އަފްގާން ރެފިއުޖީން ޕާކިސްތާނުގައި ތިބުމަށް އިތުރު އެއް އަހަރު

ޕާކިސްތާނުގައި ތިބި އަފްގާނިސްތާން ރެފިއުޖީން: އަފްގާނިސްތާން ރެފިއުޖީން ޕާކިސްތާނުގައި ތިބުމަށް އިތުރު އެއް އަހަރު ވަނީ ދީފައި -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގައި ތިބި އަފްގާނިސްތާން ރެފިއުޖީން: އަފްގާނިސްތާން ރެފިއުޖީން ޕާކިސްތާނުގައި ތިބުމަށް އިތުރު އެއް އަހަރު ވަނީ ދީފައި -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ރެފިއުޖީންނަށް ޕާކިސްތާނުގައި އިތުރު އެއް އަހަރު ތިބުމަށް ހުއްދަ ދީފި އެވެ.

ޕާކިސްތާނުން ހުއްދަ ދީފައި ރަޖިސްޓަކޮށްފައި ތިބި 1.5 މިލިއަން ރެފިއުޖީންނަށެވެ. އެ ރެފިއުޖީން ޕާކިސްތާނުގައި ތިބުމުގެ މުއްދަތު މިދިޔަ ޖޫން 30، ގައި ވަނީ ހަމަވެފަ އެވެ. އެ މުއްދަތު އިތުރުކޮށް ދިނީ އަންނަ އަހަރުގެ ޖޫން 30، ގެ ނިޔަލަށެވެ.

ޕާކިސްތާނުން އެ ނިންމުން ނިންމާފައި ވަނީ އދ ގެ ރެފިއުޖީ އެޖެންސީގެ ޗީފް ފިލިޕޯ ގްރާންޑީ އެ ގައުމަށް މި ހަފުތާގައި ކުރެއްވި ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒް ޝަރީފްއާއެކު ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

Advertisement

ޕާކިސްތާނުގައި 1979 އިން ފެށިގެން އަފްގާނިސްތާނުގެ ރެފިއުޖީން އަންނަނީ އުޅެމުންނެވެ. އަދި 2021 ގައި ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން އެ ގައުމުން 800،000 އެއްހާ މީހުން ވަނީ ޕާކިސްތާނަށް ހިޖުރަކޮށްފަ އެވެ.

ޕާކިސްތާނަށް އެކި ދުވަސްވަރު ބަދަލުވި އަފްގާންނިސްތާނު ރެފިއުޖީންގެ ތެރެއިން ބައެއް މީހުން އެނބުރި އަމިއްލަ ވަޒަނަށް ބަދަލުވެފައިވާއިރު، ބައެއް މީހުން ޑީޕޯޓުވެސް ކޮށްލަފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox