައުންސިލުން ވަނީ މެކެލްމޯ ޓުއާ އިން ވަކިކުރުމަށް އެދި އެޑް ޝީރަންއަށް ޕެޓިޝަނެއް ހުށަހަޅާފަ އެވެ.

މެކެލްމޯ އިންސްޓަގްރާމްގައި ބުނި ގޮތުގައި، "ނިއު އިންގްލެންޑް ޕެޓްރިއަޓްސް" ގެ ވެރިޔާ އަދި ބިލިއަނަރު ރޮބަޓް ކްރާފްޓް ވަނީ ބައެއް ސްޓޭޑިއަމްތަކުގެ ވެރިންގެ ތާއީދު ހޯދައި، މެކެލްމޯ ޓުއާގައި ހުރި ނަމަ އެ ތަންތަނުގައި ޝޯ ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް އެޑް ޝީރަންއަށް އަންގާފަ އެވެ.

އެމެރިކާގެ މީޑިއާތަކަށް ދިން ބަޔާނެއްގައި ކްރާފްޓް ބުނީ، އޭނާގެ ވަގުތުގެ ބޮޑު ބައެއް ހޭދަކުރަނީ ނަފުރަތާއި ޔަހޫދީންނާ ދެކޮޅުވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ކަމަށާއި، ބައެއް ކަންކަން ހުދޫދުން ބޭރުވާ ކަމަށް ގަބޫލުކުރެވޭ ހާލަތްތަކުގައި އެކަމާ ދެކޮޅަށް ތެދުވުމަކީ އޭނާގެ ޒިންމާއެއް ކަމަށް ދެކޭ ކަމަށެވެ.

ނަމަވެސް، މެކެލްމޯ ވަނީ އޭނާއަކީ ޔަހޫދީންނާ ދެކޮޅު މީހެއް ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އިޒްރޭލުގެ އަމަލުތަކަށް ފާޑުކިޔުމަކީ ޔަހޫދީންނާ ދެކޮޅުވުން ކަމަށް ދެއްކުމުގެ ބޭނުމަކީ، އިޒްރޭލުން ކުރާ ކަންކަމަށް ޒިންމާދާރުކުރުވުމުން ރެކުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

Newsletter

Get the latest news delivered straight to your inbox