މޫސުން ގޯސްވުމުން ކަމަށް ބުނެ އެޑް ޝީރަންގެ ދެ ޝޯ ކެންސަލްކޮށްފި

Sep 27, 2026, 7:00 AM
އެޑް ޝީރަން

އެޑް ޝީރަން

އެމެރިކާގެ މެސެޗޫސެޓްސް ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފައިވާތީ ކަމަށް ބުނެ، ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ކޮންސަޓްތައް ކެންސަލްކޮށްފި އެވެ.

އެޑް ޝީރަން މިހާރު އެމެރިކާގައި ކުރިއަށްގެންދާ މިއުޒިކް ދަތުރުގެ ތެރެއިން މި ދެ ކޮންސަޓް ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ ބޮސްޓަން ކައިރީގައި އޮންނަ ފޮކްސްބަރޯގެ ގިލެޓް ސްޓޭޑިއަމްގަ އެވެ.

ޝީރަންގެ މި ދަތުރުގެ ސުރުޚީތައް ފަހަކަށް އައިސް އަމާޒުވެފައިވަނީ، އޭނާގެ ކޮންސަޓްތަކުގައި ބައިވެރިވާ ރެޕް އާޓިސްޓް މެކްލްމޯ ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމާ ގުޅިގެން އޭނާ ޝޯތަކުން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކަށެވެ. މެކްލްމޯ ޝޯތަކުން ބޭރުކުރުމަށް ބާރުއަޅާފައިވަނީ ގިލެޓް ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ހިމެނޭހެން ސްޓޭޑިއަމްތަކުގެ ވެރިންނެވެ.

Advertisement

ކޮންސަޓް ބާއްވާ ސްޓޭޑިއަމުން ނެރުނު ބަޔާނެއްގައި ބުނީ، ބޮސްޓަން އާއި ނިއު އިންގްލެންޑްގެ ސަރަހައްދުތަކަށް މި ހަފުތާ ބަންދުގައި މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް އިންޒާރު ނެރެފައިވާތީ، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ގިލެޓް ސްޓޭޑިއަމްގައި ބާއްވަން އޮތް އެޑް ޝީރަންގެ ކޮންސަޓްތައް ކެންސަލްކުރަން ޕްރޮމޯޓަރުންނާއި ޓުއާ އިންތިޒާމުކުރާ ފަރާތްތަކުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، ޓިކެޓް ގަތް ފަރާތްތަކަށް ފައިސާ އަނބުރާ ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށާއި، "ޓިކެޓްމާސްޓާ" މެދުވެރިކޮށް ޓިކެޓް ގަތް ފަރާތްތަކަށް އެއްވެސް އުނދަގުލަކާ ނުލައި އޮޓޮމެޓިކުން ފައިސާ ރިފަންޑް ކުރެވޭނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

މިދިޔަ ހަފުތާގައި ޝީރަންއަށް ވަނީ މެކްލްމޯ ޝޯތަކުން ވަކިކުރި މައްސަލައިގައި އާންމުންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފަ އެވެ.

މެކްލެމޯ ޝޯތަކުން ވަކިކުރީ، މީގެ ކުރިން ބޭއްވި ކޮންސަޓްތަކެއްގައި އޭނާ ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި، ގާޒާގައި ހިންގަމުންދަނީ "ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް" ކަމަށް ބުނެ، ގާޒާގެ މަންޒަރުތައް ސްޓޭޖުން ދެއްކުމާ ގުޅިގެންނެވެ.

ޔަހޫދީ ބިލިއަނަރު ރޮބަޓް ކްރާފްޓް ވަނީ މެކްލްމޯގެ ވާހަކަތަކަކީ ނަފުރަތު އުފައްދާ ވާހަކަތަކެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އޭނާގެ މިލްކިއްޔާތުގައި އޮންނަ "ނިއު އިންގްލެންޑް ޕެޓްރިއަޓްސް" އެމެރިކަން ފުޓްބޯޅަ ޓީމުގެ ދަނޑު ކަމަށްވާ ގިލެޓް ސްޓޭޑިއަމްގައި މެކްލްމޯއަށް ޕާފޯމް ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި ޝީރަން ބުނީ މެކްލްމޯ ވަކިކުރުމަކީ އޭނާގެ ނިންމުމެއް ނޫން ކަމަށާއި، އެއީ ޕްރޮމޯޓަރުން ނިންމި ނިންމުމެއް ކަމަށެވެ. މެކްލެމޯ ޝޯތަކުން ވަކިކުރުމާ ގުޅިގެން، ޝީރަންއާއެކު މަސައްކަތްކުރާ އެހެން އާޓިސްޓުން ވެސް ވަނީ އިހުތިޖާޖުގެ ގޮތުން ޝޯތަކުން ވަކިވެފަ އެވެ.

މިދިޔަ ހަފުތާ ބަންދުގައި އަލުން ސްޓޭޖަށް އަރައި ޝީރަން ވަނީ، އޭނާއަށް ބައެއް އުނދަގޫ ނިންމުންތައް ނިންމަން ޖެހުނު ކަމަށާއި، އެކަމުގައި ގޯސްތަކެއް ހެދިފައިވާތީ އެކަމަށް މައާފަށް އެދޭ ކަމަށް ސަޕޯޓަރުންގެ ގާތުގައި ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

ޓޫޕަކް ޝަކޫރު މަރާލުމުން އުމުރު ދުވަހުގެ ޖަލު ހުކުމެއް

މަޝްހޫރު ރެޕް ފަންނާނު ޓޫޕަކް ޝަކޫރު މަރާލުމުގެ މޭސްތިރިޔާގެ ގޮތުގައި ކުށް ސާބިތުވި ކުރީގެ ގޭންގު ލީޑަރު ޑުއޭން "ކެފީ ޑީ" ޑޭވިސްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ 1996 ވަނަ އަހަރު ހިނގި މި މަރުގެ މައްސަލައިގައި ގާތްގަނޑަކަށް ތިން ދަހަރު ފަހުން ދައުވާ އުފުލި ކުށް ސާބިތުވި ހަމައެކަނި މީހާއެވެ. ޑޭވިސްގެ މައްޗަށް މި ކުށް ސާބިތުވީ ޓޫޕަކްގެ ފަރާތުން އޭނާގެ އާއިލާ މީހަކަށް ލިބުނު އަނިޔާއެއްގެ ބަދަލުހިފުމަށް މި މަރު ރޭވިކަން ހާމަވުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox